ސްކޫލެއްގައި ހިންދީ ދީނުގެ ދީނީ ހަފްލާއެއް ބޭއްވި ކަމަށް ބުނާ މައްސަލަ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުގެ ސަމާލުކަމަށް އައުމާ ގުޅިގެން އެ މައްސަލަ ބަލަންފަށައިފި ކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ކުޅުދުއްފުށީ އަމީރު އަމީން ސްކޫލްގައި އިންޑިއާގެ ދީނީ ހަފްލާއެއް ފާހަގަކޮށްފިކަމަށް ބުނެ ބައެއް ފަރާތްތަކުން ފާޑުކިޔަން ފަށައިފިއެވެ.

މިދިޔަ ހުކުރު ދުވަހު އެސްކޫލްގައި ފާހަގަކޮށްފައި ވަނީ އިންޑިއާގެ ހިންދޫން ފާހަގަކުރާ ފެސްޓިވަލެއް ކަމަށްވާ "އޮނަމް ފެސްޓިވަލެވެ." މިއީ ހިންދޫން އެންމެ ކުލަގަދަކޮށް ފާހަގަކުރާ ތިން ފެސްޓިވަލްގެ ތެރެއިން އެއް ފެސްޓިވަލެވެ. މިފެސްޓިވަލް ފާހަގަ ކުރުމުގައި އެންމެ އިސްކޮށް އުޅެނީ ކެރަލާ އަށް ނިސްބަތްވާ ހިންދޫންނެވެ.

ކުޅުދުއްފުށީ ސްކޫލެއްގައި އިންޑިޔާގެ ކެރެލާ ސްޓޭޓްގައި ފާހަގަކުރަމުންދާ ދީނީ އިހްތިފާލެއް ބޭއްވިކަމަށް ބުނެ ފަތުރަމުންދާ ޚަބަރު ކުޅުދުއްފުށީ ކައުންސިލުން ވަނީ ދޮގުކޮށްފައެވެ. ކައުންސިލްގެ ނޫސްބަޔާނެއްގައި ބުނެފައިވަނީ އެފަދަ ދީނާ ހިލާފު އެއްވެސް ކަމެއް ސްކޫލުގައި ހިނގާފައިނުވާ ކަމަށެވެ.

ކުޅުދުއްފުށީ ކައުންސިލުން ބުނެފައި ވަނީ ސްކޫލްގައި ކުރިއަށް ގެންދިޔައީ "ގެޓް ޓްގެދާއެކެވެ." އެމީހުން ސްކޫލް ހިފާފައިވަނީ މިދިޔަ ހުކުރު ދުވަހު ހެނދުނު 8 ން ހަވީރު 4 އަށެވެ. ކެއުން ކުރިއަށްގެންދިޔައީ މެންދުރު 13:15 އިން ފެށިގެންނެވެ.

ނަމަވެސް އެހަރަކާތުގައި ބައިވެރިވި ބައެއް އިންޑިއާ ޓީޗަރުން ފޭސްބުކްގައި ކޮށްފައިވާ ޕޯސްޓްތަކުގައި ވެސް އެއީ އޮނަމް ފެސްޓިވަލްގެ ހަރަކާތެއްކަން ދޭހަވާ ގޮތައް ލިޔެ، ފޮޓޯ އާއްމު ކޮށްފައިވެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ހުކުރު ދުވަހު އަމީރު އަމީން ސްކޫލްގައި ހިންދޫންގެ ދީނީ ހަރަކާތެއް ކުރިއަށްދާ ކަމަށް ބުނެ ފުލުހުންނަށް ރިޕޯޓް ކުރުމުން ފުލުހުން އެސްކޫލަށް ދިޔައެވެ. ނަމަވެސް އެތަނުގައި ދީނީ ކަމެއް ނުކުރާކަމަށް ޓީޗަރުން ބުނުމުން ފުލުހުން އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާކަމަށް ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

  1. އެޖެންޑާ 19

    އާންމުންގެ ލޮލަށް މަންޒަރު ރީތި ކޮށްލަން ކޮން ބެލުމެއް ބަލާކަށް. ތިވަރު ކަމެއް ކުރާނީ ތަނުގެ ބޮޑުންގެ އިޒުނައާއެކު. ދިވެހިން ބޯން އުޅުނު ބޮނޑި ބޮވިފަ މިއޮތީ. ދެން އެންމެން ޕާޓީ ކުރޭ.

    45
    1
  2. ދޮގެއް؟

    ކޮން ދޮގެކޭ ކިޔާކަށްތަ؟ އެދައިތަ ބެޑްޝީޓުންވެސް ނުފޮރުވޭނެ ކަންތައް ހުންނާނެ.

    32
    1
  3. ފަރުހާދު

    ތިޔަ މައްސަލައިގަ އެޑިއުކޭޝަން މިނިސްޓަރު އިސްތިއުފާ ދޭން ޖެހޭނެ. އެހެން ނޫނީ މިފަހަރު އެހެން ގޮތެއް ވާނީ.

    34
    2
    • އަހްމަދު

      ނޫންނޫން މިމައްސަލާގައި އިސްތިއުފާދޭން ޖެހޭނީ ދޮގުނޫސް ބަޔާން ނެރުނު ކުޅުފުއްފުށީ ކައުންސިލް އެއްކޮށް.

