ގްރޭޓާ މާލެ މަޝްރޫޢުގެ ދަށުން މާލެ އިން ފެށިގެން ތިލަފުއްޓާއި ހަމައަށް ބުރިޖަކުން ގުޅާލުމުގެ މަޝްރޫއާއި އައްޑޫ ސިޓީގެ ތަރައްގީގެ މަޝްރޫތަކަށް ފަންޑުކުރުމަށް އަބޫދާބީ ފަންޑް ފޯރ ޑިވެލޮޕްމަންޓް (އޭޑީއެފްޑީ) އިން ޝައުގުވެރިކަން ފާޅުކޮށްފިއެވެ.

އޯއައިސީގެ ކުއްލި ބައްދަލުވުމަކަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ހޮނިހިރު ދުވަހުގެ ރޭ ސައުދީ އަރަބިއްޔާއަށް ވަޑައިގެންނެވުމަށްފަހު، އިއްޔެ ވަނީ ޔޫއޭއީގެ އަބޫދާބީއަށް ވަޑައިގެން އަބޫދާބީ ފަންޑް ފޯރ ޑިވެލޮޕްމަންޓްގެ ޑިރެކްޓަރ ޖެނެރަލް މުހައްމަދު ސައިފް އަލް ސުވައިދީއާ ބައްދަލު ކުރައްވާފައެވެ.

ފޮރިން މިނިސްޓަރު ޝާހިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ިރެކްޓަރ ޖެނެރަލް މުހައްމަދު ސައިފް އަލް ސުވައިދީއާ އެކު ބޭއްވެވި ބައްދަލުވުން ވަރަށް ޕޮޒިޓިވް ކަމަށެވެ.

ދިވެހިރާއްޖެއިން ޔޫއޭއީއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޑރ.ހުސައިން ނިޔާޒް މިއަދު ވިދާޅުވީ އޭޑީއެފްޑީގެ ޑިރެކްޓަރ ޖެނެރަލާއި އެކު މިނިސްޓަރު ބޭއްވެވި ބައްދަލުކުރެއްވުމުގައި، މިނިސްޓަރު ވަނީ ސަރުކާރުން ހިންގުމަށް ރާވާފައިވާ ބައެއް މަޝްރޫއުތަކާ ބެހޭގޮތުން މަޝްވަރާ ކުރައްވާފައި ކަމަށެވެ.

އޭގެ ތެރެއިން، ގްރޭޓާ މާލޭގެ ރަށްތައް ގުޅާލުމުގެ މަޝްރޫއާއި އައްޑޫ ސިޓީގެ ތަރައްގީގެ މަޝްރޫއު ހިންގުމަށް އަބޫދާބީ ފަންޑުން ފައިސާ ހޯދުމަށް އެދިފައިވާ ކަމަށާއި، އެކަމަށް އެ ފަންޑުން ޝައުގުވެރިވާކަން ހާމަކުރިކަމަށް ސަފީރު ނިޔާޒް ވިދާޅުވިއެވެ.

މާލެ، ވިލިމާލެ، ގުޅީފަޅު އަދި ތިލަފުށި ބްރިޖުތަކަކުން ގުޅާލުމުގެ މަޝްރޫއު ޖޫން މަހު އޮތް މޯލްޑިވްސް ޕާޓްނަޝިޕް ފޯރަމަށް ސަރުކާރުން ހުށަހެޅިއެވެ. އަދި އެ މަޝްރޫޢުއަށް ފަންޑް ހަމަޖެހިފައެއް ނުވެއެވެ. ނަމަވެސް ރައީސް ޞާލިހް ވަނީ މި މަޝްރޫއުގެ އަމަލީ މަސައްކަތް އަންނަ ފެބްރުއަރީ މަހު ފަށާނެ ކަމަށް ވިދާޅުވެފައެވެ.

އައްޑޫގެ ތަރައްޤީގެ މަޝްރޫޢުތަކާއި ބެހޭ ގޮތުން އަބޫދާބީ ފަންޑާއި އެކު ސަރުކާރުން މަޝްވަރާކުރިއިރު އައްޑޫގެ ތަރައްޤީގެ މަޝްރޫޢުތަކަށް 400 މިލިއަން ޑޮލަރު ދޭން އިންޑިއާ ސަރުކާރުން ކުރިން އޮތީ ވައުދު ވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

  1. ޖާޒީރާ ބޯއީ

    މަމިކިޔަނީ ތިޔަ އިންޑިޔާ ފަހަތުންދުވެގެނެއް އެއްކަމެއްވެސް ނުވާނެޔޭ ވެފައެއްވެސް ނެތް. މިނިސްޓާ ޝާހިދުވަރެއްނެތް. އެކަމަކު ގައުމެއްވެސް ނެތް.

    40
    3
  2. ލާބަ

    ކިވެތަ ބު ރިޖު ތިކިޔަނީ. ކޮޒުވޭ ކިޔާބަލަ.

