ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ލަފަޔަށް ހުށަހެޅުއްވި ޑްރަގް ކޯޓުގެ ގާޒީ މަހާޒް އަލީ ޒާހިރުގެ އިތުރުން، އެ ކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލެއްވި ކުރީގެ އެޓާނީ ޖެނެރަލް ފާތިމަތު ދިޔާނާ ސައީދުގެ ނަން ވެސް ރައްޔިތުންގެ މަޖިލީހަށް ފޮނުވަން ޖޭއެސްސީން ރައީސަށް ލަފާ އަރުވައިފިއެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރެއްގެ މަގާމު ހުސްވީ، އެ ކޯޓުގެ ފަނޑިޔާރެއްގެ ގޮތުގައި ހުންނެވި އަބްދުﷲ ދީދީ އެ މަގާމުން ވަކި ކުރުމަށް ރައްޔިތުންގެ މަޖިލީހުން ނިންމުމާއި ގުޅިގެންނެވެ.

އަދި އޭގެ ފަހުން ޖޭއެސްސީން ވަނީ އެކޯޓުގެ ފަނޑިޔާރު ކަމަށް ޝައުގުވެރިވާ ފަރާތްތަކުން ކުރިމަތިލުމަށް ހުޅުވާލާފައެވެ.

ޖޭއެސްސީން ހުޅުވާލި އެ ފުރުސަތުގައި ދިޔާނާ އާއި، ހައިކޯޓުގެ ފަނޑިޔާރު އަލީ ސަމީރާއި ކުރީގެ ޑެޕިއުޓީ ޕްރޮސިކިއުޓާ ޖެނަރަލް މަރިޔަމް ނިހާޔަތު އާއި ހައިކޯޓުގެ ތިން ފަނޑިޔާރުން ކަމަށްވާ ފަނޑިޔާރު ހަސަން އަލީ އާއި ފަނޑިޔާރު މުހައްމަދު ނިޔާޒާއި ފަނޑިޔާރު ޝުއައިބު ހުސެއިން ޒަކަރިއްޔާވެސް ކުރިމަތިލެއްވިއެެވެ.

މަހާޒުވެސް ހިމެނޭހެން ޖޭއެސްސީން މި އެންމެންގެ އިންޓަވިއު ކުރުމަށްފަހު ރައީސް އަށް ލަފާއަރުވަން ނިންމި، މަހާޒާއި ދިޔާނާގެ ނަންފުޅަކީ "ހައިލީ ރިކޮމެންޑެޑް" ދެ ނަންފުޅު ކަމަށެވެ. އަދި ދެން ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ހައި ކޯޓުގެ ފަނޑިޔާރު އަލީ ސަމީރާއި ފަނޑިޔާރު މުހައްމަދު ނިޔާޒް އަދި ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާ އަކީ "ރިކޮމެންޑެޑް" ބޭފުޅުން ކަމަށެވެ.

އަދި ހައި ކޯޓުގެ ފަނޑިޔާރު ހަސަން އަލީ އާއި ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް މަރިޔަމް ނިހާޔަތު ވެސް ފަނޑިޔާރު ކަމަށް ކުރިމަތިލައްވާފައިވާތީ ގާނޫނުގައިވާ ގޮތުގެ މަތިން މި ބޭފުޅުންގެ ނަންތައް ވެސް ރައީސް މަޖިލީހަށް ފޮނުއްވާނެއެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ބޭފުޅުން އައްޔަންކުރާނީ ޖޭއެސްސީގެ ލަފާގެ މަތިން ރައްޔިތުންގެ މަޖިލީހަށް ރައީސް ފޮނުއްވާ ނަންފުޅުތަކުގެ ތެރެއިންނެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

  1. މމ

    އަންހެނުން ބާރުވެރިވާތަން ވަރަށް އަވަހަށް ފެންނާނެ

    17
    4
  2. ހަމަހަމަ

    މިސަރުކާރުގަ ފިރިހެނަކަށް ނެތީތޯ ޖާގައެއް؟؟ ތިޔަ މަ އަދި ނުދަންނަ ޒާތެއްގެ ހަމަހަމަކަމެއް

    34
    1
  3. ޖަޖު

    ތި އަންނި ގަންނަ ގަނޑު ލޮލީ ޖާބިރަކީ ސީދާ އަންނި ގެންގުޅޭ ޕަޕެޓެއް.. މިފަހަރު ފިރިހެނަކަށް ދޭންވާނި.. ފިރިހެނަކުވެސް އެބަޖެހޭދޯ ޖަޖަލަށްލާން މި ސަރުކާރުގަ

