ރާއްޖެ ޓީވީން ގެނެސްދޭ އެނިމޭޓެޑް ޓޯކްޝޯވ، މާކަނާ ޝޯގައި އަޚުލާގީ މިންގަނޑުތަކާ ޚިލާފު ބަސްތަކާއި އަޑުތައް ފަތުރަމުންދާ ކަމަށް ބުނެ އެކަން ތަކުރާރު ނުކުރުމަށް ބްރޯޑްކާސްޓިންގ ކޮމިޝަނުން އަންގައިފިއެވެ.

މާކަނާ ޝޯއާ ގުޅިގެން އެކޮމިޝަނުން ހިންގި ތަހުގީގު ނިންމައި، ނެރުނު ރިޕޯޓުގައި ވަނީ ރާއްޖެ ޓީވީއިން 19 އެޕްރީލް 2019 އާއި 12 އޭޕްރީލް 2019 އާއި 29 މާރިޗް 2019 އަދި 22 މާރިޗް 2019 ގައި ގެނެސްދިން ‘މާކަނާ ޝޯ’ ގައި “އެ އލތނ”، “ޅއ” މިފަދަ ހުތުރު ބަހުރުވައިން ކޮންޓެންޓު ގެނެސްދީފައިވާކަމާއި އާންމު ގޮތެއްގައިވެސް މާކަނާ ޝޯގައި ހުތުރު ބަހުރުވަ ބޭނުންކުރާކަން ކޮމިޝަނަށް ފާހަގަކުރެވިފައިވާކަމަށެވެ.

މި މައްސަލައާ ގުޅިގެން ޖަވާބުދާރީވުމަށް ރާއްޖެ ޓީވީއަށް ހަތަރު ފަހަރެއްގެ މަތިން ފުރުސަތު ދިން ކަމަށާއި ނަމަވެސް އެ ސްޓޭޝަނުން އެކަމަށް ޖަވާބުދާރީވެފައިނުވާ ކަންވެސް އެ ކޮމިޝަނުގެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

"ރާއްޖެ ޓީވީއިން 19 އެޕްރީލް 2019، 12 އޭޕްރީލް 2019، 29 މާރިޗް 2019 އަދި 22 މާރިޗް 2019 ގައި ގެނެސްދިން ‘މާކަނާ ޝޯ’ ގައި މުޖުތަމައުގައި އާންމުގޮތެއްގައި ބޭނުންކުރެވޭ އަދަބު އަހުލާގީ މިންގަނޑު ހިފެހެއްޓިފައި ނުވާކަމަށް ފެނުނު ހިނދު އަދި އެ ކޮންޓެންޓްގައި އެފަދަ ބަސްތަކާއި އަޑުތައް ތަކުރާރުކޮށް ބްރޯޑްކާސްޓްކޮށްފައިވާކަމަށް ފެނުނު ހިނދު، މިއީ ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްގެ ދެވަނަ ހަމައިގެ (2) ވަނަ ނަންބަރު (އިޖުތިމާއީ މިންގަނޑުތަކަށް ނުފެތޭ ބަސްމަގު އަދި އިޝާރާތްތައް ބޭނުންނުކުރުން) އާ ޚިލާފް ކޮންޓެންޓެއް ކަމަށް ކަނޑައަޅައި،" ބްރޯޑްކާސްޓިން ކޮމިޝަނުން ބުނެފައިވެއެވެ.

މީގެ އިތުރުން އެ ކޮމިޝަނުން ވަނީ ޙަވާލާދީފައިވާ ކޮންޓެންޓް ބްރޯޑްކާސްޓްކުރުމުގެ ސަބަބުން ޤައުމުގެ އިޖުތިމާއީ ފޭރާމަށް ކޮށްފާނޭ ނޭދެވޭ އަސަރުތައް ހުއްޓުވުމަށްޓަކައި ބްރޯޑްކާސްޓްކުރުމުގެ ޤާނޫނާއި، ބްރޯޑްކާސްޓްކުރުމުގެ ގަވާއިދާއި ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސް އާ އެއްގޮތަށް “މާކަނާ ޝޯ” ޕްރޮގްރާމް މީގެ ފަހުން ބްރޯޑްކާސްޓްކުރުމަށް ރާއްޖެ ޓީވީއަށް އަންގާފައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ޖަހަންތީރު

    އިޖްތިމާއީ ފޭރާން މާ ވީދޭ މިތާ ކޮށްފަ ހުންނަ ޖާހިލިއްޔަ ކޮމެންޓް ތަކުންވެސް

    5
    9
  2. އ. ޖ. އ

    ބުރޯ ކީބޯޑް މައްސަލަ ޖެހުނީތަ ވަކި ހިސާބަކުން

  3. ޒަކް

    ޝަހީބު އަދިވެސް ބޭރު ނުކުރޭތަ؟؟ ކޮބާ މިފަހަރު ނުކެރުނު ދޯ ރާއްޖެޓީވީ ޖޫރިމަނާއެއް ކޮއްލާކަށް؟؟

  4. ޝިޢުބު

    ތިކަން ފާހަގަ ވީތީ ޝުކުރު ދަންނަވަން

  5. Anonymous

    މިގައުގައި ތިއްބަވާ ބައެއް ވެރިންގެ ސަބަބުން މިހާ ހަޑިހުތުރުވަބަސްތައް ބޭނުންކުރެމުންދަނީ އެބޭފުޅުން ބޭނުންވަނީ ގައުމު އެއްދުވަހުން އަނެއްދުވަށް ހަލާކުގެ ތެރެއައްވައްޓާލަން އެބޭފުޅުންނަން ދީނަކީ ކިބައިކަންވެސް ނޭގޭ ވިއްޔަ!

  6. Anonymous

    މި މައްސަލައާ ގުޅިގެން ޖަވާބުދާރީވުމަށް ރާއްޖެ ޓީވީއަށް ހަތަރު ފަހަރެއްގެ މަތިން ފުރުސަތު ދިން ކަމަށާއި ނަމަވެސް އެ ސްޓޭޝަނުން އެކަމަށް ޖަވާބުދާރީވެފައިނުވާ ކަންވެސް އެ ކޮމިޝަނުގެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

    އަބަދުވެސް ވަކާލާތު ކުރާނީ އެންމެ ރަގަޅު ކަމަށް ހހެހެ
    ހަމަ ގުއިބުރި ހިކެގެން ގޮސް ހަލާކުވާއިރުވެސް ބޭނުމެއް ނުކުރެވޭ

  7. އަހްމަދު

    އދ އިން ފާސްކުރާ ކަންތައް އިޒްރޭލުން ގަބޫލު ނުކުރާ ފަދައިން ، މިސައުކާރުގެ އެއްވެސް މުއައްސަސާއަކުން ރާއްޖެޓީވީ އާ ދެކޮޅަށް ނެރޭ އެއްވެސް އަމުރަކަށް އަމަލެއް ނުކުރާނެ. ސަބަބަކީ އެއްވެސް ފިޔަވަޅެއް އަޅަން ނުކެރޭނެތީ. އިޒްރޭލާ ދެކޮޅަށްވެސް އދ އިން ފިޔަވަޅުއަޅަން ނުކެރޭފަދައިން.