ވަކިކަހަލަ ހެދުމެއް، ވަކި ގޮތަކަށް އަޅަން އިސްލާމްދީނުގައި އަންގަވާފައެއް ނެތްކަމަށް، ރައީސް ނަޝީދުގެ ވެރިކަމުގައި އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ކުރައްވާފައިވާ ޝެއިހް ހުސައިން ރަޝީދު އަހުމަދު ވިދާޅުވެއްޖެއެވެ.

ޝެއިހް ހުސައިން ރަޝީދު މިގޮތަށް ވިދާޅުވީ، ދިވެހިންގެ ހެދުން އެޅުމަށް އައިސްފައިވާ ބަދަލާއިމެދު ކަންބޮޑުވުން ފާޅުކުރައްވައި، ޣިޔާސުއްދީން ސުކޫލުގައި އޮތް ރަސްމިއްޔާތެއްގައި ނަޝީދު ވާހަކަ ދައްކަވާފައި ވަނިކޮށް، ދީނީ އިލްމުވެރިންތަކެއް ނަޝީދުގެ އެ ވާހަކަތަކާއި ދެކޮޅަށް ދައްކާވަމުން އަންނަ ދަނޑިވަޅެއްގައެވެ.

“ވަކިކަހަލަ ހެދުމެއް އަދި ވަކި ގޮތަކަށް ހެދުންއަޅަން އިސްލާމްދީނުގައި އަންގަވާފައެއް ނެތް. ކޮންމެ ބަޔަކުވެސްއަޅަނީ އެބައެއްގެ ސަގާފީ ހެދުމެއް.” އެމްޑީޕީގައި މަސައްކަތް ކުރައްވަމުން އަންނަ ޝެއިހް ހުސައިން ރަޝީދުގެ ޓްވީޓްގައި ވެއެވެ.

ޝެއިހް ހުސައިން ރަޝީދު އަކީ އަދާލަތު ޕާޓީގެ ރައީސްކަންވެސް ކުރައްވާފައިވާ ބޭފުޅެކެވެ.

އޭނާ ފަހުން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ދީނުގެ ކަންކަމޭ ބުނަން ޖެހޭނީ ގުރުއާނާއި ސުންނަތުން ސާފްކޮށް ބަޔާންވެފައިވާ ކަންކަން ކަމަށެވެ.

"ތިމާއަށް ވިސްނިފައި އޮތް ގޮތުން ނުވަތަ ތިމާ ގަބޫލުކުރާ ބޭފުޅަކު ވިދާޅުވި ބަސްފުޅެއް ވާނީ އެ ބޭފުޅެއްގެ ބަސްފުޅަކަށް". ޝެއިހް ހުސައިން ރަޝީދު ފަހުން ކުރެއްވި ޓްވީޓެއްގައި ވެއެވެ.

އަންހެނުން ހެދުން އެޅުމާއި ގުޅޭގޮތުން ރައީސް ނަޝިދު ވިދާޅުވީ، "ބުރުގާ އެޅުމަކީ އެހެން ގޮތެއް" ކަމަށެވެ. ނަޝީދު ވިދާޅުވީ ފަހަކަށް އައިސް ދިވެހިންގެ ދިރިއުޅުން މުޅިން އެހެން ގޮތަކަށް ބަދަލުކޮށް މުޅިން އެހެން ސަގާފަތެއް ގެނައުމުގެ ރޫހެއް އުފެދިއްޖެ ކަމަށެވެ.

މިގޮތަށް ނަޝީދު ވިދާޅުވުމުން އެއަށް ރައްދު ދެއްވާ ދީނީ އިލްމުވެރިޔާ ޑރ އިޔާޒް ވިދާޅުވީ، މުސްލިމުން ހެދުން އަޅަން ޖެހެނީ ކީރިތި ރަސޫލާ މުޙައްމަދުﷺ އެންގެވި ގޮތަށް ކަމަށާއި، އެކަން ކުރަން ޖެހެނީ ކުރީގެ ރައީސް، އަދި ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ ރައީސް، މުޙައްމަދު ނަޝީދު އަންގަވާ ގޮތަކަށް ނޫން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

73 ކޮމެންޓް

  1. ހުސޭނުބޭ

    ދީނުގެ ކަންކަމާމެދު ފަސާދަ އުފެދޭ ގޮތަށް ވާހަކަދައްކާ މީހަކަށް އެވޯޑެއް ދޭނަމަ މީދަ މުނާފިގުކަލޭގެ އެ އެވޯޑު ގެންދާނެއެވެ.

    203
    11
    • ޝައިޚުލްކައްޒާބު

      ދިވެހިން ކުރިން ހެދުން އަޅަމުން އައިގޮތަށް ބަދަލު ނުގެންނަން ދީނުގަ އަނގަވާފަ އެބައޮތޭވެސް ދައްޖާލު ބުނަންވީނު.

  2. ލަޔަން

    ސަގާފީ ހެދުން ހެޔޮ ދޯ އޮރިޔާން ނިވާނުވިއަސް މިހިރަ މުނާފިގު ކަލޭގެ

    199
    11
  3. ކެކެ

    ޔަހޫދީ ބައިގަޑުގެ ޝެއިޚް

    194
    8
    • ޝުޖާ

      ތީހަމަފައްކާ މުނާފިގެއް

      70
      4
  4. ނަމަ

    ޝެއިހް ހުސައިން ރަޝީދު އެހެންވެތާ މުންޑާ ކޮޑުކެޑި ލައިގެން އުޅެނީ

    176
    4
  5. ނަޝީދު

    ނޫނޭ ޝޭޚޫ ކަލެއަށްވާ ސާބަސް. ތިގޮތަށް ދޮގު ހެދިވަރަކަށް ކަލެއަށް މަ ލާރި ދީދީ މިހާރު މަ ހުލިވެއްޖެ. ދެން ނުދެވޭނެ ލާރިއެއް. ދިވެހިން މަގުފުރެއްދުމުގައި ނަށީދު ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް ތިޔަދެއްވި އެއްބާރުލުމަށް ޝުކުރިއްޔާ. އެކަމު އަދިވެސް ތި ޝޭޚް ފާސްނެގި ޔުނިވަރސިޓީއެއްވެސް މަ ނުދަންނަން. ހެޔޮތާ މަގުސަދު ހާސިލްވަންޏާ

