ޣިޔާސުއްދީން ސުކޫލުގެ ސްޓޫޑެންޓް އެޗީވްމަންޓް އެވޯޑް ދިނުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ކުރީގެ ރައީސް މުހައްމަދު ނަޝީދު ޒިޔާރަތްތަކުގައި ދިދަ ޖަހައި، ނަދުރު ބުނުން އެއީ ވެސް ގައުމިއްޔަތު ކަމަށް ވިދާޅުވެ، އަދި އެގައުމިއްޔަތު ބަދަލުކުރުމާއި ދެކޮޅަށް އެމަނިކުފާނު ވާހަކަފުޅު ދެއްކެވި ވީޑިއޯ އާއްމުވުމުން އަނެއްކާވެސް ފާޑުކިޔުން އަމާޒުވެއްޖެއެވެ.

ނަޝީދު ވިދާޅުވީ އަޅުގަނޑުމެން އައީ ގަބުރުސްތާންތަކާއި، މިސްކިތްތަކާއި، ޒިޔާރާތްތައް ވަރަށް ރަނގަޅަށް ބަލަހައްޓަމުން ކަމަށެވެ. "ޒީނަތްތެރިކޮށް ބަލަހައްޓާ، ދޮންވެލިލާ، ނަދުރު ބުނެ، އެއީ މާތް ތަންތަން ގޮތުގައި އަޅުގަނޑުމެން އައީ ދެކެމުން." ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ އަޅުގަނޑުމެން ބޮޑުފުޅުވެގެން އައިއިރު ބޮޑުތަކުރުފާނު ޒިޔާރަތަށާއި، މެދު ޒިޔާރަތައް ހަމްދު ނާޅައި ހިނގައްޖެނަމަ ބޮޑު މުސީބާތެއް ދިމާވެދާނެ ކަމަށް ހީކުރެވޭ ކަމަށެވެ.

"އެއީ އެކި ކަންކަމާއި ގުޅިގެން ގަބޫލު ކުރެވިފައި ހުންނަ ގަބޫލު ކުރެވުންތަކެއް. ފަހަކަށް އައިސް މިދެންނެވި ގައުމިއްޔަތު ބަދަލު ކުރާން ވެގެން، ފޮހެލާން ވެގެން ވަރަށް ބޮޑު މަސައްކަތެއް މިދެންނެވި ވިއްސަކަށް ތިރީހަކަށް އަހަރު ކުރެވިއްޖެ. އެންމެ ބޮޑަށް ކުރެވުނު މަސައްކަތަކީ މިސްކިތްތައް ތަޅާލުން، ގަބުރުސްތާނުތައް ތަޅާލުން، ޒިޔާރަތްތައް ތަޅާލުން." ނަޝީދު ވިދާޅުވިއެވެ.

ޣިޔާސުއްދީން ސުކޫލުގެ ސްޓޫޑެންޓް އެޗީވްމަންޓް އެވޯޑް ދިނުމުގެ ރަސްމިއްޔާތުގައި ބުރުގާ އެޅުމަކީ އެހެން ގޮތެއް ކަމަށް ވިދާޅުވެ، ބުރުގާ އެޅުމާއި ދެކޮޅުކަން ދޭހަވާ ފަދަ އިބާރާތަކުން ނަޝީދު ވާހަކަފުޅު ދެއްކެވުމުން ވެސް ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

މީގެ ކުރިން ނަޝީދު ދައްކަވާ މިބާވަތުގެ ވާހަފުޅުތަކާއި ގުޅިގެން ފާޑުކިޔުންތައް އަމާޒުވުމުން ބައެއް ފަހަރު މަޢާފަށް އެދިވަޑައިގެންނެވި ނަމަވެސް ޣިޔާސުއްދީން ސުކޫލުގެ ސްޓޫޑެންޓް އެޗީވްމަންޓް އެވޯޑް ދިނުމުގެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅަށް ކުރިމަތިވި ފާޑުކިޔުންތައް އިޝާރާތްކުރައްވާ އެމަނިކުފާނު އަދި އެއްވެސް އެއްޗެއް ވިދާޅެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

33 ކޮމެންޓް

 1. ސައްދާމް

  މާތްﷲ މިގައުމު ސަލާމަތް ކަންމަތީ ލަހައްޓަވާށި. އާމީން.

