ކަލާފާނު ސުކޫލް ކައިރީގައި ޕާކުކޮށްފައި އޮތް ކާރެއްގެ މައްޗަށް ގަހެއް ވެއްޓި ގެއްލުންތަކެއް ވެއްޖެ އެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ، ކާރެއްގެ މައްޗަށް ގަހެއް ވެއްޓިގެން ރިޕޯޓްކޮށްފައި ވަނީ މިރޭ 19:24 ހާއިރު ކަމަށެވެ. އަދި ގަސް ވެއްޓިފައިވަނީ ޓެކްސީއެއްގެ މައްޗަށް ކަމަށްވެސް އެމްއެންޑީއެފުން ހާމަކުރައްވައެވެ. ނަމަވެސް ކާރަށް ލިބިފައިވަނީ ކިހާވަރެއްގެ ގެއްލުމެއް ކަމަށް އަދި ހާމައެއް ނުކުރެއެވެ.

އެމްއެންޑީއެފުން ވިދާޅުވި ގޮތުގައި އެ ހާދިސާގައި ގެއްލުން ލިބުނު ވަރު ދަނީ ބަލަމުންނެވެ. އަދި ގަސް ނެގުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އިބްރާ

    މިއަދު ހަވީރު 5.45 ހާ އިރު ތިގަސް ވެއްޓިއްޖެ. ތިގަސް ވެއްޓިފައޮތް މަންޒަރު ދުށިން.

  2. ހުސޭނު

    ފޮޓޯއިން ފެންނަ ގޮތުން ގަސްދުގަ ގަސް ވައްޓާލަނީ.. ބުރިކުރާތަން ފެންނަނީ ވައްޓާލަން.