ރާއްޖޭގެ ރައީސް ކަމަށް ހޮވިއްޖެ ނަމަ އެކި ބޭނުންތަކަށް ބޭނުން ކުރާ ހިދުމަތްތަަކުގެ ހުރިހާ ބިލެއް އެއް ފަހަރާ ދެއްކޭގޮތަށް ހަމަޖައްސާނެ ކަމަށް ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެ އެވެ.

އޭނާ މިގޮތަށް ވިދާޅުވީ، މިއަދު ކުރެއްވި ޓްވީޓެއްގައެވެ. ބެލެވޭގޮތުގައި އޭނާ މިގޮތަށް ޓްވީޓްކޮށްފައި ވަނީ، އެކި ދުވަހު އެކި ބިލްތައް އަންނާތީއެވެ. މިއީ ގިނަބަޔަކަށް މިހާރު އުނދަގޫ ބޮޑެވެފައިވާ ކަމެކެވެ.

ފެނާއި،ކަރަންޓާއި، އިންޓަނޭޓް އަދި އެ ނޫނަސް އެކި ބިލްތައް އެކި މަސް މަހު އަންނަނީ އެކި ދުވަހުއެވެ. އަދި މި ހުރިހާ ބިލެއް އެއްފަހަރާ ދެއްކޭނެ ގޮތެއް ނޯވެއެވެ. ބައެއް ފަހަރު ބިލްތައް ދެއްކުމަށް ބޮޑު ކިއުއެއްގައިވެސް ތިބެން ޖެހެއެވެ.

ނަމަވެސް ބައެއް ބިލްތައް މިހާރު އޮންލައިން އެޕްލިކޭޝަން މެދުވެރިކޮށް ދެއްކެއެވެ.

"އަޅުގަނޑުގެ ވެރިކަމެއްގައި ކަރަންޓާއި ފެނާއި ފޯނާއި އިންޓަރނެޓާއި މިނޫންވެސް ހުރިހާ ބިލެއް، އެއް ވަޞީލަތަކުން، އެއް ދުވަހެއްގައި ފޮނުވާ، އެއް ފަހަރާ ދެއްކޭނެ އިންތިޒާމު ހަމަޖައްސާނަން". ޝަމީމް ވިދާޅުވިއެވެ.

ޝަމީމް ވިދާޅުވީ، ބިލު ދެއްކުން އޮފީހުން ޗުއްޓީ ނަގައިގެން ކުރަންޖެހޭ ގޮތަށް އޮތް އޮތުން ނިމުމަކަށް ގެންނާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ދިޔާނާ

    މާ ފަހަތުގަ މަނިކުފާނު ތިޔަ އުޅުއްވަނީ. އަޅުގަނޑު ހުރިހާ ބިލެއް ދައްކަނީ ރޭގަނޑު ނިދަން އޮށޯވެ އޮވެ. ކަރަންޓް، ފެން، ފޯނު، ނެޓް، ޓީވީ، މެއިންޓެނަންސް ހުރިހާ ބިލެއް ގޭގަ އޮވެ ދެއްކޭ. ތިޔައްވުރެ މާ ރަނގަޅުވާނެ ކުށުގެ ރެކޯޑް ސާފުކުރާން އެއްތާކުން ވާނެ ގޮތް ހަމަޖައްސައިދޭނަމޭ ބުނި ނަމަ. އެހެންވީމާ މިހާރު ވެސް ތިޔަ ފެއިލްވީ. ތިޔަ އުޅެނީ 1980 ގެ ޒަމާނުގެ ވިސްނުމުގައި.

    41
    1
  2. މީޒްލީ

    ދެއްކުންތެރިކަމެއް ނެތި އަޒްމާއި އެކު ﷲ ގެ ޙަޒްރަތުން ވާގިއަށް އެދިގެން ކުރާކޮންމެ ކަމެއް އޭގެ އެންމެ ތާޒާކަންމަތީ މަންޒިލަށް ވާސިލްވާނެ!

    22
  3. ހުސޭނުބޭ

    ކޮންމެ މީހަކުވެސް ނިކަން ރީތި ވާހަކަދައްކާނެ! މިހާރު ހުރި މީހާވެސް އެއީ ހުރިހައި ބިލެއް އެއްފަހާ ކުޑަކޮށްދޭނަމޭ ކިޔާފައި ވެރިކަމަށް އައި މީހެއް! ރަގަޅަށް ބެލިއިރު މީނަ މި ބުނަނީ ހުރިހައި ބިލެއް އެއްފަހާ އޭފޯ 4 ގެ ގަނޑެއްގެ ދެބައިކުޅަ އެއްބަޔަށް ޕްރިންޓްކުރެވޭވަރަށް ކުޑަކޮށްދޭނަމޭ!

    15
    1
  4. ހުވަދޫ ޑޮކް

    ބެސްޓް އޮފް ލަކް ވަކީލު ހުސައިން ޝަމީމް .....