    38
    3
  3. ގައްބެ

    ތިއޮތީ އަޅާ ނިމިފަ! ދިވެހިން ގޮބޯ ނުހައްދާ

    46
    3
  4. ވ ސަާލާމްތޯއްޗެއް

    ކޮބާތަ ކަލޭމެންގެ އިންޑިޔާ.. ލަދުހާތެއް ނެއްދޯ

    49
    3
  5. އުނބުއާދަނު

    ތިވަރުގެ ބޮޑު އިންވެސްޓެއްކުރާއިރު އެ އިންވެސްޓަރުން ބަލާނެ އެންމެ މުހިއްމުކަމަކީ ފަންޑުކުރާ ފައިސާ އަނބުރާ ލިބޭނޭ ހިތްވަރު ސަރުކާރުގައި ހުރިތޯ. މި ސަރުކަރުގައި އެއްވެސް ދާއިރާއަކު އެ ހިތްވަރެއް ނެތް! ނުވާނެ ތިކަމެއް! އިންޓަނޭޝަނަލް މާލީ އިދާރާތަކުން ގޮވައި އެ ނަގަނީ ރާއްޖޭގެ އިޤްތިޞާދު ގެނބެމުން ދާކަމަށް! މިއީވެސް އިންވެސްޓަރުން ބަލާނޭކަމެއް! އިތުރަށް ފަޟީޙަތްވުމަށް ފޮނި ނުބުރުއްސާ!

    51
    1
  6. މަހުދީ

    ކަލޯ ސާހިދު ހިންދުސްތާނުގެ ތިޔާވާހަކަ ދައްކައިގެން ކަމެއްނުވީދޯ؟ ކީކުރަން އަރަބިންނާ ، ސީނާ މީހުންކައިރިއަށް ތިޔާދަނީ. ކޮބާ އެއްކަލަ ފަސްޓް ހިންދުސްތާނު ޕޮލަސީ. އެޕޮލެސީގައި ބައްދައިގެން މި ފަސްއަހަރު އެއްކަމެއް ނުކޮށް ތިބެންޖެހޭނީ. އިންޑިޔާއަކީ ސްލޯ ބައެއް. އެހެރީ ފެންނަން.

    49
    1
  7. Anonymous

    ކޮބާ އިންޑިއާއިން އައްޑޫ ތަރައްޤީކުރަން ދިން 400 މިލިއަން ޑޮލަރު. އެވެސް ފެންފޮދަކާ ނުލާ ކިނބޫ ބަނޑު އެޅީތަ. އެއީ މަޖިލިސް އިންތިޚާބަށް އައްޑޫ މީހުން ގަޅި ހެއްދީ ދޯ.

    25
  8. އެހަދާން

    ކޮބާ އައްޑޫ ތަރައްގީއަށް އިންޑިޔާ ދިންކަމަށް ބުނި ލާރިތައް.. ލޯނުތަކާ ހިލޭ އެހީ އައްޑޫ ތަރައްގީއަށް ހަމަޖެހިގެން މަޝްރޫތަ ފަށަން އިއުލާނުކުރި.. އަދިވެސް ފަންޑުހޯދަނީ.. ސާބަސް ސާބަސް.. ކަލޭމެންނަވާ މަކަރާ ހީލަތް ހަދަންއިގޭ.. ތިލަފުއްޓާ ހަމަޔަށް ގުޅުވަނީ އެދޭތެރޭގަ ކޮންބައެ ދަތުރުކުރަން މިސަރުކާރުގެ އަމާޒަކީ ރައްރަށުގަ ތިބިމީހުން އެމީހުންގެ ރަށުގަ ހޮޅުއަށިތަކުގަ ބޭތިއްބުން. ޖަޒީރާގަ.. ދެން މެނިފެސްޓޯގަ ނެތްކަމަކަށް ފައިސާހޯދާ އެއްތަނަކަށް މީހުންޖަމާކުރަން ފޫގަޅަނީއޯ... ސަލާމު މުޅޯށި ހިފައިގެންދަނީ މުޅިދުނިޔެއަށް.. ލަދެނެތް.. ދެއްކިވާހަކަތަކާ މިހުރިހާ ދުވަހު ގޮވިގޮވުންތަ ހަދާނެނެތް.. އިސްތިއުފާދީފަ ގެއަށްދޭ ގައުމު ސުއްނާފަތިނުކޮށް.. އަބޫދާބީ ކުންފުންޏަކުން ކުރިންވެސް ތިލަފުށި ބަނދަރުހަދަން އެއްބަސްވި އޭރު އެކަން ހުއްޓުވާލީ އެމީހުންގެ ކޮރަޕްޓްކަމުން ޝާހިދު&ެން ގޮވިއެއްޗެހިން..

