ކ. ގުރައިދޫގައި 18 އަހަރުން ދަށުގެ ކުއްޖަކު މަސްތުވާތަކެއްޗާއިއެކު ހައްޔަރުކޮށްފިއެވެ.

އެ ކުއްޖާ ހައްޔަރުކޮށްފައި ވަނީ އާއްމުފަރާތަކުން ފުލުހުންނަށް ފޯރުކޮށްދިން މަޢުލޫމާތަކާއި ގުޅިގެން، އެޕްރީލް 2ވަނަ ދުވަހު ކ. ގުރައިދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައެވެ.

18 އަހަރުން ދަށުގެ ކުއްޖާ ހުއްޓުވައި ބަލައިފާސްކުރިއިރު، މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 5 ރަބަރު ޕެކެޓު އެކުއްޖާގެ އަތުން ފެނިފައިވެއެވެ.

މިކުއްޖާގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ކ. ގުރައިދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، ބަންދަށް ވަނީ ހަތް ދުވަސް ޖަހާފައެވެ.

މިހާރު މިމައްސަލަ ގުރައިދޫ ޕޮލިސް ސްޓޭޝަނުންދަނީ ތަޙުޤީޤު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު