އައްޑޫ ސިޓީގައި ދެ ސައިކަލު ޖެހިގެން ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި މީހެއްގެ ހާލު ސީރިއަސްވެ ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާދެމުން އެބަ ދެއެވެ.

މިއަދު އިރުއޮއްުސުނު ގަޑީ މި އެކްސިޑެންޓް ހިނގާފައި ވަނީ އައްޑޫ ލިންކް ރޯޑް، މަރަދޫ ފޭދޫ ބީއެމްއެލް ބްރާންޗް ކައިރިންނެވެ.

މައުލޫމާތު ލިބޭގޮތުގައި، މި އެކްސިޑެންޓް ހިނގުމާއެކު، އަނެއް ސައިކަލުގައި ތިބި މީހުން ވަނީ ފިލާފައެވެ.

މި އެކްސިޑެންޓް ހިނގި ސަރަހައްދު އޮތީ އަނިޔާވި މީހާގެ ބޮލުން ފޭބި ލެއިން، ލޭގެ ކޯރެއް ހެންނެވެ.

މި އެކްސިޑެންޓްގައި އަނިޔާވެފައި ވަނީ ޝަންގްރިއްލާ މުވައްޒަފަކަށެވެ.

މި ޙާދިސާގައި އެ ޒުވާނާއަށް ލިބުނު އަނިޔާތަކުގެ ތަފްސީލެއް ނުލިބެއެވެ.

ފުލުހުން ވިދާޅުވީ، މަރަދޫގައި ދެ ސައިކަލެއްޖެހި އެކްސިޑެންޓެއް ހިނގީ މިއަދު ހަވީރު، 5:55 އެހާކަންހާއިރު ކަމަށެެވެ.

ފުލުހުން ދަނީ އެ އެކްސިޑެންޓު ހިނގުމާއެކު ފިލަން ދިޔަ މީހުން ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.