ހއ. ތުރާކުނުގެ ހުޅަނގު އުތުރުން ހަ ނޯޓިކަލް މޭލު ބޭރުން މަސްވެރިކަމަށް ނުކުމެ އުޅުނު ދޯންޏެއްގައި ހުރި މީހެއްގެ ހާލު ސީރިއަސް ވެއްޖެއެެވެ.

ހާލު ސީރިއަސްވެފައި ވަނީ އަރާތަރި ނަމަކަށް ކިޔާ ދޯންޏެއްގައި ހުރި 30 އަހަރުގެ ދިވެހި ޒުވާނަކަށެވެ. އޭނާއަކީ އެ ދޯނީގެ ފަޅުވެރިއެކެވެ.

އެމްްއެންޑީއެފް އިން ވިދާޅުވީ، އެކަމުގެ ރިޕޯޓް މިއަދު 14:44 ހާއިރު ލިބުމާއި ގުޅިގެން ކޯސްޓް ގާޑުން އެ މީހާއަށް އެހީތެރިކަން ފޯރުކޮށްދޭން ފަށާފައިވާކަމަށެވެ. އެގޮތުން މިހާރު ކޯސްޓްގާޑު ލޯންޗަށް އެ މީހާ ވަނީ ނަގާފައެވެ.

"ވަގުތު"އަށް އެނގިފައިވާގޮތުން، އެ ދޯނިން އެމްއެންޑީއެފްގެ އެހީތެރިކަމަށް އެދުނީ އެ ޒުވާނާގެ ގައިން ކުއްލިއަކަށް ވާގި ދޫވުމާއި ގުޅިގެންނެވެ.

އެމްއެންޑީއެފުން ވިދާޅުވީ އެ ޒުވާނާ މިހާރު ހއ. އިހަވަންދޫއަށް ގެންގޮސްފައިވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ސައްދާމް

    މީހަކަށް ކަމެއްވެދާނެ އެކަމަކު މަސްދޯނި ފަހަރުތަކުގައި އުޅޭ ގިނަކުދިންނަކީ މަސްތުވާތަކެތި ބޭނުންކުރާކުދިން އަދި މިފަހަކުން މުޅިންވެސް ޒުވާނުން ނިޔާވެފައިވަނީ އޯވާރޑޯޒް ވުމުގެ ސަބަބުން. ކޮބާތަ ހެލްތު މިނިސްޓާރ މީންކަމަކަށް އެއްވެސް އެއްޗެއް ވިދާޅެއްނުވެ ފިއްލަވާގެން އުޅުއްވަނީ.