    27
    2
  4. ޏ

    ޖާބިިިެ ޢަދި . ޢަންނިީ ގެ ރޭވުމެއް

    28
  5. ޢަލިއާ

    އަދިވެސް .. ޖާބިރު .. ހަމަ ..ގަދައީ... މިވެރިކަންގެންނަން...އޭނަ ...ވަރަށް.. މަސައްކަތްކޮއްފަ..ހުރިކަން..އެބަ..އެނގޭ

    18
    1
  6. ޖާއްބެ

    ދެން މަށަށް ފެންނަނީ ބަންގްލަދޭޝްގެ ހަސީނާ ތިތަނައް ލާން. އިބޫއަށް ނޭނގޭނެއެވެ އަންހެނެއް ނޫނީ ލާކަށް

    20
  7. ުޔޔތ

    ފަނޑިޔާރުން ހެލްމެޓު އަޅައިގެންތިބުމަށް ދަންނަވަމެވެ. ނޫނީ ސަރިޔަތެއްގަ ޖެހި ބޯޗިސް ޗިސް ވެދާނެ ދޯ ޖާބިރު..

    15
  8. ކިނބޫ

    ސިޔާސީ ކޯޓު

    11
    1
  9. ވަށަނގުލި

    މުޅި ސްޕްރީމްކޯޓްއެއްކޮއް އަންހެނުންނައް ބަދަލުކޮއްލާ

    11
  10. ނިޔަނދުރު

    ޖާބިރު ހިންހަމަޖެއްސުމަށާއި ފަނޑިޔާރުގެ ތަޣައްޔަރުކުރުމުގެ ސިޔާސަތުގެ ދަށުން ދިޔާނާއަށް ފަނޑިޔާރުކަން ދޭނެކަމަށް ލަފާކުރެވެނީ ދިޔާނާއަކީ ބަނޑާރަ ނައިބުކަން ކުރިޔަސް ފަނޑިޔާރުކަމުގެ ގޮނޑީގެ އެއްވެސް ތަޖުރިބާއެއް ހުރި މީހެއްނޫން ދުނިޔޭގެ ޤައުމުތަކުގަ އިސްތިއުނާފީ ކޯޓުތަކަށް އައްޔަންކުރަނީ ކިޔަވައިގެންތިބި ފަނޑިޔާރުކަމުގެ ތަޖުރިބާ ލިބިފައިވާ އަބުރުވެރި ތަޖުރިބާކާރު ފަނޑިޔާރުން ރާއްޖޭގަ ފަނޑިޔާރުގެ ތަޣައްޔަރުކުރުމުގެ ސިޔާސަތުގެ ދަށުން ރަނޑު އަންހެނުން އައްޔަންކުރަނީ އެވެސް ޝަރުޢި ދާއިރާ ޚަރާބުކޮށްފަތިބޭ މީހުން ހިތާމަހުރިކަމެއް ރާއްޖޭގެ ޝަރުޢީ ދާއިރާގެ ދުވަސް ދުއްވާލައިފި

    15
    1
  11. ކޭކުލި

    މަހާޒަށް ކިހިނެތް ހަދަންބާ އެއުޅެނީ

  12. ސައްދާމް

    ރައްޔިތުންނޭވެ ވިސްނަވާ ރަގަޅައް ކޮޅުމަގު ބައްލަވާ.

  13. ގުއިދައިތަ

    ދައުލަތުގެ މަތީ މަޤާމްތަކަށް ނާޤާބީލް މީހުން އައުމަކީ ނުވަތަ ލުމަކީ ފަހު ޒަމާނުގެ އަލާމާތެކޭ ޢިލްމުވެރިން ބުނާތީ އަހަން. ޢިލްމުވެރިން ފާހަގަކުރައްވަނީ މިކަހަލަ ނާޤާބިލް މީހުން ކަމާއި މެދު ޝައްކެތް ނެތް. ދިޔާނާއަކީ ސުޕްރީމް ކޯޓް ފަނޑިޔާރަކަށް ކީތްކުރަން ގެއެއްގަ ގެންގުޅެން ވެސް ކުފޫ ހަމަވާ މީހެއް ނޫން.

  14. އަހްމަދު

    ހަސަންއަލީ ސަސްޕެންޑް ކޮށްފައި ، މަޖިލީހަށް ނަންފޮނުވުމަށް ރައީސަށް ލަފާދިނީ. އަންނިގެ ނުަލަފާކަން އެބަހުއްޓެއްނު.

  15. ސޯލިހު

    މިއުޅެނީ އަންހެނުންގެ ބރ ބާރުގަދަކުރަން.

  16. މިއަދު

    ގައުމުގެ އިއްޒަތާއި ކަރާމާތް ހިފަހައްޓާ ބަޔަކީ ނަޒާހަތްތެރި ފަޑިޔާރުން މިއަދު ފަޑިޔާރުންމިވަނީ އަބުރު ކަތިވެފައިވާ ބަޔަކަށްވެފައި