ނަަކަލުކޮށްފައިވާ ޕާސްޕޯޓެއް ބޭނުންކޮށްގެން ރާއްޖެ އެތެރެވާން އުޅުނު މީހަކު މޯލްޑިވްސް އިމިގްރޭޝަނުން ހުއްޓުވައިފިއެވެ.

އިމިގްރޭޝަނުން މިރޭ ބުނީ، އެ ޕާސްޕޯޓް ބޭނުންކޮށްގެން ރާއްޖެ އެތެރެވާން އުޅުނީ ބިދޭސީއެެއްް ކަމަށެވެ.

އެއީ ކޮން ގައުމެއްގެ މީހެއް ކަން ހާމަކޮށްފައެއް ނުވެެެއެެވެ.

މީގެ ކުރިންވެސް ވަގު ޕާސްޕޯޓް ބޭނުންކޮށްގެން ރާއްޖެ އެތެރެވާން އުޅުނު ބައެއް މީހުން ހުއްޓުވާފައި ވެއެވެ. އިމިގްރޭޝަނުން އެ މިހުންނާއި ގުޅޭ އިތުރު އެއްވެސް މައުލޫމާތެެއް ދީފައެއް ނުވެއެވެ.

ވަގު ޕާސްޕޯޓްގައި ދަތުރުކުރާ މީހުން ދެނެގަތުމަށް ރާއްޖޭގައި ވެސް ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅާފައެވެ. ރާއްޖެ އަކީ އިންސާނީ ވަގުފާރިއާއި މަސްތުވާތަކެތީގެ ވިޔަފާރި ކުރުމުގައި ހަބެއްގެ ގޮތުގައި ބޭނުންކުރާ ގައުމެއް ކަމަށް ބައިިނަލްއަޤުވާމީ ބައެއް ރިޕޯޓްތަކުގައި ބުނެފައިވެއެވެ.