  101
  • ދދދދދދ

   ދިވެހި އަތާތުރުކު މަރާލުން ހެޔޮކަން ބޮޑޭ ބުނެފިއްޔާ ގޯހެއްތަ

 2. އެމީހާ

  އަދިވެސް އަޑުގައިހުރިބާރެއްލާފާވެސް ބުނަންވީ މީނައަކީ ހަމަ މުސެލިމެކޭތަ. މިހާރު ފުދިއްޖެ..ދެންއިތުރަށް ބޭނުމެއްނޫން.

  91
  2
  • ރުޒާނާޗޮއްޕަޓު

   ކުރީޒަމާނުގަ 14، 15 އަހަރު ވާއިރުވެސް "ލިބާސް ލައްވަންދެން" އަންހެންކުދިން ތިބެނީ ކަނޑިކިބުރިއާ އެކަނި ކަމަށްވޭ އެވެސް ގައުމިއްޔަތު. ކަލޭގެ އަންހެންދަރިން އަދި އެ އުސޫލުން ލިބާސް ނުލައްވަމެއްނު. އަމަށުން ބައިތިއްބަންވީނު. މިހިރަ އެއްޗެއް ދޯ.

 3. ޓްރޭސް

  ރަށްރަށުގެ އަތިރިމަތީ ބަރިއަކަށް ތިބެ ޤަޟާޙާޖާ ކުރުންއެސް އެއީ ޤައުމިއްޔަތު ދޯ؟ ނޫނޭ ވާ ސާބަސް!

  93
 4. ފަރިހިބޭ

  ބަލަ ދޮންކަލޯ އެއީ ޝިރުކް ކުރުން ކުރިީގައި މީހުން އެތަންތަނަށް މާތް ކޮން ހިތީ ނޭގޭތީ މުސްކުޅިވެރިން ހީކުރީ އެއީ މުގައްދަސް ތަންތަން ކަމަށް ޝޭހް އުޘްމާނުބެ އަށް އަޅުގަޑު ޝުކުރު އަދަާކުރަން އަޅުގަޑުގެ ގަާތްމީހަކަށް ހައްގު ގޮތް އޮޅުން ފިލުވައި ދިނީތީ. މަގަާންފުޅު ވަށްޓަާލި ކުޑަކުދިންކޮޅަށް ހިތުގެ ފުންމިނުން ޝުކުރިއްޔަާ .މީގެ 30އަހަރު ކުރިން އެތަންތަން ވަށްޓާނުލިނަމަ އަންނި ކަލެޭގެ އެތަންތަން އަޅުކަންކުރެވޭ ތަންތަނަށް ހެދީސް ކުޑަކުދިންކޮޅުގެ ޝެޭހް އެދުރުބެ އަށް މަަާތްﷲ ރަހްމަތްލައްވާ ސުވަރުގެ ދެއްވުމަށް ދުއަާ ކުރަން

  75
  2
 5. އަޙްމަދު

  ނަދުރުގެ ވެސް ހުރޭ ރަނގަޅު ގޮތްތައް އެއީމިސާލަކަށް: ބަލިން ސަލަމަތް ވުމަށް އެދި ދެންނެވުމަށް ނަދުރަކަށް 3 ދުވަހު ރޯދަހިފުން. އެކަމަކު ޒިޔާރަތަށް ބޮލިލާ ސާފްކުރަން ނަދުރު ބުނުމަކީ ޝީރުކު! ނޭނގޭ ކަމަށް ވަންޏާ ހުސެއިން ރަޝީދު ކާރިން އޮޅުން ފިލުވާލަބަލަ! އެރުން ފަހެއްރެއްގާއި ސިޔާސީ ގޮތުން ތިބޭފޫޅާ އެދޭފަދަ ޖަވާބެއް ލިބިދާނެ!

  78
  2
 6. ހުދުހުދު

  ތީ ކުފުރު ވެފަ ހުރި މުރުތައްދެއް

  77
  1
  • ކަނީރު

   ކަލެއަށް ނިންމޭތަ އެކަން.

