މިސްރުގައި ކިޔަވަމުންދާ ދިވެހި ކިޔަވާ ކުދިންނާ މިނިސްޓަރ އޮފް އިސްލާމިކް އެފެއާރޒް ޑރ. އަހުމަދު ޒާހިރު އަލީ މިއަދު ބައްދަލުކުރައްވައިފި އެވެ.

ބައްދަލުކުރެއްވުމުގައި އިސްލާމިކް މިނިސްޓަރު ވަނީ އެކުދިންނަށް ދިމާވާ ދަތިތައް އޮޅުންފިލުއްވާ އެކަންކަން ހައްލުކޮށް ދިނުމަށް މަސައްކަތް ކޮށްދެއްވާނެކަމަށް ވިދާޅުވެފައެވެ.

މިސްރުގައި ކިޔަވާ ދިވެހި ދަރިވަރުންނާ އިސްލާމިކް މިނިސްޓަރ ބައްދަލުކުރައްވާފައި ވަނީ 30 ވަނަ “ޖެނެރަލް ކޮންފަރެންސް އޮފް ދަ އިޖިޕްޝަން ސުޕްރީމް ކައުންސިލް ފޮރ އިސްލާމިކް އެފެއާޒް” ގައި ބައިވެރިވުމަށް މިސްރަށް ކުރެއްވި ދަތުރު ފުޅުގައެވެ.

ސެޕްޓެމްބަރު 15 އަދި 16 ވަނަ ދުވަހު މިޞްރުގެ ޤާހިރާގައި ކުރިއަށްދާ މިކޮންފަރެންސްގައި އިސްލާމިކް މިނިސްޓަރ ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.