ފުވައްމުލަކުގައި އިއްޔެ މީހަކު ދުއްވާފައި ދިޔަ ސައިކަލެއް، ކޭބަލް ވަޅުލުމަށް ކޮނެފައި ހުރި ވަޅުގަނޑަކަށް ވެއްޓުމުން، އެރަށުގެ މަގުތަކުގެ ހާލަތު މިހާރު އޮތްގޮތް އަންދާސާ ކުރެވިއްޖެއެވެ.
ފުވައްމުލަކުން "ވަގުތު" އަށް މައުލޫމާތު ދެމުން ބުނީ މިހާރު ވައިރަލް ވެފައިވާ ފޮޓޯތަކުން ފެންނަ ސައިކަލަކީ ކޭބަލެއް ވަޅުލުމަށް ކޮނެފައި ހުރި ވަޅުގަނޑެއްގެ ތެރެއަށް ގަނބައިގެންފައިވާ ސައިކަލެއް ކަމަށެވެ.
"ވާރޭ ވެހިއްޖެނަމަ މުޅި ރަށުގައި މިއޮންނަނީ ފެން ބޮޑުވެފައި. ވަޅުގަނޑެއް ކޮނެއްފައި ހުރި ނަމަވެސް އެނގޭކަށް ނުހުރޭ. ވަޅުގަނޑުތައް ކޮންނަނީ ސަރުކާރުގެ ކޮންމެވެސް ކުންފުންޏަކުން ނަމަވެސް އެބޭފުޅުން ވެސް އެތަން ފާހަގަކޮށް ނުލާ. އެހެންވެ އިއްޔެގެ ހާދިސާ ވެސް ހިނގީ. މިފަދަ ކިތަންމެ ހާދިސާއެއް ހިނގާ. ނަމަވެސް ރަސްމީ އިދާރާތަކުގެ ސަމާލުކަމެއް ނުލިބޭ. ނަސީބު ރަނގަޅު ކަމުން އިއްޔެ ސައިކަލް ދުއްވަން އިން މީހާ އަށް ބޮޑު އަނިޔާއެއް ނުލިބުނީ." އޭނާ ބުންޏެވެ.
ފުވައްމުލަކުގެ ބޮޑެތި މަގުތައް ހެދުމުގެ މަސައްކަތް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ފެށިއެވެ. ނަމަވެސް ރަށުގެ ނަރުދަމާގެ މަސައްކަތް ކުރިއަށްދާތީ މަގު ހެދުމުގެ މަސައްކަތް އެކަށީގެންވާ ގޮތެއްގައި ކުރިއަކަށް ނުދެއެވެ.
މިސަރުކާރުން އައިސް މިދިޔަ ފެބްރުއަރީ މަހު ވަނީ ފުވައްމުލަކު މަގު ހެދުމުގެ މަސައްކަތް ދެވަނަ ފަހަރަށް އިފްތިތާހް ކޮށްފައެވެ. ނަމަވެސް އާއްމުން ބުނާ ގޮތުގައި މަގު ހެދުމުގެ މަސައްކަތް އެކަށީގެންވާ ބާރުމިނެއްގައި ކުރިއަކަށް ނުދެއެވެ.
"ނުވަ ވަަރަކަށް މަސް ވެގެން ދިޔައިރު މާބޮޑު ކަމެއް ކުރެވުނު ތަނެއް ނުފެނޭ. ވަރަށް ސްލޯކޮށް މަގު ހެދުމުގެ މަސައްކަތް ކުރިއަށް ދަނީ." ފުވައްމުލަކު މީހަކު ބުންޏެވެ.
އަންދާސާ ނުވެގެންތަ އަދިވެސް މި އުޅެނީ؟
ތިޔައީކީ ހަމައެކަނި ފޯމުލަކުގެ ހާލަތެއް ނޫން ތީ މިސަރުކާރުގެ ހާލަތު.
މިދިޔަ 5 އަހަރު ތިކަންތައް ރަންގަޅު ނުކުރެވުނީ ކީއްވެތޯ؟
މި ދިޔަ ފަސްއަހަރު ރނގަޅު ނުކުރެވުނީމަ ދޯ ބަދަލު ކުރީ! ދެން މި ދިޔަ 5 އަހަރުގެ ވާހަކަ ނުދައްކާ
ތީ ޖަޒީރާވަންތަކަން.ކިހާ ހިއްގައިމުތަ.
ޖަޒީރާ ރާއްޖޭގާ ކަކުނި ހޮރައް ގަނބައިގަންނާނެ އެއީ މައްސަލައެއްނޫން
އަޑީ ދައުލަތަށް މިސްރާބުޖެހި ސައިކަލެއް ތާށިވީ. އެހެންވާ ފަހަރު ވެސް އަންނާނެ.
