ރާއްޖެ ޓީވީން ގެނެސްދޭ އެނިމޭޓެޑް ޓޯކްޝޯވ، މާކަނާ ޝޯގައި އަޚުލާގީ މިންގަނޑުތަކާ ޚިލާފު ބަސްތަކާއި އަޑުތައް ފަތުރަމުންދާ ކަމަށް ބުނެ އެކަން ތަކުރާރު ނުކުރުމަށް ބްރޯޑްކާސްޓިންގ ކޮމިޝަނުން އަންގާފައި ވާތީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

ބްރޯޑްކާސްޓިން ކޮމިޝަންގެ ނިންމުމާއި ގުޅިގެން ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މާކަނާ ޝޯވ އަކީ ކުޑަކުދިން ޓީވީ ބަލާ ގަޑީގައި ދައްކާ ޝޯވއަކަށް ނުވެފައި، އެޝޯވ ގައި ބޭނުން ކުރާ ބަސްތައް ބޭނުން ކުރަނ ޝޯވގެ އާއްމު ހަމަގައި ކަމަށާއި އަދި އެފަދަ ޝޯވއެއްގައި ހިފަހައްޓާ އާއްމު ހަމަ ހިފަހައްޓާ ކަމަށް އެމަނިކުފާނު ދެކެވަޑައިގަންނަވާ ކަމަށެވެ. "މީޑިއާ ސެންސަރު ކުރުމުގައި ވަރަށް ވިސްނަން ޖެހޭނެ." ނަޝީދު ވިދާޅުވިއެވެ.

މާކަނާ ޝޯވ ގައި މުޖުތަމައުގައި އާންމުގޮތެއްގައި ބޭނުންކުރެވޭ އަދަބު އަހުލާގީ މިންގަނޑު ހިފެހެއްޓިފައި ނުވާކަމަށް ފެންނަ ކަމަށާއި އަދި އެ ކޮންޓެންޓްގައި އެފަދަ ބަސްތަކާއި އަޑުތައް ތަކުރާރުކޮށް ބްރޯޑްކާސްޓްކޮށްފައިވާތީ މިއީ ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްގެ އިޖުތިމާއީ މިންގަނޑުތަކަށް ނުފެތޭ ބަސްމަގު އަދި އިޝާރާތްތައް ބޭނުންނުކުރުމާއި ބެހޭ މާއްދާ އާއި ޚިލާފް ކޮންޓެންޓެއް ކަމަށް ބްރޯޑްކާސްޓިން ކޮމިޝަނުން ވަނީ ވިދާޅުވެފައެވެ.

އެ ކޮމިޝަނުން ވަނީ މާކަނާ ޝޯވގެ ކޮންޓެންޓް ބްރޯޑްކާސްޓްކުރުމުގެ ސަބަބުން ޤައުމުގެ އިޖުތިމާއީ ފޭރާމަށް ކޮށްފާނޭ ނޭދެވޭ އަސަރުތައް ހުއްޓުވުމަށްޓަކައި ބްރޯޑްކާސްޓްކުރުމުގެ ޤާނޫނާއި، ބްރޯޑްކާސްޓްކުރުމުގެ ގަވާއިދާއި ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސް އާ އެއްގޮތަށް މާކަނާ ޝޯ ޕްރޮގްރާމް މީގެ ފަހުން ބްރޯޑްކާސްޓްކުރުމަށް ރާއްޖެ ޓީވީއަށް އަންގާފައެވެ.

ކިޔުންތެރިންގެ ހިޔާލު

23 ކޮމެންޓް

  1. ސމީ

    މި ނަޝީދު ގެ ބޭނުމކީ ފަސާދަ ކު ރުން .

    68
  2. ގަންޖާބޯ

    މި ލާދީނީ ކަލޭގެ މިތަނުން ޑީޕޯޓް ކޮށްލަބަލަ. މިތާގަ ފިތުން ފަަސާދަ އުފައްދަން ބަހައްޓަން ހެޔޮވާވަރުގެ މީހެއް ނޫން ތީ.
    މުޅި ގައުމު އެބަ ހަލާކު ކުރެއޭ.

    73
  3. ސަސަ

    ތިވާނީ ޔާމިންބުނެގެން އެންގީ ކަމައް..ވަރައްސަލާމް

    7
    49
    • ރައްދޭ

      ބަލަގަ މާކަނާޝޯވގެ ވެރިޔަކީ ޔާމީންކަން ނުދަންނަމުތަ.