    144
    3
    • ހާމާނުދަރި ރސދ

      ރަސީދެއެވެ ކީއްވެހޭ ނުބުނެވުނީ މުޅިހަށިގަނޑު ނިވާވާން ޖެހޭނެއޭ މޫނާ ދެ އަތްތިލަ ފިޔަވަޔޭ. ކީއްވެހޭ އޮޅުވާލަން ތިޔަހަރަ ތެޅެނީ. ތިޔަކަހަލަ މީހުންނާ ހުރެޔޭ ވެރިންނަށް އޮޅެނީ ހާމާނާ ހުރެ ފިރުއައުނު އަށް އޮޅުނުހެން

      73
      3
  6. ހައްގު

    މިނިވަން އަންހެނާގެ އައުރައަކީ ނަމާދުގައިނަމަ މޫނާއި ދެއަތްތިލަ ނޫންހާ ތަނެކެވެ. ހިލޭ ފިރިހެނުންގެ ގާތުގައިނަމަ އެކަނބަލުންގެ އައުރައަކީ މުޅި ހަށިގަނޑެވެ. ~މުޙައްމަދު ޖަމީލުދީދީ~
    މުޅި ހަށިގަނޑު ނިވާކުރެވެން އޮތީ މޫނު ބުރުގާ އަޅައިގެންނަމަ އިއްފަތްތެރި މުސްލިމު މިނިވަން އަންހެނަކު މޫނުބުރުގާ އަޅައިގެންވިޔަސް ހަށިގަނޑު ނިވާކުރާނެއެވެ. ކަސްބީއަކު މެނުވީ ކަމާނުގުޅޭ ބަޔަކަށް އައުރަދައްކާ ހިތެއްނުވާނެއެވެ.

    167
    2
  7. ާަާަަައަސްލު

    ތިކާލީ ދެކޮޅުންދެއްތޯ...މުނާފިގުން ނަކީ 2 ފަހަރު 2 ގޮތައް ވާހަކަދައްކާ ބައެއް...މިއަށްވުރެ ނުލަފާ މީހެއްކޮބާ....

    140
    3
  8. ބޯގޯސް

    ކީކޭ ބުނާނީ މިވެސް ޝެޔްޚެއްދޯ މިކަލޭގެ ކިޔެވިތަނަކަށާއި ކިޔަވައިދިން އެދުރުންނައްވެސް މަލާމަތްރައްދުކުރަންއުޅޭ މީހެއްތީ

    129
    3
    • ކާކުތަ ޝޭޚަކީ

      ކޮންތާކުންތަ މީނާ ޝޭޚުކަން ކިޔެވީ. އަރަބިބަހުގެ ޑިޕޮލޮމޯ ގަނޑެއް އޮތުމަކީ ޝޭޚަކަށް ވާކަމެއްތަ؟!

      54
      2
  9. ވިސްނާ

    2008ގައި ބުރުގާއެޅުމާ ގުޅޭގޮތުން މިކަލޭގެ މައުމޫނާ ދިމާލަށް ގޮވި އެތިވަރު ހަނދާން ނެތުނުކަހަލައެވެ. ރޫހާނީ ދިން އެއްޗެއް ހިތްޕަވައިގެން ހިނދުކޮޅުގައި ތޯއެވެ؟ ކޮންމެ ގޮތެއްވިޔަސް ސޭކު ހުސެން ރަސީދަށް ޖެހިފައިވާ ހާލާމެދު އަހަރެން ހަމްދަރުދީވަމެވެ. ދުނިޔެއަށްޓަކައި ﷲގެ އާޔަތްތައް ކުޑައަގަކަށް ވިއްކާނުލާށެވެ. އަދިވެސް ވަގުތު އެބައޮތެވެ. ތައުބާގެ ދޮރުބަންދެއްނުވެއެވެ. ތައުބާވާށެވެ.

    126
    3
    • އެންޑް ޑީ ޕީ

      2008 ގަ ވާހަދެއްކީ މައުމޫނާދެކޮޅަށް، އެއިރު ހީވި ދެން މިވަރުގެ ސޭކެއް ނެތްހެން! ދީނޭ ކިޔައިގެން، އެއިރުވެސް މައުމޫނު ދައްކަމުން ދިޔައީ ހަމަ އެއްވާހަކައެއް، މިހާރު ދެން ކުޑަކޮށް ސިކުޑި ހަމަނުޖެހޭތީ ބުއްޅަބޭޔާ ދެވެރިން އެކައްޗެއްކިޔަސްވެސް އަދިވެސް މައުމޫނު ދީނީ ގޮތުން ދައްކަނީ ހަމަ އެއްވާހަކައެއް!

      25
  10. ނިޢަމް

    ރަގަޅު ވަހަކައެއް އެއީ! އަންހެނުންގެ ޢަވްރަކަމުގައި އިސްލަމްދީން އަންގަވަފަ އޮތީ މޫނާ ތެއަތްތިލަ ފިޔަވައި ދެންހުރި ތަންތަން ނިވައިކުރުންކަމަށް! އަންހެނުން ހެދުން ލާފަ އެކަބަލުންގެ އިސްތަށިގަނޑާ ކަދުރާއާ މޭމަތި ބުރުގާއަކުން ނިވާކުރަން ޖެހެނީ! ވަކިކަހަލަ ހެދުމެއް އަޅަން އަންގަވާފައެއް ނުވޭ! މޫނު ފޮރުވުމާ ބޮޑުބުރުގާ މެހުމަކީ އިސްރާފަށް ބުރަވެ ހައްދުން ބޭރުވުން.