   9
   5
   • ކެކެކެ

    ދެން ކާކަށްތަ ނިންމެނީ؟ ވަރަށް އަސަރު ކޮށްފިއެއްނު. ހަމަ މުރުތައްދެއް އެއީ. ފުފޭނެ ވަރަކަށް ފުފޭ.

 7. ބަރުގޮނު

  މަޖްލީހުގެ ރައީސް ނަޝީދާ ކާށިދޫ ދާއިރާ ގެ ޖާބިރަކީ މަޖްލީހުގެ ދެ ޖޯކަރުން.. ތާކުންތާކު ނުޖެހޭ މޮޔަ ގޮވާ ދެމީހުން.. ޓަކިޓަކި ބުންބުން.. ޓަކިޓަކިބުންބުން..

  46
 8. މަގޭ ޚިޔާލު

  އިސްލާމްކަމުން ކާފިރުކަމަށް ދާނަންހޭ؟ ނުދާނަމޭ!
  މިނިވަންކަމުން އަޅުވެތިކަމަށް ދާނަންހޭ؟ ނުދާނަމޭ!
  ފިނި ހިޔަލަކުން ގަދަ ހޫނަކަށް ދާނަންހޭ؟ ނުދާނަމޭ!

  42
 9. ދޮންބެ

  މިކަލޭގެ ނޫނީ މެރިޓައިމްސުޓަޑީސް ހަދައިގެން ޕޯޑިއަމްތަކުގައި ދީނީ ވައުޒު ވިދާޅުވާ މީހަކު ނުދެކެން.

  41
 10. ހަސަންބެ

  މިކަލޭގެ ހިފާހައްޔަރު ކުރުމުގެ ދުވަސް މިއޮއްގެން ކުޑަތަންވަނީއެވެ.

  39
 11. އިބޫ ބެ

  މީ މިގައުމައް ދިމާވެފައޮތް ބޮޑު މުސީބާތެއް. މިނަސީދަކީ. މިގައުމުގެ ހުރިހާ ޒުވާނުން ހަލާކުކޮއްފި މިކަލޭގެ. މީނާގެ ކިބައިން މިގައުމު ސަލާމަތް ކުރައްވާންދޭވެ. އާނމީން

  39
 12. ބޮއިކަޓް ޢަލީ

  އަމާ ބުނީތީ ފަރަށް

  22
 13. އައިޝާ

  މިކަލޭގެ އަނގަ ބަންދު ވާނެ ގޮތެއް ނެތްތަ؟
  މާތްﷲ މީނާގެ ކިބައިން މި ޤައުމު ސަލާމަތް ކުރައްވާންދޭވެ. އާމީން.

  43
 14. ނަމަ

  ނަޝީދު ގަބޫލުކުރައްވާ ނަދުރު ބޮޑި ހިފައިގެން ދާންވީނު ނަޝީދު ގެ ބަސް ގަބޫލުކުރާ ބައެއްގެ ކައިރިއަށް

  30
  • އަހްމަދުބިންސައީދު

   ނަޝީދު އެވާހަކަތއް އެދައްކަނީ ނަޝީދުގެ ބަސް ގަބޫލުކުރާ މީހުންގެ ކައިރީގައޭ. މިރާއްޖޭގެ މީހުންނަކީ އޭނާގެބަސް ގަބޫލުލުކާމީހުންނޭ. ނަޝީދު ކޮންމެވާހަކައެއްދެއްކިއަސް ބަހެއްބުނަން ކެރޭނެ އެއްވެސް މުއައްސަސާއެއްނެތް. އަންހެނުންހެދުން އެޅުމާ ބެހޭގޮތުންވެސް އަންހެނުންނަށް ފަނޑިޔާރުކަން ދިނުމާބެހެގޮތުންވެސް މީސްތަކުން ކަންބޮޑުކަން ފާޅުކުރިއިވެސް އިސްލާމިކް މިނިސްޓްރީންވެސް އަދި އިސްލާމިކް މިނިސްޓަރުވެސް ބަހެއްނުބުނޭ. ރަނގަޅޭ ވެސް ނުރަނގަޅޭވެސް. އެއްޗެއް ބުނަނީވެސް އެކިއެކި އިލްމުވެރިން. އެހެންވީމާ ނަޝީދު ހިތަށްއެރިވާހަކައެއް ދައްކަންވީ. ދީނެއް ސީނެއް ބަލާނެކަމެއްނެތް.