  4. މަބޭ

    ކޮންމެ ދުވަހަކު މީޑިޔާގެ ސު ރުހީން ޖާގަހޯދުމުގެ ބޮޅެއް އިތު ރުކޮއްލި ބޮޅެއް

    58
  5. ދޮގެއް؟

    މަވެސް ކަންބޮޑުވެއްޖެ. މާކަނާޝޯގަ ކިޔާ އެއްޗިއްސަށްވުރެ މާ ހަޑިހުތުރު ވާހަކަ ރާޓީވީ ގަނޑުން ޚަބަރުގެ ނަމުގައާއި ރިޕޯޓުގެ ނަމުގަ ގެނެސްދޭ ކުރު ވާހަކަ ޕްރޮގްރާމުތަކުގަވެސް ކިޔާ ވިއްޔަ. އިސްލާމީ މުޖުތަމައެއްގަ ފަތުރަން ހެޔޮވާވަރު ވާހަކަ ދައްކާ ބައެއް ނޫން އެއީ. އެފުރުސަތު އެމީހުނަށް ދީގެން ތިބޭ ބަޔަކުވެސް ފާފަވެރިވާނެ.

    67
  6. މާތާހިރުވާނެ!

    ބޭއަދަބީޔޭ، އެމް އެމް ޕީރސީއިން މާޅާލި ފައިސާގެ ވާހަކަ ދެއްކިޔާ މާތާހިރުވާނެ! ؟

    4
    56
  7. ކޮރު

    އާނ. ރާއްޖޭގެ ރައްޔިތުން، ހާއްސަކޮށް ޒުވާނުންގެ ބަސްމަގު ހުންނަންޖެހޭނީ އަންނި ބުނާހެން މުޑުދާރުކޮށް. ނުބައި ހުރިހާ ބަހެއް ބޭނުން ކުރެވެންޖެހޭނެ، ކުރަންވެސް ޖެހޭނެ. މިސަރުކާރުގައި އަހުލާގަކީ ބޭކާރު އެއްޗެއް.

    67
    1
  8. އައިސާފާނު

    މީ ދޯ އެބުނާ އަނދިޜި ދައުލަތް...މި ޖީިލު ގެ އަނދިޜި އަނދިޜިން

    60
  9. ހުސައިން

    އަދިރި ދައުލަތުގެ ރައީސް ކޮންމެ ދުވަހަކު ރައްޔިތުން ވާވައްދަން ކޮންމެވެސް މޮޅުވާހަކައެއް އެބަދައްކާ މީނައަށް ހެޔޮވިސްނުން ދެއްވާތޯﷲގެ ހަޒްރަތުގައި ދިވެހި ރައްޔިތުން ދުޢާކުރަން ވެއްޖެ ނޫންތޯ ؟

    41
  10. Anonymous

    ކަލޯ ލާދީނީ މުރުތައްދު ނަޝީދު ހިނދުކޮޅުގަތަ

    34
  11. މާކަނާ ހަލީގެ ވެރިޔަާ

    މި ބޭބެ އަށް ބޭއަދަބީ ކަންކަންވެސް އެގޭތަ ފިރިފުރަާވަރުގައިޖަލު ގޮޅީގައި އޮންނަން ޖެހުނީމަ އެސޮރަށް އަބަދު މިހާރު ކޮސްގޮވެނީ

    31
  12. 1111

    ކުޑަކުދިންވީމަ ބޭއަދަބީބަސް ބޭނުން ކުރުން މަނާ ވެފަ، ބޮޑެތިިވީމަ ބޭއަދީ ބަސްބަހާއި ބޭއަދަބީ ކަންކަން ހުއްދަވަނީތޯ؟ މިފަދަ ފިކުރުތަކުގެ ސަބަބުންތާ މުޅިި ޤައުމުގެ އިިިޖްތިމާއީ އަދިި އަޚްލާޤީ ފޭރަނ ވީދީ ޅަދަރީންނަށްދާންދެން ހަޔާތްކެނޑެމުންދަނީ! އެއީތޯ ތިބުނުއްވާ ތާހިރު ދިރިއުޅުމަކީ؟ ނިކަން ރީއްޗެއްނު؟ތާހިރެއްނު؟

    34
  13. ބޮއްކޮއްކޮބޭ

    މުޅި އޮޑީގަހަސަނުގެ ދެފައި،ދެރަކަމެއްނު

    26
  14. ނުރަބޯ

    ހެދުން ނާޅާ ބަރަހަނާވެގެން އުޅުން އެއީވެސް ނަޝީދު އެދޭ ގޮތެއް ނޫންތޯ؟ އެކަމަކު އެއީ ހަމަ ކަމެކޭ ނުބުނެވޭނެ ނޫންތޯ؟ މާކަނާ ޝޯވ ގައި އޮންނަނީ މަލާމާތް ކުރުމާ ފުރައްސާރަކުރުމާ އަބުރާބެހުން.