    15
    92
    • މޯދީ

      ކަލޭ އުޅެންވީނު ގައިގަ ދަވާދު ުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުުު އުނގުޅައިގެން

      28
      1
    • ނުބުނާން ކާކުކަން

      މޫނުބުރުގާ އެޅުމަކީ ބައެއް ޙާލަތް ތަކުގައި ވާޖިބެއް އަދި ބައެއް ޙާލަތް ތަކުގައި ސުންނަތެއް... ﷲގެ އަމުރުފުޅުތަކަށް ބޯލަނބާ ކިޔަމަންތެރި ވުމަށް މޫނު ބުރުގާ އެޅުމަކީ އިސްރާފަށް ބުރަވެ ހައްދުން ބޭރުވުން... ހިލޭ ފިރިހެނުންނަށް ތިއްތި ދެއްކެން ވީދިފަ ހުންނަ ޖީންސާއި އަތް ނުހުންނަ ހެދުން ބުރި ބޮޑު އަގު ދީފައި ގަންނަން ވީމަ ގަންނަން ޖެހޭ އެއްޗިހި.. މިހެން މިކަން ވީމާ ބުނެވޭނީ ހިތާމަ ކުރަމޭ

  11. ގުއިދައިތަ

    މީ މިދުނިޔެ ދެކޭނެ އެންމެ ބޮޑު މުނާފިޤު.

    89
    5
  12. Anonymous

    މުސްލިމުން ހެދުން އަޅަން ޖެހެނީ ކީރިތި ރަސޫލާ މުޙައްމަދުﷺ އެންގެވި ގޮތަށެވެ. މިކާ ދެބަސް ނުވެވޭނެއެވެ.

    129
    2
  13. އައިސާފާނު

    އައުރަ ނިވާކުރަން އޮވޭތޯ .......ހެޔޮނުވާނެ..ރަގަޅު ވާހަކަ ނުބުނެ ވެނީނަމަ ހަނުހުރޭ..ތިވެސްމަރުވާނެ މީހެއް...މަގާމުގެ ދަހިވެތިކަމުގާ ދީން ވިއްކާނުލާ

    90
    2
  14. ނައިބުތުއްތު

    ދިވެހިންގެ ޘަޤާފަތަކީ ކޮބައިތޯ؟ އަދި ދިވެހިންގެ ޘަޤާފީ ހެދުމަކީ ކޮބައިތޯ؟ މި ސުވާލު ޝެއިޚަށް ކުރަންޖެހުނީ ދިވެހިންގެ ޘަޤާފީ ހެދުންކަމަށް މާނަކުރަނީ ކުރިން ލައިއުޅުނު ހެދުމަށް ކަމަށްވާނަމަ އެއީ ރަނގަޅުގޮތްކަމަށް ޝެއިޚްގެ ބަހުން ދޭހަވާތީއެވެ. ކުރީގައި ދިވެހިން ލައިއުޅުނު ހެދުން އަޅުގަނޑަށްވުރެ ބޮޑަށް ޝެއިޚަށް އެނގިވަޑައިގެންފައިވާނެކަމަށް ޤަބޫލުކުރަމެވެ.

    53
    2
  15. ޢަލީ

    ސާބަހޭ ތިޔަށް ކަލޭބޭނުން ގޮތަކަށް ދީނީ ނަސޭހަތް ދީ ފަބަހަށްޓާ ކަލޭމެން އޭރަކުބޭނުންވާކަމެއްގަ ބޭނުންވިގޮތަކަށް ދީނުގަހަމަ އޮންނަނީ ތިގޮތަށްތަ ކަލޭގެ ހިތަށްއައި އެއްޗެއް...ތީއަގެއްނެތްބައެއް މިހާރު ވ.ފޫހިބައެއް ދައްކާވާހަކަޔާ އަމަލާ ދިމާނުވާބައެއް

    47
    3
  16. ޒުއްބަ

    ޝެއިޚް ހުސެން ރަޝީދު ތިޔަ ކުރައްވާ ހިއްވަރަށް ދަންންވަން އޮތީ ހިތާމަޔާއިއެކު ސާބަހެވެ! އިއްޒަތްތެރި މަޖިލިސް ރައީސް ވާހަކައިގެ ޑެމޭޖް ކޮންޓްރޯލް ކުރުމަށްޓަކައި ޕާޓީ ރޫޙުގައި ސިޔާސީގޮތުން ޝެއިޚް އަށް ކޮށްދެއްވޭނީ ތިޔާކަންހާވަރެވެ!

    އިސްލާމްދީނުގައި ވަކި ހެދުމެއް އެޅުމަށް އަންގާފައި ނުވާކަން ޝެއިޚްގެ އަމބިކަމްބަލުންގެ ހެދުމަށް ވިސްނާލީމައި އަޅުގަނޑުމެންނަށް ޤަބޫލުކުރެވެއެވެ. އެކަމަނާ ކަޅު ހެދުން ތުރުކުރައްވައި މޫނު ނިވާކުރައްވަނީ ހިޖާބް ރީތިވެފައި މޫނުބުރުގާ ޗާލުކަމުންކަން ވެސް ޤަބޫލުކުރަންވެސް މިހާރު މަޖބޫރުވެއްޖެއެވެ. ދީނުގެ އަސާސް ތަކަކީ މިނެކިރައި އަދަދުކޮށް ސައުދާކުރެވޭ ސިޔާސީ މުދަލަށް ވެއްޖެތާއެވެ! ހުރިހިތާމައެއްގެ ބޮޑުކަމާއެވެ. މުސްލިމް ދިވެހި އުއްމަތް ސަލާމަތްކުރައްވާންދެއެވެ. ބާތިލުގެ މައްޗަށް ހައްޤު ފާޅުކުރައްވާންދެއެވެ!

