މިއަދު މަރަދޫ ލިންކު ރޯޑުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓަށް ފަހު ދެވަނަ ސައިކަލުގައި ތިބި މީހުން އެސަރަހައްދުން ފިލުމަށް ފަހު ލިބުނު އަނިޔާތަކަށް ފަރުވާ ހޯދަން ހޮސްޕިޓަލަށް ދިއުމުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

ފުލުހުން ވިދާޅުވީ ސައިކަލު ދުއްވަން ހުރީ 17 އަހަރުގެ ކުޑަ ކުއްޖެއް ކަމަށާއި އޭނާގެ އަތުގައި ލައިސެންސެއް ވެސް ނެތް ކަމަށެވެ. ހޮސްޕިޓަލަށް ފަރުވާ ހޯދަން ދިއުމުން މިހާރު އޭނާ ހުރިީ ފުލުހުންގެ ބެލުމުގެ ދަށުގައިކަން ފުލުހުން ކަށަވަރު ކޮށްދެއެވެ. ނަމަވެސް އޭނާއަށް ވެސް ހޮސްޕިޓަލުގައި ފަރުވާ ދެވެމުންނެވެ.

މިހާދިސާގައި ބޮޑަށް އަނިޔާވެފައިވަނީ އުމުރުން 55 އަހަރުގެ މީހަކަށެވެ. އޭނާއަށް ފަރުވާ ދެމުން ދަނީ އައިސީޔޫގައެވެ.

ފުލުހުން ވިދާޅުވީ، މަރަދޫގައި ދެ ސައިކަލެއްޖެހި އެކްސިޑެންޓެއް ހިނގީ މިއަދު ހަވީރު، 5:55 އެހާކަންހާއިރު ކަމަށެެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ބުރޯ

    އެކްސީޑެންޓް ވާން މެދުވެރިވާ ސަބަބަކީ ޒުވާނުން ގަވާއިދަށް އިހުތިރާމްނުކުރުން .ދުވަސްވާމީހުން ގަވައިދަށް އިހުތިރާމްކުރުމުން ލަނޑުލިބެނީ .ގަވައިދުގަ އޮންނަނީ އުޅަނދުގެ ކުރިއަރަންވާނީ ކުރި ހުންނަ އުލަނދުން ތަންދިނުމުން ކަނާތް ފަރާތުންކަމަށް މިހާރު އޯވަރޓޭކްކުރަންވެސް ކަނާތެއްވާތެއް ނުގެންގުޅޭ ކުރީގަ ހުންނަމީހާއަށް ޖައްސަންޖެހޭފަރާތެއްނޭގޭ ފަރާތަކަށްޖެހިލައިފިނަމަ ދާންމިޖެހެނީ ސަހަރާ އަށް. ވީމާ ދުއްވުމުގާ ގަވާއިދަށް އަހުލުވެރި ކުރުވަން އެބަޖެހޭ އަލުންގަވާއިދު އެކުލަވާލާ އެގަވާއިދުން ނޫންގޮތަކަށް ދުއްވާފަރާތްތަކާމެދު ފިޔަވަޅު އަޅަންއެބަޖެހޭ .އެކްސީޑެންޓް ހުންޓުވަން ބޭނޫންވޭ.