  15. ހުސޭނު

    މިި ނޫނަސް ރައްޔިތުންގެ މަޖިލީހުގަ ރައީސުންތިބި.. އެކަމަކު މިވަރުކަމެއް ހަމަ ނުދެކެން.. ހީވަނީ ހަމަ ރަވަބޮއްޔެއްހެން.. ބެހެން އެގޭ ކަމެއްނެތް.. އެކަމު ނުބެހިވާ އެއްކަމެއްވެސް ނެތް..

  16. ނަމަ

    ނަޝީދު ކަންބޮޑުވާނެތާ އޭނަ އަކީ ވަކަރުގޭ ކުއްޖެއެއްވީމަ ބޭއަދަބީ ބަހުން ވާހަކަ ދެއްކީމަ ނޫނީ ނޭގޭނެ ވިއްޔަ

  17. ޒާ

    އަންހެނަނު ނަހަލާލަށް ވިއެއިތީ އެކަމަށް ނަޝީދު ބާރު އަޅައިވާހަކަ ދެއްކި. އަންހެނަކު ޑްރަގާއެކު ހައްޔަރު ކުރުމުން އެކަން ހައްޔަރު ކުރުން ކުށްވެރިކޮށް ވާހަކަދެއްކި. އިސްލާމް ދީނުގައި މަނާވެފައިވާ ކަންކަން މަނާވެފައިވާތީ އެކަން ކުށްވެރިކޮށް ވާހަކަ ދެއްކި. ނަޝީދު މި ކުރަނީ ކޮން ކަމެއްތޯ މި އިސްލާމީ ގައުމުގެ ރައްޔިތުން އަދިވެސް ވިސްނާލަން ނުވޭބާއޭ ހިތަށް އަރާ.

  18. ޖާޒީރާ ބޯއީ

    ކޮންމެ ކަމަކަށް ނިމުން އަންނަނީ، އޮންނަ ހަމަޔަށް އެކަން ނިންމަނީ، މިބީދައިން މިކަމަށްވެސް ނިމުން އަންނާނެ. ނަޝީދު ބޭނުންފުޅެއް ނުވޭ މިގައުމުގައި އިސްލާމް ދީންނޫން އެހެންދީނެއް އޮތުމަކަށް އޭނާ ބޭނުންވަނީ އިސްލާމް ދީނާ ހިލާފަށް އުޅޭ މުސްލިމުން ތަކެއް މިގައުމުގައި ވުމަށް.

  19. މޯދީ

    އަބޫޖަހުލު ބޭނުންވަނީ ބޮވޭނެ އޭ ބޮވެން ވާނެއޭ ކިޔައި މަސްތުވާރަކެތި ޢާއްމުކޮށް ހަޑިހުތުރު ބަހުން ވާހަކަ ދައްކާ ޖީލެއް މިތާ އޮންނަން. އޭރުން ޒަމާންތަކަކަށް ވެރިކަމުގައި ބަގުޑި ބައްދައިގެން އޮވެވޭނެ ނުން. ޔާ ﷲ މިކަލޭގެ ނިމުން އަވަސް ކުރައްވައި މިގައުމު ސަލާމަތް ކުރައްވާދޭވެ.

  20. ޢަހްމަދު

    ނަޝީދު ދެކޭގޮތަށް ރާއްޖޭގެ ހުރިހާކަމެއް ހުންނާކަށް ނުޖެހޭ. މިކަލޭގެ ގެ ނުފޫޒުން އެއްކިބާވެ ތިއްބެވުމަށް އެއްމެހާ މުއަސްއަސާ ތަކަށް ގޮވާލަން. ތިޔަބޭފުޅުންގެ ޒިންމާތަކާ ވާޖިބުތައް ތިޔަބޭފުޅުންނަށް އެގިވަޑައިގަންނަވާނެ.
    ގައުމަށް އިޚްލާސްތެރިވުންމަތީ ދެމިތިއްބަވާ. އަމިއްލަ ނަފުސުގެ އަގު ވެއްޔާ މޮޑެނުލަށްވާ.

  21. ނާސިރު

    މީނަގެ ބަލާވެރިކަން ހާދަބޮޑޭ ؟؟؟

  22. މުހައްމާ

    ނަޝީދު ކަލޭގެ ބަލާވެރިކަން މިހާރު ބޮޑުވެ ހައްދުން ނެއްޓިއްގެ. ކަލެއަށް ކަމަކަށްނުވާނެ. ކަލެއާ އިބޫގެ ދަރިން ދިރިއުޅެނީ އިގިރޭސިވިލަތުގަވިއްޔާ.. ތަންކޮޅެއްބޮޑުވަރުދޯ؟