ފައިސަލްނަސީމުގެ ބަހުންނަމަ ތިއީ ކުރީސަރުކާރުގެ ދޯހަޅިކަމުންވީކަމެއް
ތިލަނޑެއް ނުލިބުނީހެއްނު ޖަޒީރާވެފަ ހިނގާފަ އުޅުނިއްޔާ؟ މީހަ ވަޅަކަށް ވެއްޓިދާނެ.... އެއީ އެހެން ކަމެއް...
ހޭބުއްދި ފިލާދިޔައީމަވާނީ ހަމަތިހެން ކަނޑައްއެރިބަލަ އިސްކޮޅުޖެހޭތޯ
ނިމިދިޔަ ސަރުކާރުން އަޅައިދިން ތާރިގސނޑު ހަމައަވހީ ކަނޑައިގެން ދިޔަލެއް.
ތީ ކުރީސަރުކާރުން ކޮނެފަހުރި ވަޅުގަނޑަކަށްވާނީ، މި ސަރުކާރުން ތިޔަފަދަ ކަމެއް ނުކުރާނެ، މިއީ އޯގާތެރި ސަރުކާރު. ޖީބުތައް ފުރޭ ސަރުކާރު،
ތިމަސައްކަތްކުރަން ތިބޭމީހުންވެސް ތިބެނީ ބިރުވެރިކަމެއްގެ ތެރޭ. މިހާރު މިސަރުކާރު އައިފަހުން ތިންހަތަރު މެމޯފޮނުވައިފި އެގްރީމެންޓް އާނުކުރާނަމޭ، މިމަހުގެ ނިޔަލަށް 45 އަހަރުވެފައިހުރިމީހެއްގެ ކޮންޓްރެކްޓް އާނުކުރާނަމޭ. މިކަހަލަ ބިރުވެރިމާހައުލެއްގަ ތިބެ މަސައްކަތްކުރަންމިޖެހެނީ. މުޅި ލެބަފޯސްގަ ތިބި ދުވަސްވީ ތަޖުރިބާހުރިމީހުންތައްކަނޑާފަ ގެއަށްފޮނުވާލަނީ މިމަހުގެ ނިޔަލަށް. މިހެން ހެދީމަ ކިތައްއާއިލާބާ ނިކަމެތިބެ ބިކަވަނީ.
ވުޒާރާތަކާ ޙަވާލުވެގެންތިބޭ ގަމާރުންތަކަކަށް މިކަންކަންއެނގޭބާ.
ކީއްކުރާނީ ތިމަގުތައް ތިހެންހުއްޓާ 5 އަހަރު ވެރިކަންކޮށްފަ ފައިބައިގެންގޮސް ބައިސާ އެބަކަނޑައޭ.
މީ ކުރީސަރުކާރު ގޯސްވެގެން ރަގަޅުކުރަން އެރިބަޔެކޯލަ!
ފެނެޔެންނު ކަންކަން ރަގަޅުކުރާތަން!
މަސްވެރިން އެތިބީ މަހައްދެވުނު މޮޔަ ހިތަށް އަރާފަ ގިސްލާ ރޯން!
އަނގަޔާ އަތާދިމާނުވެފަ!
ކިހާކަމެއް އެބަކުރެވޭ!
ދެން ރަށްފުށު މީހުން މަގު ހަދާބާރުމިނު ގެއިން ސްކޫލަށްވެސް ދާނީ ބުރިޖުމަތީގައެންނު!
ތިބެބަލަ ބަލަން ގެއިން ބަނދިގެއަށް ސީސޯގަ ބަޓަނައްފިއްތާާާާާލީމަ ދެވޭތަން!
ބަރަވެލި ކަނޑުގަ ފިނިހަކަ ދުވާހެން ނޭވާލަމުން ނޭވާ ހޮޅިޔަށް އެޅެމުން ކިރިޔާ ކުރިޔަށް އަރަނީ!
ކުރެވޭކަންކަން ފެނެޔެންނު މީހުންބޮކަށް ކަންކަން ކަނޑާލުން އެއީ އަހަރުވާއިރުވެސް ކުރެވޭކަމަކީ!
ތަރައްގީ ލޮލުކޮޅަށް ގެއްލިއްޖެ!
ދެން ޖެހޭނީ ދަނޑިފަނުން ގެހަދާ އަތުން ވައިއަރުވަން އެއީ ޖަޒީރާވަންތަވުމަކީ!!!!