    67
    2
  17. މުނާފިޤު

    މިކަހަލަ ޝައިޡާނުންތައް ފަހު ޒަމާނުގައި ފާޅުވާނެ. ކަލޭގެ އަނބި ދަރިންނާއި ،މުޅި އާއިލާ ބުރުގާ އަޅަނީ ހޭ ދެބައިވެގެންތަ؟ އެންމެން ބިކިނީގަ މަގުމައްޗަށް ނެރެ ހިންގަބަލަ ކެރެންޏާ. މީހަކަށް ތާއީދު ކުރިޔަސް ތި ދެން ބޮޑުވަރު

    65
    2
  18. މިހުރީ ހަނު

    އެހެންވީއިރު ހެދުންނުލައި ވެސް އުޅެވިދާނެތޯ؟ ޔައުނީ ފައިސާގެ ބޭނުމުގައި ހިތައް އެރިވާހަކައެއް ދެއްކެނީދޯ.
    އަދާލަތު ޕާޓީގެ ސުލޮޓް ތައިލޭންޑް އެމްބެސެޑަރ..

    57
    2
  19. ައަބޫ

    ޖައްބާރު ކަލޭގެ ހުރި ނުބައިކަން ބަލާބަލަ..

    66
    3
  20. Anonymous

    އިސްލާމްދީނުގަ އަންގަވާފަ އެބަ އޮތް ހެދުން އަޅަންޖެހޭ ގޮތް އަދި ހުންނަން ޖެހޭ ގޮތްވެސް. ކަލޭ ހީކުރީ މީނާގެ މޮރޮކޯ ހަނގު އަނބި އޮރިޔާމާ ހުރީމަ އެއީ ދީނުގައި އެކަން އޮންނަ ގޮތް ކަމައް. ދައްޔޫސް ރަޝީދު

    58
    1
  21. سمندر

    سبحان الله

    62
  22. ފިކުރީއްޔާތު

    ތިޔަ އުޅެނީ ގައުމު ހަލާކު ކޮއްލަން. ދީނުގައި އޮންނަނީ އަންހެނާ ހެދުން އަޅަންޖެހެނީ އައުރަ ނިވާކޮށްގެންކަން ހަމަ ރަނގަޅަށް މީނާޔަށްވެސް އިނގޭނެ. އޭގެ މަނަޔަކީ ކުރުކުރު ލިބާސް ލުމެއް ނޫނެވެ. ގަޔަށް ބާރު ހެދުމެއް ލުމެއްވެސް ނޫނެވެ. އަންހެނާގެ އިއްފަތްތެރިކަން (ނުވަތަ ޕިޔުރިޓީ) ފެންނާނީވެސް އަންހެނާގެ އައުރައިންނެވެ. މިހާރުތިބޭ ބައެއްކުދިން ބުރުގާ އަޅަނީ ފެޝަަނަކަށް، އެވެސް ދުވަސްކޮޅަކުން ދާނެ. ދެންފެންނާނީ ދުވަސްކޮޅަކުން ބުރުގާ ބާލާ ތަން.
    މިކަންތައް މިހެންވަނީވެސް ތިޔަކަލަ ރަނގަޅު ދީނީ ޢިލްމްވެރިން ތިބީމަ. ރަނގަޅުގޮތެއް ނުރަނގަޅުގޮތެއްވެސް ނޭނގޭ. ބުނަންވާހަކައެއް، ދީނީކަންތައް ކިޔަވައިގެން ތިބެ ޖާހިލުނުވާށެވެ.
    މާތްﷲ އަޅަމެންނަށް ހެޔޮވިސްނުންދެއްވާށި. އާމިން.

    50
    1
    • އަހްމަދު

      އެހެންވެޔޭ ބުނަނީ އިލްވެރި ޖާހިލަކަށްވުރެ ބުއްދިވެރިމޮޔަޔަކުވެސް މާރަނގަޅޭ. ތިޔަ ހުސެންރަޝީދަކީ އިލްމުވެރި ޖާހިލެއް.

  23. ޢަލީ

    ބޮޑު މުނާފިޤު

    57
    2
  24. Anonymous

    މުނާފިގުން އަބަދުވެސް އުޅުނީ އުޒުރު ދައްކައިގެން ހެއްދެވި ފަރާތައް އޮޅުވާލަން ކަަމައް. ދައްޔޫސެއް މީނާ އަކީ

    53
    2
  25. ދޭ

    ދޭ މުންޑުލާން

    56
    1
  26. އަނިޔާ

    އަވަހަށް ތަވްބާވޭ .ޔަހޫދން ގުޅޭނީ ހަމަ ޔަހޫދީންނާ

    58
    1
  27. ޢަހުމަދު

    ޝެއިޚް އެ ވިދާޅުވީ ތެދުފުއްްްޅެއް ޤުރުއާނުގަ ނެތް ބުރުގާ އަޅާ ވާހަކައެއްވެސް. ޕޮއިންޓަކީ ޢައުރަ ނިވާކުރުން. ޢެހެން ބުނަން ނުކެރެނި ވަޒީފާ ގެއްލޭނެތީވެ. މުނާފިޤް ޝެއިޚް

