ސީލައިފް ކުންފުނިން ފްލެޓު ގަތް ފަރާތްތަކުގެ ތެރެއިން ކޯޓަށް މައްސަލަ ހުށަނާޅާ ފަރާތްތަކުން އެފަރާތްތަކުގެ މައުލޫމާތު އެޗްޑީސީއާ ހިއްސާކުރުމަށް މުހުލަތެއް ދީފިއެވެ.
ފްލެޓު ގަތް ފަރާތްތައް އެޗްޑީސީން ބަދަލު ދިނުމަށް ވަނީ ނިންމާފައެވެ. ނަމަވެސް މައްސަލަ ކޯޓުގައި ކުރިއަށް ގެންދަން ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ވެސް އެބައޮތެވެ.
އެޗްޑީސީން މިއަދު ނެރުނު ބަޔާނުގައި ބުނީ، ކޯޓަށް މައްސަލަ ހުށަހެޅި ފަރާތްތަކުގެ ބަދަލު ހަމަޖެއްސުމުގެ ކަންކަން މިހާރު އެ ކުންފުނިން ކުރަމުންދާ ކަމަށެވެ. އަދި ފްލެޓު ގަތް މީހުންގެ ތެރެއިން ކޯޓަށް މައްސަލަ ހުށަނާޅާ ފަރާތްތަކަށް އެޗްޑީސީއަށް އެންގުމަށް އެކުންފުނިން އެދިފައިވެއެވެ.
ސެޕްޓެމްބަރު 26 ވާ ބުރާސްފަތި ދުވަހުގެ ކުރިން އެޗްީޑސީއަށް އެކަން އެންގުމަށް އެ ކުންފުނިން ވަނީ އެދިފައެވެ.
ސީލައިފްގެ 3000 ހައުސިން ޔުނިޓްތައް ގަތުމަށް ފައިސާ ދެއްކި 203 މީހަކަށް ސަރުކާރު މެދުވެރިކޮށް ފައިސާ ދިނުމަށް އެޗްޑީސީ އިން އެއްބަސްވެ، ސަރުކާރާއި އެޗްޑީސީ އިން އެއްބަސްވުމެއްގައި ސޮއި ކުރިނަމަވެސް އެއްބަސްވުމުގެ ދަށުން އެޗްޑީސީ އަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ލިބޭ ގެއްލުމުގެ ބަދަލު ސީލައިފްގެ ފަރާތުން ހޯދުމަށް އެޗްޑީސީ އިން މަސައްކަތް ކުރާނެ ކަމަށް އެޗްޑީސީ އިން ކުރިން ވަނީ ވިދާޅުވެފައެވެ.
ސީ ލައިފްގެ މައްޗަށް ދައުވާކުރާ މީހުންނަށް ބަދަލުދޭން އެއްބަސްވީ، ދައުލަތުން ސީ ލައިފަށް ދައްކަން ޖެހޭ 12 މިލިއަން ޑޮލަރުންނެވެ. އެ ފައިސާ އަކީ އެމްޑީޕީގެ ވެރިކަމުގައި 80 ހައުސިން ޔުނިޓް އެޅުމަށް އެ ކުންފުންޏާ ހަވާލުކުރުމަށް ފަހު، އެ އެއްބަސްވުން 2011 ގައި އުވައިލުމުން ސީ ލައިފުން ދައުލަތާ ދެކޮޅަށް ކުރި ދައުވާއަކާ ގުޅިގެން ހެދި ސެޓްލްމަންޓް އެއްބަސްވުމެއްގެ ދަށުން ދޭންޖެހޭ ފައިސާ އެވެ.
އެންމެން އޮތީ އަންގާފަ. އެއްޗެކޭ ކިޔަނީ. ހުސް ފޭކް. ޑްރާމާ. އޮޅުވާލުމާ މަކަރު. ކައިނިމިގެން ދޭނެ އެއްޗެއްނެތީމަ މނޖ ކިޔަނީ.
203 މީހުންހެ ފައިސާވެސް ނުދޭ. މަކަރުވެރިކަން އިންތިހާ ވެރިކަމެއް. ރައްޔިތުންނަށް އަދި ތެދެއް ނުހަދާ.
ސީލައިފްއާ ޑީލް ހަދައިގެން ޖަރީމާ ހިންގި ގުރޫޕާ އެކީ ކޮފީ ބޯލަބޯލާ ތިބޜ. ރައްޔިތުން ތިބީ ހޭބަލިވެފަ. ކުރެވޭނެ ކަމެއް ނެތިފަ. ކޯޓުގެ ހުކުމަށް ތަބާނުވާ ނުލަފާ ބައެއް މިގައުމުގެ މުގުލުގަ މިތިބީ. މުއްލާއިންތަކެއް.
އެންމެ ހުށަހަޅަފަ އޮތީ. ހިނގާ މާދަާ އެޗްޑީސީ ކުރިމައްޗަށް ގޮސް ހުށަހެޅި ސިޓީތަކުގެ ކޮޕީ އެތާ ތަތްކުރަން.
