މާލެ ސިޓީގައި ތޮއްޖެހުން ކުޑަކޮށް، ޓްރެފިކް މައްސަލަތަކަށް ހައްލު ހޯދުމާބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، ކަމާބެހޭ މުއައްސަސާތަކާ މަޝްވަރާކުރައްވައިފިއެވެ.

މިއަދު ހެނދުނު ރައީސް އޮފީހުގައި ބޭއްވެވި މިބައްދަލުކުރެއްވުމުގައި، މާލޭގެ މަގުތަކުގައި އިތުރަށް ޖާގަހެދުމާ، ބާރުބޮޑުވެ އުޅަނދުފަހަރު ދުއްވުމުގެ އިތުރުން ހިނގާބިނގާވާ ފަރާތްތަކަށް ކުރިމަތިވަމުންދާ ދަތިތަކަށް އަވަސް ހައްލެއް ހޯދުމާއި ގުޅޭގޮތުން މަޝްވަރާކޮށްފައިވާކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.

އަދި މި ބައްދަލުވުމުގައި ޤަވާއިދާ ޚިލާފަށް ޕާކުކުރުމުގެ ސަބަބުން ދުއްވުމާ ހިނގާބިނގާވާ ފަރާތްތަކަށް ދިމާވާ ދަތިތައް ޙައްލުކުރުމަށް އެޅިދާނެ ފިޔަވަޅުތަކާބެހޭގޮތުންވެސް މިބައްދަލުވުމުގައި މަޝްވަރާކުރެވުނުކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ،

މިބައްދަލުކުރެއްވުމުގައި ނައިބު ރައިސް ފައިސަލް ވަނީ މަގުހުރަސް ކުރުމުގައި ކަފިހިހުރަސް ބޭނުންކުރުމަށް އަހުލުވެރިކުރުމުގެ ގޮތުން ޓްރެފިކް ފުލުހުން ކުރިޔަށްގެންދިޔަ ޚާއްޞަ ހަރަކާތުގެ ސަބަބުން ހެޔޮބަދަލުތަކެއް ފެންނަންފަށާފައިވާކަން ފާހަގަކުރައްވާފައެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި ފުލުހުންގެ މުއައްސަސާއާއި މާލޭ ސިޓީ ކައުންސިލާއި ޓްރާންސްޕޯޓް އޮތޯރިޓީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ބައެއް އިސް ބޭފުޅުންވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

 1. ޙެެހެހެ

  ކާށިދޫ މީހުން ކާށިދުއައް ހިންނަވަރުމީހުން ހިންންނަވަރައް ދިރިއުޅުން ބަދަލުކުރީމަ މާލޭގައި ތޮހްޖެހުން ކުޑަވާނެ. މެމްބަރުންތައްވެސް އެމީހެއްގެ ރަށަހް އެމީހަކު ފޮނުވާލާފައި މާލޭމީހުން މެމްބަރުންނަށް އައްޔަންކުރީމަ އަންނި ބޭނުންވާގޮތްވީނުންތޯ

  • ކެކެކެކެ

   އަދި ފޯއްމުލަކު މީހުން ފޯއްމުލަކަށާއި، ހިންނަވަރު މީހުން ހިންނަވަރަށް ބަދަލުކުރީމަ ތޮއްޖެހޭބައިން މަދުވެގެންދާނެ

   2
   1
 2. މިކަލްފުވައް

  ކަލޯ ތިކަމަށް ކޮމެޓީއެއް ހަދަންވީނުން