    38
    6
  28. އަޙްމަދް

    ދީން ކިޔަވައިގެން އައިސް ޝޭޙުންގެ ތާކިހާ އަޅައިގެން ކުފުރުގެ ނިޒާމު “ޑިމޮކްރެސީ” ކޮނޑު އަޅައިގެން މުދަލާ ފައިސާ އާއި މަތީ މަގާމުތަކާއި ވެރިކަމުގެ ދަހިވެތިކަމުގައި ނުބައި ނުލަފާވެގެން މިބައިމީހުން ނުދައްކާކަށް ވާހަކައެއް އަދި ނުކުރާކަށް ނުބައިކަމެއްވެސް ނޯއްނާނެއެވެ
    މިބައި މީހުން ތަށް މި ޝޭޙުންތަކަކީ ސިޔާސީ މީހުންގެ އަޅުއްންތަކެއްފަދަ ބަޔަކެވެ
    މިބައި މީހުންގެ މަސައްކަތަކީ އާއްމު މީސްތަކުން ދީނުގެމަގުން އެއްކިބާކޮށް މަގުފުރެއްދުމެވެ.
    އިންސާނަކު ނުބައި ނުލާފެ ވާން މިވަރު ނުފުދޭތޯ އެވެ؟

    41
    2
  29. ސަމީރު

    ޥަޒީފާގެ ދިފާއުގަ ކޮންމެފަދަ އެއްވެސް ދައްޖަފާނެ. މަޖީދަކާ ތަފާތެއް ނެތް.

    35
  30. ފަސްބައި.

    ޢިލްމުވެރިންގެ ޙާލަތަކީ މިއީ. ދެން މަގުއޮޅިގެންދާނީ ކިހާވަރަކަށް.

    46
    1
  31. ށަމީނާ

    މިކަހަލަމީހުންނަށްވެސް ޝެއިހުން ކިޔާތީ ދެރައީ. އިސްލާމްދީނުގަ ނޯވޭތަ އައުރަ ނިވާވާގޮތަށް ހެދުންއަޅަން؟

    46
    2
  32. ސޭކް

    ބޮޑު މުނާފިގު...ހާދަހީވޭ ...އިސްލާމްދީނުގެ ...ދުޝްމަނުންގެފައިދަށުވެފަހެން...ޕްރީޕެއިޑް ދަށުވިހެން...

    39
    1
  33. ހުރިހިތާމައެއްގެ ބޮޑުކަމާއޭ

    وَقُل لِّلْمُؤْمِنَاتِ يَغْضُضْنَ مِنْ أَبْصَارِهِنَّ وَيَحْفَظْنَ فُرُوجَهُنَّ وَلَا يُبْدِينَ زِينَتَهُنَّ إِلَّا مَا ظَهَرَ مِنْهَا ۖ وَلْيَضْرِبْنَ بِخُمُرِهِنَّ عَلَىٰ جُيُوبِهِنَّ ۖ وَلَا يُبْدِينَ زِينَتَهُنَّ إِلَّا لِبُعُولَتِهِنَّ أَوْ آبَائِهِنَّ أَوْ آبَاءِ بُعُولَتِهِنَّ أَوْ أَبْنَائِهِنَّ أَوْ أَبْنَاءِ بُعُولَتِهِنَّ أَوْ إِخْوَانِهِنَّ أَوْ بَنِي إِخْوَانِهِنَّ أَوْ بَنِي أَخَوَاتِهِنَّ أَوْ نِسَائِهِنَّ أَوْ مَا مَلَكَتْ أَيْمَانُهُنَّ أَوِ التَّابِعِينَ غَيْرِ أُولِي الْإِرْبَةِ مِنَ الرِّجَالِ أَوِ الطِّفْلِ الَّذِينَ لَمْ يَظْهَرُوا عَلَىٰ عَوْرَاتِ النِّسَاءِ ۖ وَلَا يَضْرِبْنَ بِأَرْجُلِهِنَّ لِيُعْلَمَ مَا يُخْفِينَ مِن زِينَتِهِنَّ ۚ وَتُوبُوا إِلَى اللَّهِ جَمِيعًا أَيُّهَ الْمُؤْمِنُونَ لَعَلَّكُمْ تُفْلِحُونَ

    އަދި مؤمن އަންހެނުންނަށް އެކަނބަލުންގެ ބެލުންތައް ތިރިކުރުމަށާއި، އެކަނބަލުންގެ فرج ތައް ރައްކާތެރިކުރުމަށް ކަލޭގެފާނު ވިދާޅުވާށެވެ! އަދި އެކަނބަލުންގެ ޒީނަތުގެ ތެރެއިން ފާޅުވެގެންވާތަން ފިޔަވައި (އެބަހީ: މޫނާއި ދެއަތްތިލަ ފިޔަވައި) އެކަނބަލުންގެ ޒީނަތް ފާޅުނުކުރާހުށިކަމެވެ! އަދި އެކަނބަލުންގެ ބުރުގާތައް، އެކަނބަލުންގެ ކަރުވަޅުތަކުގައި އަޅައިނިވައިކުރާހުށިކަމެވެ! އަދި އެކަނބަލުންގެ ފިރިންނަށް، ނުވަތަ އެކަނބަލުންގެ ބަފައިންނަށް، ނުވަތަ އެކަނބަލުންގެ ފިރިންގެ ބަފައިންނަށް، ނުވަތަ އެކަނބަލުންގެ ފިރިހެން ދަރިންނަށް، ނުވަތަ އެކަނބަލުންގެ ފިރިންގެ ފިރިހެން ދަރިންނަށް، ނުވަތަ އެކަނބަލުންގެ أخ ންނަށް، ނުވަތަ އެކަނބަލުންގެ أخ ންގެ ފިރިހެން ދަރިންނަށް، ނުވަތަ އެކަނބަލުންގެ أخت ންގެ ފިރިހެން ދަރިންނަށް، ނުވަތަ އެކަނބަލުންގެ ތެރެއިންވާ އަންހެނުންނަށް، ނުވަތަ އެކަނބަލުންނަށް މިލްކުވެގެންވާ އަޅުންނަށް، ނުވަތަ ފިރިހެނުންގެ ތެރެއިން އެދުންވެރި ކަމެއް ނުހިނގާވަރުގެ ގެންގުޅޭ މީހުންނަށް، ނުވަތަ އަންހެނުންގެ عورة ތައް ނޭނގޭވަރުގެ ކުޑަކުއްޖާއަށް މެނުވީ، އެކަނބަލުންގެ ޒީނަތް ފާޅުނުކުރާހުށިކަމެވެ! އަދި އެކަނބަލުންގެ (ގަހަނާއާއި) ޒީނަތުގެ ތެރެއިން، ވަންހަނާވެފައިވާ ތަކެތި އެންގުމަށްޓަކައި، ފައިތިލަތަކުން (ބިމުގައި) އެކަނބަލުން ނުތަޅާހުށިކަމެވެ! އޭ مؤمن ންނޭވެ! ތިޔަބައިމީހުން އެންމެން اللَّه އަށް توبة ވާށެވެ! (އެއީ) ތިޔަބައިމީހުން ދިންނަވައި، نصيب ލިބުމަށްޓަކައެވެ.