    6
    3
  5. ޣީހުޓާވރ

    އަދި އެވަރުންވެސް ހުރިހާ ބިލެއް އެއްފަހަރާ ދައްކަންތޯ ޖެހެނީ އެއްވެސް ބިލެއް ދައްކަން ނުޖެހޭގޮތަށް ހެދިއްޔާ ކީއްތޯ ވާނީ

    10
  6. ވަހީދުބެ

    މީނާއަށް އެނގެނީ ފުލުސްއޮފީހު ތަޙުޤީޤު ކޮޓަރީގައި ޢަރަބިބަހުން މައުމޫނާއި ވާހަކަދައްކަން. ބޯހަލާކު.
    .

    10
  7. ފަލަޑޭ

    މި ޝަމީމު މީ ވަރަށް ލަހުން އެއްޗެހި ކިޔޭ މީހެއްކަމަށް އަމިއްލަޔަށް ބުނި މީހެއް. އެހެންވީމާ މިސާލަކަށް އޮޅުމަކުންވެސް ވެރިކަން ލިބިޖެއްޔާ ވެރިކަމާ ހަވާލު ވެފަ ރިޔާސީ ބަޔާން ކިޔާނިމޭ އިރު އޮންނާނީ ދައުރު ހަމަ ވެފަ އަނެއްކާ އިންތިހާބު ބޯމަތިވެފަތާ ދޯ.

    10
    1
  8. ދޮންބެ

    ކަލޯ ސަމީމޫ، ކަލޭ ލޯކަލް ކައުންސިލު އިންތިޚާބަށްތަ ކުރިމަތިލާން ތިއުޅެނީ؟ މިދުވަސްވަރު ރިޔާސީ އިންތިޚާބުގެ ވާހަކަ ދައްކާ ފަރާތްތަކަށް އީސީ ސަރީފު އަންގަނީ އަންނަ އަހަރު އޮންނާނީ ލޯކަލް ކައުންސިލު އިންތިޚާބު ކަމަށް. އެހެންވީމާ މިދުވަސްވަރު ރިޔާސީ އިންތިޚާބަށް ތައްޔާރުނުވެ ލޯކަލް ކައުންސިލު އިންތިޚާބަށް ތައްޔާރުވާށޯ!

  9. އިކުރާމު

    ވަރައް ބޮޑު ތެދެއްތިޔައީ

  10. ސޯކާބެ

    ސަމީމު ވީމާ ކޮބާ މަސް އަލަޔަކީ މިހާރުވެސް ރާއްޖެ ޓީވީޔައް އަރާ ލޯކަލް ކެންޕޭނާ ދިމާކޮއް ހައުސިން މިނިސްޓުރީގެ ބޭފުޅަކު އެވިދާޅުވަނީ 15000 ހައުސިން ޔުނިޓް ތައް ރަށްރަށުގައި އަޅާވާހަކަ ޔާ ގާނޫނެއް ހަދައިގެން ގޭގެ ކުއްޔައްދޭ މައްސަލާ ގައި ހަދާވާހަކަ މުޅިންވެސް ބަލަނީ ރައްޔަތުން އަޅުވެތިކުރެވޭތޯ ރައްޔަތުން ގުދާރު ބިންދާލައިގެން ހޯދާ ރުފިޔާކޮޅު ދަމާ ގަނެވޭނެ ގޮތެއް ހޯދޭތޯ މިހާރުވެސް ޙަބަރުތަކުން އެއިވެނީ އިޓަލީގައި ގޯތިގެދޮރު ހިލޭ ދޭވާހަކަ މިގައުމަކީވެސް 1978 އަހަރާހަމަޔަށް ހިލޭ އުޅެމުން އައި ބަޔެއް މިކަން ފެއްޓީ އެދިގުރާސްތާ 30 އަހަރުގެ އަނިޔާވެރިކަމުގައި ރައްޔަތުން އަޅުވެތިކުރަން ފެއްޓި ސަގާފަތެއް މިހާރު ކޮންމެ ސަރުކާރަކުންވެސް ދަމަހައްޓާ އިތުރަށް އަޅުވެތި ކުރެވޭތޯ މިބަލަނީ ވެދުން

  11. ޢަހަންމާ

    ތީކީ ރިޔާސީ ވައުދަކަށް ކުފޫހަމަވާ ވައުދެއްނޫން. އާދައިގެ ޒުވާނަކުވެސް އެޕެއް ހަދާލާފަ ތިކަން ހަމަޖައްސާ ދީފާނެ. ކަލެޔަށް ވޯޓެއްނުދޭނަން. ލާދީނީ އަނބަކާއެކު އުޅެ ލާދީނީ ފިކުރުގެ މީހޭއްތީ. ކަލޭ ނަގާދިން ކްލާސްތަކުގައިވެސް ލާދީނީ ބަސްތައް ބޭނުކޮށް އެއްޗެހި ބުނެގެން ކުދިންވެސް ކަލެޔަށް ރައްދުދިން ހަނދާން މައެބަހުރި. ޔޫ.ކޭ ޔަށް ކުރިމަތިލާންދޭ ބުރާންޗާ.