   10
   1
 15. ނަޖީބު އައްބާސް

  ބަލަ ކޮބައި މައްސަލަޔަކީ ރާއްޖޭގަ އުފެދުނު އެންމެމޮޅު ދީނީއިލުމުވެރިޔާ ޑރ އަފުރާސީމު ބުނެފަ އެބޮތް މަރުވެފަތިބޭ މާތް ބޭޅުން މެދުވެރިކޮއް ނަދުރު ބުނެވޭނެ ވާހަކަ ދޮގެއްހެން ހީވަންޏަާ ޔޫޓިއުބުބަލާބަލަ! އެމިހަކުއިބާރުރާ ދީއިލުމުވެޔެއްގެ ބަސްގަބޫލު ކުރެވޭނީ އަޅުގަނޑު ގަބޫލުކުރާ ހަމަ އެކަނި ދީނީ އިލުމު ވެރިޔަކީ އަފުރާސީމް

  5
  29
  • ރަޝްފާ

   ނަޖީބު އައްބާސް އަށް ދަންނަވަލަން އަފްރާޝިމް އަވަހާރަކޮށްލިރޭ ޓީވީމޯލްޑިވްސް އިން ގެނެސްދިން ދީނ ި ޕްރޮގްރަމެއްގަ އަފްރާޝިމް ވަނި އޭނާދައްކާފައި ހުރި އެޒާތުގެ ވަހަކަތަކަށް ( މަރުވެފަތިބޭ މާތް ބޭޅުން މެދުވެރިކޮއް ނަދުރު ބުނެވޭނެ ވާހަކަ ) މަޢާފަށް އެދިފަ އެހެންވީމަ އެވާހަކަތަކަކީ ކަމުދާ ވާހަކަތަކެއް ނޫނެއްނު

  • ކިނބޫފެކްޝަން

   އަފްރާޝީމު ވިދާޅެއް ނުވޭ އެހެނެއް. ކަލޭ ތިވަރު ބޮޑު ބަދުނާމު ތުހުމަތު ތިއަޅުވަނީ ޝަހީދު ކޮށްލެވިފައިވާ ދީނީ އިލްމުވެރިއަކަށް. ކަލޭގެ ހުރި ނުބައިކަމާއެ. އޭ ގަންޖާ ނަޓޭ. ކަލޭ ޒާތްޒާތު ނަންނަމުގަ ކޮމެންޓްވެސް ކުރަނީތަ؟

 16. ރުކުރާ. ބޯންވީ

  ތީ މުރު ތައްދުވެފަވާ މީހެއް މިހާރު ލާދީނީ ނަސީދަކީ. މުހަމްމަދު ކުރިޔަތް ލައިގެން ކިޔަން ދެރަވެސްވޭ. މިކަލޭގެއައް

  29
 17. ކެނެޑީ

  ވަލީވެރިންގެ އަދި ނަބިއްޔުންގެ ޒިޔާރަތަށްގޮސް ޝަރުޢީ ތަވައްސުލް ކުރުމަކީ ހުއްދަ ކަމެއް ސުންނީ 4 މަޒްހަބުގަ

  4
  16
 18. ޙަސަން

  އެމް.ޑީ.ޕީ.މިފަހަރު ވެސް ވެއްޓޭނީ އަންނީގެ ސަބަބުން.