    69
    2
  34. ހިތާމަވެރިޔާ

    وَمَنْ أَظْلَمُ مِمَّنِ افْتَرَىٰ عَلَى اللَّهِ كَذِبًا ۚ أُولَٰئِكَ يُعْرَضُونَ عَلَىٰ رَبِّهِمْ وَيَقُولُ الْأَشْهَادُ هَٰؤُلَاءِ الَّذِينَ كَذَبُوا عَلَىٰ رَبِّهِمْ ۚ أَلَا لَعْنَةُ اللَّهِ عَلَى الظَّالِمِينَ

    اللَّه އާމެދު ހަދައިގެން ދޮގެއްބުނި މީހަކަށްވުރެ، އަނިޔާވެރިކަން ބޮޑީ ކާކުހެއްޔެވެ؟ އެއުރެންގެ ވެރިރަސްކަލާނގެ حضرة އަށް އެއުރެން ހުށަހެޅޭނެތެވެ. އަދި ހެކިން ބުނާނެތެވެ. އެއުރެންގެ ވެރިރަސްކަލާނގެއާމެދު ދޮގުހަދައިގެން އުޅުނު މީހުންނަކީ މިތިބީއެވެ. ދަންނާށެވެ! އަނިޔާވެރިންގެ މައްޗަށް اللَّه ގެ لعنة ހުށްޓެވެ.

    52
    1
  35. ސިކުޑި

    مَن كَانَ يُرِيدُ الْحَيَاةَ الدُّنْيَا وَزِينَتَهَا نُوَفِّ إِلَيْهِمْ أَعْمَالَهُمْ فِيهَا وَهُمْ فِيهَا لَا يُبْخَسُونَ

    ދުނިޔޭގެ ދިރިއުޅުމާއި، އެ ދުނިޔޭގެ ޒީނަތްތެރިކަމަށް އެދޭމީހާ (ދަންނާށެވެ!) އެއުރެންގެ عمل ތައް ތިމަންރަސްކަލާނގެ އެއުރެންނަށް އެތާނގައި ހަމަޔަށް ފުއްދަވައި ދެއްވާހުށީމެވެ. އަދި އެއުރެންނަށް އެތާނގައި އުނި ނުކުރައްވާހުށްޓެވެ.

    46
    1
  36. ރަދީފް ހުސެން

    ދީނީ ދަންނަބޭކަލުންނޭ ކިޔައިގެން އެއިރަކަށް ރަހަހެޔޮވަރުވާގޮތައް ދީނުގެ ކަންތައް އެނގޭމީހުން ބަސްބުނަން ފެށުމަކީ މުސީބާތެއްގެ އަލާމަތް.

    15
    1
  37. ާއަނު

    ޢޭ ބުނަން ރަނގަޅު ވާހަކައް ކައެ ކަންތައް މާ މައްޗައް ތިދަނީ. ޥަރައް ވާހަކަ މިބުނީ

    15
    2
  38. އަލި

    ކަލޯ ހުސެން ކަލޯގެ އަންހެނުން އަޅަނީ އޭނާގެ ޅައުމުރުގައި އޭނަގެ މަންމަ އާއި މާމަ އަޅައި އުޅުނުަވައްތަރު ހެދުންތަ؟ އޭނާގެ ޘަޤާފަތް ފެށުނީ ކަލޮއާއި ކައިވެނި ކުރިފަހުންތަ

    37
    2
  39. ތޫބާ

    ފައަސާޔަ މޮޔަވެފަ.....ހޯހޯ....

    11
    1
  40. ބޯކިބާ

    ބަލަގަ އަޅަންވީ ހެދުމެއް އަރަންވީ ފައިވާނެއް ނޭނގިގެނެއްނޫން މިއުޅެނީ. ޒާތްޒާތުގެ ވައުދުތައް އެހެރީ ފުނިފުންޏަށް އެ ފުއްދޭތޯ ބަލާބަލަ.

    14
    1
  41. ޕަކާސް

    ދީނީ ތަޢުލީމު ދިނުމުގެ ނަމުގައި ބޭރުގެ ޖަމާޢަތްތަކުން އެހީ ހޯދައިގެން އައްޑުއަތޮޅުގައި ހަރުކަށިކަން ކިޔަވަދޭ ސްކޫލެއް ހިންގީ މި މީހާ. މައުމޫންގެ ސަރުކާރުން އެކަން ހުއްޓުވީމާ އަދިއަދަށްދާނދެންވެސް މައުމޫން ދީން ކިޔަވައިދިނުން މަނާކުރީއޭ ކިޔައިގެން ދާހައިތަނެއްގައި ވާހަކަދައްކަމުން ދުވާ މީހެއް.

