އޭޑީކޭ ހޮސްޕިޓަލްގައި މިއަދު ކުރުމަށް ހަމަޖެހިފައިވާ ދެ ސާޖަރީއެއް ފޭސްބުކް މެދުވެރިކޮށް ލައިވް ކުރަން ނިންމައިފިއެވެ. މީގެ ތެރެއިން އެއް ސާޖަރީ މިހާރު ގެންދަނީ ލައިވްކޮށް ދައްކަމުންނެވެ.
މިއީ އޭޑީކޭ ހޮސްޕިޓަލުން އިންތިޒާމްކޮށްގެން މިއަދު ފެށި ބްރެއިން އެންޑް ސްޕައިން ކޮންފަރެންސްގެ ތެރޭގައި ހިމެނިގެން ކުރިއަށް ގެންދާ ހަރަކާތެކެވެ. މި ސާޖަރީތައް ކުރުމުގެ ކުރިން ޑޮކްޓަރުން ސާޖަރީތަކާއި ބެހޭ ގޮތުން މައުލޫމާތު ދޭނެއެވެ. އަދި ސާޖަރީ ނިންމުމަށް ފަހު ވެސް ސާޖަރީ އާއި ބެހޭ މައުލޫމާތު ދޭނެއެވެ.
އެހެންކަމުން މިއީ ސިއްހީ ދާއިރާ އިން ތައުލީމް ހާސިލް ކުރަމުންދާ ދަރިވަރުންނަށާއި، އަދި މިދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކަށް ވެސް މައުލޫމާތު ހޯދުމަށް ލިބޭނެ ރަނގަޅު ފުރުސަތެކެވެ.
https://www.facebook.com/ADKHospital/videos/1414747952025296/
ދިވެހިންނަށް ޖެހޭ ސިކުނޑީގެ ބަލިތަކާ ބެހޭ ދިރާސާއެއް ކޮށްފައިވާ ކަމަށާއި ބްރެއިން އެންޑް ސްޕައިން ކޮންފަރެންސް ގައި އެ ދެ ދިރާސާގެ ކަރުދާސް ހުށަހަޅާނެ ކަމަށް އޭޑީކޭ ހޮސްޕިޓަލުން ވަނީ ވިދާޅުވެފައެވެ.
މިއަދުން ފެށިގެން މިމަހުގެ 19 އަށް ޕެރަޑައިސް އައިލެންޑް ރިސޯޓްގައި ބާއްވާ ބްރެއިން އެންޑް ސްޕައިން ކޮންފަރެންސާ ބެހޭ ގޮތުން މައުލޫމާތު ދޭން އޭޑީކޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ހޮސްޕިޓަލްގެ ސީނިއާ ނިއުރޯސާޖަން ޑރ.އަލީ ނިޔާފް ވިދާޅުވީ އޭޑީކޭ އިން ކޮންފަރެންސަށް ހުށަހަޅާ ދެ ކަރުދާހަކީ ވަރަށް ފުރިހަމަ އަށް ދިސާރާކޮށްގެން އެކުލަވާލާފައިވާ ދެ ކަރުދާސް ކަމަށާއި އެއީ މުޅިން އާ ހޯދުންތަކެއް ހިމެނޭނެ ދެ ކަރުދާސް ކަމަށެވެ.
ބްރެއިން އެންޑް ސްޕައިން ކޮންފަރެންސް އޭޑީކޭ އިން ބާއްވަން ފެށީ 2017 ވަނަ އަހަރު އެވެ. އެ ކޮންފަރެންސްގައި ބައްދަލުވުންތަކާއި ވޯކްޝޮޕްތަކުގެ އިތުރުން ލައިވްކޮށް ދުރަށް ދައްކައިގެން އޮޕަރޭޝަނެއް ކުރުން ވެސް އޮވެ އެވެ.
ސަމްހާގެ ހެޔޮ ދުޢާ
އޭޑީކޭއަށް އަދި ޑއަލީނިޔާފުގެ މަސައްކަތުގައި ﷲބަރަކާތްލައްވަވައި ދިވެހިރައްޔަތުންނަ އުފާވެރި ރަގަޅުސިއްހީފަރުވާ ދިވެހިދަރިންގެ ފަރާތުން މިންވަރުކޮށް ދެއްވާދޭ އާމީން
އާ ކުކުޅަކަށް ގާބިހެއް އެޅިއްޖެ!!!
ދެމީހަކު ފެލަނީއޭ ލިޔުނު ނަމަ ހާދަ ރަނގަޅޭ.. އާސަންދައިގެ އެއްވެސް ފައިދާއރެއް ނުފެނޭ... އަގުތައް އިންތިހާއަށް ބޮޑު ކޮށްފި