  35
 19. ބެއްޔަހުއްތު

  މަ ހަމަ އަންތަރީސް ވެއްޖެ

 20. މިއަދު

  މިފަދަގޮތްގޮތަށްވާހަކަދައްކާމީހުން ޖަލްސާތައް ޝަރަފްވެރިކުރުމަށް ގެންދިއުންމަނާކުރާ ޤާނޫނެއް ހަދަންފެނޭ

 21. މިއަދު

  ނަޝީދު ބޮޑުފުޅުވިއިރަށްވުރެ މިއަދު މަދުވީ ކިތައްމިސްކިތްތޯ އަދި ކިތައް ގަބުރުސްތާނުތޯ ބުނެދީފާނަންތަ

 22. Anonymous

  މިމުރުތައްދު ލާދީނީ ގަންޖާބޯ އަކައް އިސްލާމްދީނެއް ނޭގޭނެތާ ނުކިޔާވާ ހުރި އެއްޗެވީމަ. ބިދުޢާ އާޢި ހުރާފާތްތަކާއި ޝިރުކާއި ކުފުރު ވަކިކުރަން ނޭގޭ ޖާހިލެއް

  11
 23. ޢަލީ

  މިފެންނަ ކަންކަމަކީ ދުރާލާ ރާވައިގެން ހިންގާ ކަމެއް ބޭނުމަކީ، މިޤައުމުން އިސްލާމްދީން ފުހެލުން ނުވަތަ އިސްލާމްދީނުގެ އަގުވައްޓާލުން. ކޮންމެދުވަހަކު މިކަހަލަ ކޮންމެވެސް ވަހަކައެއް މިކަލޭގެ ނޫނީ މީނާއާގުޅުންހުރި ކޮންމެވެސްމީހަކު އެބަދައްކާ، މިކަން މިމަގުންދާކަމަށް ވަންޏާ ދުވަސްކޮޅަކުން މިއީ މާބޮޑުކަމަކަށްނުވެ، މިމީހުންގެ ވާހަކަތައް މީހުން ގަބޫލުކުރަން ފަށާ އަދި އެގޮތަށް އުޅެން ފަށާނެ، ދެރަކަމަކީ މިރާއްޖޭގެ އިސްލާމިކް މިނިސްޓްރީއެއް ނެތްކަން. އަދި ވަލިއްޔުލް އަމުރެއްވެސް ނެތްކަން.

  10
 24. ޢަދުރޭ

  ރާއްޖެ .. އިސްލާމް .. ކުރެއްވި .. ބޭކަލެއްގެ ..މަހާނަ .. ނުވަތަ .. މަޤްބަރާ .. ފެނުމުން .. އެ ނިޢުމަތް . . އެ ބޭކަލު މެދުވެރި ވެގެން .. ﷲ ..ދެއްވި .. ކަމަށްޓަކާ .. ﷲ އަށް .. ޙަމްދު ..ކުރުން .. އެއީ .. ޝިރްކެއް .. ނޫން .. ނަދުރެއް .. ނުބުނެވޭނެ .. ﷲ . އަށް .. މެނުވީ ... ނަދުރަކީ..އަޅުކަމެއް ..މަޤްބަރާ ގައި .. އޮންނެވި .. ބޭކަލަކަށް .. ހެޔޮ ދުޢާ ..ކޮށް ދިނުމަށް...ނޫނީ .. ސަލަވާތް ..ފާތިހާ .. ކިއަވައި ..ދިނުމަށް ﷲ އަށް ..ނަދުރު..ބުނެވިދާނެ . ..ސަބަބަކީ ..ސަލަވާތް ފާތިހާ ..ކިއަވާފައި . ﷲ ..ގެ ޙަޒްރަތުން .. އެ ބޭކަލަކަށް .. މަތިވެރިކަމާ .. ފާފަ ފުއްސެވުން . .. އެދެވޭތީ ... މިއާ .. ޚިލާފަށް .. އެ ބޭކަލެއްގެ .. ކިބައިން . .. މަދަދު .. އެދިއްޖެ ..ނަމަ .. އެއީ ..ޝިރްކެއް . ..

 25. ޯޮސތ

  އެއްކަލަ ޖުހާދޯމިއުޅެނިީ އުޑެއްބުޑެއް ނުދަންނަ ގަމާރު ތާއަބަދަށް ހިނދުކޮޅު ހުރީމަ ރައްޔަތުމީހާ ހިތްހަމަޖެހޭނެ

  1
  1
 26. ހުސޭނުބޭ

  މިވަރުން ދަންޏާ މީނާ ބުނެފާނެ ތިމަންނާއަކީ އެ ޤައުމިއްޔަތުން ކަނޑުފެއްތި ރަންނަމާރިއޭވެސް!