    7
    1
  42. އަޙްމަދު

    ބޮޑޫ މޮޔަ ސޭކުންނޭވެ. ދިވެހި އަންހެނުން ތަންކޮޅެން ކުރިން 18 އަހަރުވަންދެން ލައިއުޅުނީ ކަޑިކި އެކަނި. މަތީބައިގައި އެއްޗެއްލެވެނީ އޭގެ ފަހުން. މިހާރު އަހަރުމެން އުޅެންވީ އެހެންތަ! އެންމެ ކުޑަ ކުއްޖާއަށްވެސް އެނގޭ އަންހެނުންނާއި ފިރިހެނުން އައުރަ ނިވާކުރަންޖެހޭކަން!
    އަޅެ ޤުރުއާނާއި ސުންނަތުން ސާބިތު ނުވޭތޯ އަންހެނުންނާއި ފިރިހެނުންގެ އައުރަ.
    ހުސެއިން ރަޝީދު އެވެ މޮޔަނުގޮވާ! ތިއޮތީ ވަޒީފާ ލިބިފައެއްނުން! ދެންވެސް ހަނު ހުރެބަލަ!

    16
    1
  43. ވަތަނީ

    ޝޭކު

    14
    1
  44. އަބދުއްލާ

    حكم لبس المرأة لباس الرجل
    لسؤال: مستمع بعث برسالة وضمنها عدداً من القضايا، هذا المستمع يقول: (أ. م. ش) من تبوك، في إحدى القضايا التي بعثت بها تقول: إذا المرأة لبست ملابس زوجها ثم لبست فوقها ثوباً لها أو فستان، فهل ذلك جائز أو لا؟

    الجواب: ليس للمرأة أن تلبس لبسة الرجل لا زوجها ولا غيره، في الحديث الصحيح يقول النبي ﷺ:
    لعن الله المرأة تلبس لبسة الرجل، ولعن الله الرجل يلبس لبسة المرأة، فالواجب عليها أن تلبس لباسها الخاص والرجل كذلك لباسه الخاص، أما أن تلبس لباسه الخاص ولو تحت ثيابها ما يجوز، وهكذا الرجل ليس له أن يلبس لباس المرأة ولو تحت ثيابه. نعم.
    المقدم: جزاكم الله خيراً.

    އެހެންވީއިރު ތިގޮވާކޮސް ގަބޫލުކުރާނީ ކިހިނަކުން.

    12
    1
  45. Anonymous

    މީނައަށް ޝޭހެއްގެ ލަގަބު ލިބުން ގޮތަކާމެދު މިހާރު ޝައްކު...

    18
    1
  46. އިބުރާހިމް

    އައުރަ ނިވާކުރަންޖެހޭތަ؟ ވަކިމީހަކައް ސަނާކިޔަސް ތީބޮޑުވަރު ކޮންކަހަލަ ސޭހުންނެއް؟

    16
    2
  47. އިންސާނާ

    ބަލަގަ ހުސޭނު ނިކަންބުނެބަލަ އިސްލާމްދީނުގަ މުސްލިމު އަންހެނާޔާ ފިރިހެނާގެ އައުރަޔަކީ ކޮބާކަން އަންގަވާފަވޭތަ؟ އަދި މިދެޖިންސުގެމިހުން އައުރަ ނީވާކުރުމައް އަންގަވާފަވޭތަ؟

    16
    1
  48. 1111

    އައުރަ ނިވާކުރަން އަންގާފަ ނެތްތަ؟ބުރުގާއަޅަން ނުވަތަ ޖިލްބާބްވާން ނޯވޭތަ؟ ބުރުގާއަކީ އަންހެނުންހެ ލިިބާހުގެ ބައެއް ނޫންތަ؟ ބޭނުންހާ އެއްޗެއް ލީމަ އައުރަ ނިވާ ކުރެވޭތަ؟ އައުރަ ނިވާވާ 3 ޝަރުތެއް ކަނޑައަޅާފަ ނުވޭތަ؟ ހުސައިން ރަޝީދުގެ ޖަވާބަކީ ނޫނެކޭނަމަ ސުވާލަކީ ވަކީ ގޮތަކަށް ހެދުންއަޅަން ދީނުގައި އަންގަވާފއި ނުވޭތޯ؟؟
    މިހާރު ދިވެހިން އާދަވެގެން ލައިމިއުޅޭ ފަޓުލޫނާއިި ގަމީހަކީ ދިވެހީންގެ އަމިިއްލަ އުފެއްދުމެއްތަ؟ ނުވަތަ މިއީ ބަޔަކުކުރާތަން ދެކިގެން އެގޮތް އިޚްތިޔާރުކޮށް އަމިއްލަ ކޮށްގެން އުޅޭގޮތެއްތަ؟ އާއެކޭނަ އެބަޔަކަށް ރީތިި ވައްތަރަކަށް ހުންނަ (އައުރަ ނިވާވާ) ހެދުންއެޅުމުން އެކަމުގައި އޮތް މައްސަލަލަކީ ކޮބާ؟

    13
    3
  49. މަރިޔަމް

    ދެން ކަލޭ ކީއްވެގެން ތިއުޅެނީ އައުރަ ނިވާކޮއްގެން ގަމީހާ އޭތި މީތި ލައިގެން
    ބީޗްގައި ލައިގެން އުޅޭ ކަހަލަގެ ސޯޓެއް ލައިގެން އުޅެންވީނު އެހެންޏާ އިސްލާމްދީނުގައި ނެތެންނު ވަކި ހެދުމެއްލައިގެން އުޅޭށެކޭ އަންގާފައެއް
    ފާޑަކަށް ބޭކާރު އަނގަ އެބަތަޅައެއްނު

    15
    2
  50. ????