    22
  9. ސ

    ޗައިނާ އިން މިހާރުވެސް އޮތީ ބުރިޖަށް ފައިސާ ދޭން ތައްޔާރަށް ނަމަވެސް ގޮތް ދޫ ނުކުރާތީ ނުވެގެން އުޅެނީ މިފަހަރު ޝާހިދު ޗައިނާ އަށް ކުރާ ދަތުރުގެ ނަތީޖާ އިނގޭނެ... މިއީ ވަރަށް ވާހަަކަ އެތެރެ ކޮއިލުގެ ވާހަކަ... އެވަރަށް އަންނި ޗައިނާ އާއި ދިމާ ކުރާއިރުވެސް ސަރުކާރުން އެންމެ ކުޑަ މިނުން އެެއީ ސަރުކާރުގެ ބަހެއް ނޫނޭ ގައުމުތަކާއި މެދު އޮންނަ ގުޅުން ކެނޑޭ ގޮަތަށް ދޮގު މައުލޫމާތު ނުފަތުރާށޭވެސް ޝަހިދަށް އަދި ސަރުކާރަށް ވެސް ބުނާ ކަށް ނުކުރޭ އަންނި ރުޅި އަތުވެދާނެތީ އާންމު މީހަކު މިގޮތަށް ނޫހެއްގައި ލިޔެލަ ބަަލަ އިންޑިޔާ އާއި ބޭހޭ ގޮތުން ޝާހިދު ފުންމައިގެން ދާނެ

    23
  10. މަސީހު

    މިހާތަނައް ސާހިދުގޮސްގެން ހޯދިފަންޑެއް ފެންނާކައްނެއް ކު ރިކަމެއްވެސް ފެންނާކައްނެއް ހަމައެކަނި ދަތު ރައް ބަޖެޓުން މިލިޔަނުން ހަހަރަދުކު ރާކަމައް ލިޔެކިއުމުން ދައްކަނީ.

    22
  11. ޒާ

    ތިގޮތަށް ޝާހިދު ގައުމުން ބޭރަށް މީގެ ކުރިން ކުރި ދަތުރު ތަކުން 6 ބިލިއަން ޑޮލަރުވެސް ހޯދިއްޖެކަމަށް ބުނި. އެކަމަކު އިހައްދުވަހު ފިނޭންސް މިނިސްޓްރީން ނެރުނު ރިޕޯޓްގައި ބުނީ ބޭރުގެ އެހީއަށް ލިބުނީ އެންމެ 3 މިލިއަން ރުފިޔާއޭ. މި ޝާހިދު ދުނިޔެވަށާ ބުރުޖަހާފައި ކާއެއްޗެއް ކައިފައި ބޯއެއްޗެއް ބޮއިފައި ކަނޑާ ފޮނި އަހަން ހެޔޮނުވާނެ.

    25
  12. ނުރަބޯ

    ތިޔަކަމެއް ނުވާނެ. އެހެނެއްނޫން އެމީހުންގެ އަތުންވެސް ލާރިތަކެއް އަތުލައި ދިރުވާލަފާނެ. އިތުރު ކަމެއް ނުކުރާނެ.

  13. ޏީށޙީޯ

    ޖަޒީރާ ރާއްޖޭގައި ބުރިޖު އަޅާނެކަމެއްނެތް ގެންގުޅެންވީ ރިޔާނެގި އޮޑިފަހަރު. ޔާމީނުވާ މިމީހުންނަށް ކަމެއް ދަސްކޮށްދީފިތާދޯ؟؟؟

  14. އބުދުއްﷲ ރސީދު

    ޕު ރިޕެއިޑު ޒާހިދު ތިކަމާ މަސް ވަރާކުރަން ދުބާއި އައް 20ދަތުރު ކޮއްލާތި

  15. އަދުރަމެޓިކްސް

    އަހަނ! ކިހިނެއްމިވީ.. ޔާމީނު ނެތަސް ބުރިޖުވެސް އެޅޭދޯ! ތަރައްޤީވެސް ގެނެވޭދޯ. ޕީޕީ ކުދިން ކުރިން ހީކުރީ ޔާމީނު ހުރީމައޭ ކަންކަންވާނީ. އަމައްޔާތް.. ހާތްތެރީ

    1
    47
  16. ާަާަަައަސްލު

    ކައުންސިލްއިންތިހާބް ވަރަށްކައިރީގަދެއްތޯ...؟؟!؛!

    10
  17. ޑޮކުޓަރު

    ބުރިޖު އަޅަން އޮތީ އިންޑިޔާ ބަޔަކާ ހަވާލް ކޮއްފަ އޯއިސީ ފަންޑުވެސް އިންޑިޔާ މީހުނައްދީ ދެން 10 މިލިޔަން އަގު ބޮޑުކޮއްވެސް ދޭން ޖެހެނީ ހަމަ އިންޑިޔާ މީހުނައް .