ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައަކާއި ގުޅިގެން މީހަކު ހޯދަން ފަށައިފިއެވެ.

ފުލުހުން ހޯދަމުންދަނީ ތ.ގުރައިދޫ، މަންޒިލް، އަޙްމަދު ސަމާޙް (31އ) އެވެ. އޭނާ ހޯދުމަށް ފުލުހުން ވަނީ އާންމުންގެ އެހީއަށް އެދިފައެވެ.

އަހްމަދު ސަމާހު ހޯދަމުން ދަނީ ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާރޓްމަންޓުން ތަޙްޤީޤު ކުރަމުންދާ މައްސަލައަކާ ގުޅިގެންނެވެ.

އޭނާ އާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓުގެ ނަމްބަރު 3000600 އަށް ގުޅުއްވައި ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ.

އަދި މިފަދަ ކަންކަމުގައި އާންމުގެ ފަރާތުން ލިބޭ އެއްބާރުލުމަށް ފުލުހުން ވަނީ ޝުކުރު އަދާކޮށްފައެވެ.