    މިމީހާ ދީނީތަޢްލީމް ހާޞިލްކޮށްގެން އަދި ނުވިތާކަށް މާތްވެގެންވާ ޙަރަމްފުޅަށް އަހަރަކު އެތައްފަހަރަކު ޢުމްރާއަށް މީހުން ގެންދާއިރުވެސް މިމީހާގަޑަށް ހަމަ ނޭގެނީތަ އިސްމްދީނުގަ ހެދުންއެޅުން އޮންނަގޮތް ވަޡީފާގެ ދަހިވެތިކަމުގަ. ބަލަ ޝޭޚާ ކަލޭގެ ޢަރަބި އަނބިގޮއްޔެ ތިބުނާ ހެދުންލައްވާ

    4
    1
  51. ށަވިޔަނި

    ޔަހޫދީންނާއި ނަސޯރާއިންގެ ފެސަނަށް މިތާ ހެދުންއަޅައިގެން އުޅެވެންޏާ ، އަރަބި ފެސަނަށްވެސް މިތާ ހެދުންއަޅައިގެން އުޅެވެންޖެހޭނެ.

  52. ޑެއިލް

    އިސްލާމްދީނުގަ ނެތް ހެނދުންލާކަށް އަންގަވާފަ. އޮންނަނީ އައުރަ ނިވާކުރަން. ހެނދުން ނުލާވެސް އުޅެވިދާނެ ކުލަޖައްސައިގެންވެސް. މިކަހަލަ މުނާފިގު ޝެއިހުން.

  53. މީނާފިގާ

    ސޫހު ޔަތަންޔާހު..އެންމެ ބޮޑު މުނާފިގު..މީނަ ދެވަންވީ ވެލަޒީނީޔާ

    6
    2
  54. ހުސާމަތު

    ތިވަރައް ދޮގު ހަދަން އަންގަވާ އޮވޭތަ..މީދަ މޮޔަ ސޭހު

    6
    1
  55. ސާބަހޭ

    ސިޔާސީ މަގާމެއްގައި ހުރިކަން ވަރަށް ސާފު ވެއްޖެ. ކާން ބޯން ލިބޭނެ އަދި އަނބި ދަރިން ބަލަހައްޓާނެ އެހެން ގޮތެއް ހަމަ ނެތީބާ؟ ދީނީ ޢިލްމުވެރިންނަށްވެސް ހުރި ލަދެއް

    6
    1
  56. ބަޔަކް

    ގުރުއާނުގެ އާޔަތެއްގައި "ޖަލާބީބް" މި ލަފްޒު ބޭނުންކުރެވިފައިވާނަމަ އޭގެން ދޭހަވަނީ ކޯޗެއްތޯ ހުސެންރަޝީދު އަޅެ ބުނެދީބަލަ.

  57. ޖޮން

    އަހަރުމެނަކީ އިސްލާމުން މުނާފިގުންނެއްނޫއް. އަހަރުމެން ﷲ އީމާންވަން. ގުރުއާނައް ތަބާވަން. މިމުނާފިގަކަށް އަޑެއް ނާހަން

  58. އަނި

    ދެން މީނަ

  59. ލައި

    ދެން ކަލޭ

  60. އަލިބެ

    ފާސިދުންގެ ނުބައި ވިސްނުމުން މި ގައުމު ސަލާމަތް ކުރައްވާންދޭވެ. ޝޭއިހު ހުސެއިން ރަޝީދު އަކީ ޖައްދާލުގެ ފިޔަވަޅަށް ގައުމު ގެންދަން ވިސްނާ މީހަކު ކަމުގައި ނުލައްވާންދޭ! އާމީން

  61. ސައްދާމް

    ޝެއިހް ހުސައިން ރަޝީދު މީނާއަކީވެސް ތަންދޮރު ދަންނަ އިލްމުވެރިއެއް ހިތާމަޔަކީ އަންނި މިވަރުވާއިރުވެސް މިމީހުންނަށް ސީދާބަސް ބުނަން ނުކެރޭކަން.

  62. ލާދީނީ:

    ރަސީދެއެވެ ކީއްވެހޭ ނުބުނެވުނީ މުޅިހަށިގަނޑު ނިވާވާން ޖެހޭނެއޭ މޫނާ ދެ އަތްތިލަ ފިޔަވަޔޭ. ކީއްވެހޭ އޮޅުވާލަން ތިޔަހަރަ ތެޅެނީ. ތިޔަކަހަލަ މީހުންނާ ހުރެޔޭ ވެރިންނަށް އޮޅެނީ ހާމާނާ ހުރެ ފިރުއައުނު އަށް އޮޅުނުހެން

  63. މާރިޔާ:

    ކީކޭ ބުނާނީ މިވެސް ޝެޔްޚެއްދޯ މިކަލޭގެ ކިޔެވިތަނަކަށާއި ކިޔަވައިދިން އެދުރުންނައްވެސް މަލާމަތްރައްދުކުރަންއުޅޭ މީހެއްތީ

  64. މުހައްމަދުމޫސާ

    ބަލަމިހިރަ ފަރަންޖީ ސޭކާކަލޭތިއުޅެނީ ސޭޚުކަމުގެފާސް ވަަގަށްނަގައިގެން އައިސް ތަ
    އެހެންޏާފަހެ ލޯސަލާމަތުން ހުރިއްޔާނޫރުސޫރަތުގެ
    31ވަނައާތަތުގަ އެއޮތީކީކޭކަން އަޅެ ފަހެބުނެދީބަލަ
    ނަޝީދުބުނެފިއްޔާ ކޮންމެފަދަ ވާހަކައެއްވެސް ބުނެފާ މިސޭކު

  65. ބީތާ ހުސޭނާ

    އަންހެނެއްގެ ބުރުގާތެރެއިން ހިތަދޫގަ ނެރުނީ މިކަލޭގެ ދޯ.

    3
    1