ފުލުހުންގެ ޑްރަގް އެންފޯސްމެންޓް ޑިޕާޓްމެންޓުން ހިންގި އޮޕަރޭޝަނެއްގައި ހ. އުޖާލާގެ މީހަކާށް އަނިޔާކުރިކަމުގެ ތުހުމަތު ކުރެވޭ ފުލުހުންގެ މައްސަލައިގައި ފުލުހުންގެ ޑިސިޕްލިނަރީ ބޯޑުން ނިންމި ނިންމުން ޕޮލިސް ކޮމިޝަނަރު އިސްތިއުނާފަށް ހުށަހެޅީ އެކަމުގައި ދޭން ކަނޑައެޅި އަދަބު ލުއިކަމުން ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

މިދިޔަ ޖުލައި މަހު ހިންގި އެ އޮޕަރޭޝަންގައި އުޖާލާ ގޭގައި ހުރި ބިދޭސީއަކަށް އަނިޔާކުރި މައްސަލައާ ގުޅުންހުރި ހަތް ފުލުހުން ވަނީ ސަސްޕެންޑް ކޮށްފައެވެ.

އަދި ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑަޑްސް ކޮމާންޑުން އެ މައްސަލަ ތަހުގީގު ކުރުމަށްފަހު، މައްސަލައިގައި ގޮތެއް ނިންމުމަށް ޑިސިޕްލިނަރީ ބޯޑަށް ހުށަހެޅުމުން، އެ ފުލުހުން ޑީމޯޓުކޮށް ވަޒީފާ އަދާކުރާ ޑިޕާޓްމަންޓް ބަދަލުކޮށް އަހުލާގީ ކުލަ އަދި މެޑަލް އަތުލުމަށް އެ ބޯޑުން ނިންމިއެވެ.

ނަމަވެސް، ކޮމިޝަނަރ އޮފް ޕޮލިސް ހަމީދު ވަނީ މި މަހުގެ 11 ވަނަ ދުވަހު ޑިސިޕްލިނަރީ ބޯޑުގެ ނިންމުން އިސްތިއުނާފު ކޮމިޓީއަށް ހުށަހަޅުއްވައިފައެވެ.

ފުލުހުން މީޑިއާއަށް މައުލޫމާތުދެއްވަމުން ވިދާޅުވީ، އެމައްސަލަ ކޮމިޝަނަރ އޮފް ޕޮލިސް އިސްތިއުނާފަށް ހުށަހެޅުއްވީ، ފުލުހުންގެ ޑިސިޕްލިނަރީ ބޯޑުން ނިންމި ނިންމުން، މީގެ ކުރިން މިފަދަ މައްސަލަތަކުގައި އަޅާފައިހުރި ފިޔަވަޅުތަކާ އަޅާބަލާއިރު އެކަށީގެންވާ ވަރަށްވުރެ ލުއިކަމަށް ޤަބޫލުފުޅުކުރެއްވޭތީ އަލުން ބަލައިދިނުމަށް ލ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ފިލާވަޅު

    ފުލުހުނަގެ ޕްރޮފެށަނަލިޒަމް ގެއްލިއޖެނަމަ އެމުޖްތަމަޢުއެއް ހަލާކުވެގެންދާ އަދުލު އަދި އިންސާފްވެސް ގެއްލޭނެ މިހާހިސާބުން ގަޢުމެއް ފަސާދަވުމުގެ އަލާމާތް މިފެންނަނީ ކޮރަޕްޝަން އަދި ތަންފީޒީ ތަހުގީގީ އިދާރާތައް ފާލިންނެއްޓުން، ޑިސިޕްލިން ގާއިމް ކުރަން ހަރުކަށި އުސޫޅްތައް އިޙްތިޔާރްކުރަންޖެހޭ އެހެހެންނޫނީ ތަނުގެ ތެރޭގަިއ އޯޑަރގެއްލިދާނެ މިފެންނަނީ އެތަނެއްގައި ބަޣާވާތުގެ ފެށުން އަމުރައް ނުކިޔަމަންވުން ފިޔަަވަޅުއަޅުއްވާ ތަން ހަރުދަނާކުރޭ. މިއިންސްޓިޓިއުޝަންތަކުގެ އިއްޒަތާ ކަރާމާތް ހިފެހެއްޓުމައް ގޮވާލަން ރިވެތި އަޙްލާގުގެ ތެރެއިން ޣާޢޫމީ ވަތަނީ ލޯބި ފުލުހުން އަދި ސިފައިންގައިގާ އެބަޖެހޭ އާލާކުރަން ރަންގަޅު ތަމްރީން ދީގެން

    2
    2
  2. ހެހެހަހާ

    މިގައުމުގަ މިތިބީ ހުސް ކަޑު ކޮހުން ކަމައް އެބުނީ..އެއީ އެހެން ގައުމަކުން އެޅި ފިޔަވަޅެއްހެން ހީވަނީ..ހެހެހހެ

  3. ޙުސޭނު

    ޅުހުންނެއް ކުށެއްނުކުރޭ ވަޒީފާ ނުގެއްލެ އެވެރޮންގެ ސައިކަލުގަ އސްޓިކާއެއް ނުޖަހޭ..މީދެން ބޮޑުވަރު މިވެރިން ސިޓީ ކައުންސޮލްގެ ދަށައް ލާންވީ..ހިނގާފަ ޕެޓްރޯލް ކޮށްގެންނޫނީ ޑިއުޓީގައި ޕެޓްރޯލް ކުރާމީހުން މަގުތަކުން ނުފެންނާނެ..

    1
    1