މިހާރު މިފެށީ ކޮން ޑްރާމާ އެއް ކުޅެން. ތި 203 މީހުންނަށް ފައިސާ ދޭން ކޯޓުން ހުކުމް ކޮށްފަ އޮތީ، މިމަހުގެ 15 ކުރިން އެދީ ނިންމަން ޖެހޭ. ކޯޓުގެ ހުކުމަކަށް ތަބާވުމެއް ނެތް. ތި ސީލައިފުން ޑިޕޮޒިޓްގެ ގޮތުގައި އެޗްޑީސީގަ ބެހެއްޓި 12 ބިލިއަން ޑޮލަރުވެސް ކާލާ ހުސްކޮށްލީދޯ. ތަނެއްގަ އަމާނާތަކަށް އެއްޗެއް ބަހައްޓާފަ ހުއްޓަސް އެވެސް މި އެއްޗެހިން ކައި ހުސްކޮށްލައިފި.
ސީލައިފްގެ ސެކިއުރިޓީ ޑިޕޮޒިޓްގެ ގޮތުގައި އެޗްޑީސީއަށް ދިން 12 މިލިއަން ޑޮލަރު ކޮބައި. އެފައިސާއިން 254 މީހުންގެ ފައިސާދީ ހަލާސްކުރޭ.. ކޮންހާ ޑްރާމާއެއް..
އެއަރޕޯޓުގެ ސިންކިންގ ފަންޑުގަ ހުރި 150 މިލިއަން ޑޮލަރު މިސަރުކާރުން ކައި ހުސްކޮށްލިގޮތަށް އެ 12 މިލިއަން ޑޮލަރުވެސް ކައި ނިންމާލާ ބަނޑު ދަމާލައި ވައިލައްވާލައިގެން ދޯ ތިތިބީ.. ފަސްމާމުލުންގެ ފަސް ވަގަށް ވުރެވެސް ވައްކަމުގައި އަރައިތިބި، ވަށްކަން ނުކޮށް ލޮލަށް ނިދިނާންނަ މުސައިލަމަތުލް ކައްޒާބު(ދޮގުވެރިއެއް) ގެ އަތްމައްޗަށް ގައުމު މިވަނީ ގޮސް ނިމިފައި. ރައްޔިތުން އުތުރި އަރައި މަގުތަކަށް ނުކުމެ މިވެރިން މިތަންތަނުން ދުރަށް ލާންވީ.
މިސަރުކާރާ ދެކޮޅަށް ރައްޔިތުން މަގުތަކަށް ނުކުތުން މާބޮޑަށް ލަސްވެއްޖެ. ގައުމުގެ ހަޒާނާގަ ހުރި 800 މިލިއަނުން 400 މިލިއަން ކައި ހުސްކޮށްފި. އެއަރޕޯޓްގެ ލޯނު ދައްކަން ހުރި 150 މިލިއަން ދަވާލައިފި. ސީލައިފުން އެޗްޑީސީގަ ބެހެއްޓި 12 މިލިއަން ދަވާލައިފި. މިއީ އަދި އެނގޭ މިންވަރު. އެސްޓީއޯއާއި މިފްކޯއާއި އެމްޓީސީގަވެސް އެކައްޗެއްވެސް ނުހުންނާނެ. އަޅެފަހެ މިގައުމަށް އަރައިގެން މިއުޅެނީ ޔައުޖޫޖު މައުޖޫޖު ބައިގާގެ މީހުންތައް. ފެންނައިރަށް ކައި ހުސްކޮށްލާއެބަ.
މިސަރުކާރުގެ މަކަރުވެރި ހީލަތްތެރިކަން ހުރި މިންވަރާ ރައްޔިތުން ވާވައްދާ މިންވަރުގެ އެންމެ ހެތްކެއް.. ސީލައިފްގެ ވެރިޔާ އައްމަޓީ ހައްޔަރު ކުރުމަށް ރެޑްނޯޓިސް ނެރުން. ހުސްފޭކް. އައްމަޓީއެކޭ ލައްކާ ހައިކޮމިޝަނުގެ މުވައްޒަފެކޭ އެއްވަރު.. ސަލާމް ވިދާޅުނުވާ ކޮންމެ ދުވަހަކު ލަންކާ ހައިކޮމިޝަނަށް ވަޑައިގެން، ކްލޮކް އިންކުރައްވާ. ރަސްމީ ގަޑީގައި ހައިކޮމިޝަނުގައި އުޅުއްވާ، ރޭގަނޑު މަޖާކުރަނީވެސް ހައިކޮމިޝަނުގެ އިސްބޭފުޅުންނާއެކު ކްލަބްތަކުގައި. ޝައިޠާން ބައެއް މިސަރުކާރުގައި މިތިބީ.. ދޮގުހެދުން އިންތިހާ. އަބޫޖަހުލައްވުރެވެސް ނުބައި އލތ ގަނޑެއް.