  4. ޓޮމާޓޯ

    ބަޔަކު ސިރިއްޔާތުގަ ދީނީހަފުލާއެއް ބާއްވައިގެން ބޮޑުކަމަކައް ވެގެން އުޅޭތި އަޅުގަނޑު ހައިރާންވެއްޖެ! އެކަލާންގެ ހަރާމް ކުރެއްވި ބަނގުރަލާ އޫރުމަސްވިކަ ފަޅުރައްތައް ކުއްޔަދީގެން ލީބޭ ކުލިންނާ އަދި އެތަކެތި ވިކައިގެން ނަގާޓެކުސް ފައިސާއިން ދިރިއުޅުމުގެ ބޭނުތައް ފުއްދާއިރު ކަރުވަކެކޭވެސް ހިތައްނާރާ!! ތިކަން ބޮަޑުކަމަ ކައް ވަނީ އިސްލާމްދީނުގެ ކޮންއުސޫލަކުންތޯ؟؟؟ މުންކަރާތްތައް ނަހީކުރާށޭ ކިއާއަޑުއަހަން އެހެންވެ ކަންބޮޑުވާނަމަ ކީއްވެތޯ ބަނގުރަލާ އޫރުމަސްވިކައިން ރިޒުގުހޯދަން ކަންބޮނުވަނީ؟ އަޅުގަނޑު ހިތަންއަރާ އެކަލާންގެ ހެއްދެވި ކޮންމެ މަހުލޫގައް ރިޒުގުދެއްވާނެކަން ކަނޑައެގެން އަންގަވާފަވާއިރު، އެކަލާންގެ (ވަހީީބަސްފުޅައް ފުރިހަމަޔައް އީމާންވެ އިތުބާރު ކުރާނަމަ) މިފަދަ ހާރާމް އެއެއްޗެތި ވިއްކައިގެން ދިރިއުޅުމުގެ ބޭނުންތައް ފުދަން ކެރޭނެ ބާއޭ؟؟؟؟؟؟؟ މާދީންވެރިކަމައް ހެދިގެން މިތާ ކޮމެއްޓުކުރާ މީހުންގެ ތެރެއިން އެކަކުވެސް މިސުވާލުތަކައް އޮއްޓަރުރި ޖަވާބެއްދީބަލަ!!!

    18
    34
    • ޗެރީ

      ބުރޯ. މައްސަލަ އަކީ ދީނެއް ނޫން. މައްސަލަ އަކީ މި ގައުމުގެ ގާނޫނާ ހިލާފުވުން. ކޮމެންޓް ކުރާނީ ތަންދޮރު އިނގިގެން. ތީ ރޯނު އެދުރުން އުޅޭ ފާޑު. ދީން ވެސް ރަނގަޅަށް އިނގޭ ހެނެއް ހިއެއް ނުވޭ.

      10
      1
    • މުޖައްރިބު

      ތާކުންތާކު ނުޖެހޭ ފޭކު ލިޔުމަކަށް އޮއްޓަރު، ކީއްކުރަން ފަށްޓަރު ހުރި ޖަވާބެއްވެސް ދޭކަށްނުޖެހޭ. ރަލާ އޫރުމަސް ވިއްކަނީ މުސްލިމުންނަކަށްނޫން.

      7
      1
    • އިބްރާހިމް

      ނުބައި އެއްކަންތަށް މަތިކޮށް ދެން ތިމާމެން ކުރާ ހުރިހައި ކަންތަށްތަށްވެސް ނުބައިކޮށް ކުރާންވީތޯއެވެ. އިބިލީހުގެ ބަސްމަގުން ނަސޭހަތް ނުދޭށެވެ.

      10
      1
  5. ާަާމަ

    މިގައުމުގެ ގާނޫނުހަދާމަޖިލިސްގެރައީސް ޣިޔާސުއްދީންސްކޫލް ގައި އިސްލާމްދީނާ ޚިލާފު ވާހަކަތަކެއް ދެއްކި މައްސަލަ ބަލާނެ މިނިސްޓްރީއެއް މުއައްސަސާއެއްވެސް ނެތީދޯ! ޢެއީ ގާނޫނުތަކަށްވުރެ މަތީ މީހެއްބާ؟،!

  6. ސީނު

    މިކަހަލަ ކަންތަށްތަށް ގިނަކޮށް އާންމު ކޮށް މިއީނޯމަލްކަމަކަށް ހަދަން އެބަމަސައްކަތް ކުރެވޭ.....އެއްގޮތަކަށްވެސް މިފަދަ ކަންތަކަށް ޖާގަދެވިގެނެއްނުވާނެ. ދިވެހިން ނިކުމެ ހުއްޓުވާ!

  7. ދވހނ

    ރާައްޖޭގަ ހުރިހާ ރިސޯޓެެެއްގަ ބަގުރާބޮއެ ދިވެހިންގެ %80 މީހުން. މީ ހަގީގަތް. މިވާހަކަބުނީމަ ކުށްވެރިވާނީ މަ. އެމިީހުނަށް. މީކީ ވެރިކަމެއްގެ ސަބަބުން ވާކަމެއްނޫން. ދިވެހިންގެ ނުބައިކަން. ޒިނޭވެސްކުރޭ އެވަރަށް. ރަށުގަ އަނބިމީހަާ. ރިސޯޓުގަ ބޭރު އަންހެނެެއް. ގައުމުން ބޭރަށް ދެވުނީމަ ހުރިހާކަމެއް ހުއްދަވީ. ދިވެހިން ދިވެހިންގެގޮތުގައި.

    1
    1
  8. ޑައެލޯގް

    ބަގުރާވިއްކުމަކީވެސް ގޯސްކަންކަން އެކަމު މިކަން މީގެ ކުރިން ނުކުރާ ގޯސްކަންކަން އުފަންވާތީ ދެން އެވެނިކަމެއް ކުރިން ހުއްޓިއްޔާ މާރަގަޅޭ ބުނުމަކީ ޒިންމާދާރުކަމެއްނޫން އަދި މިކަމަކީ ރަަލަށްވުރެވެސް ގޯސްކަމެއް މިއީ ޝިރުކުކުގެ އަމަލެއް

  9. ބޮޑުދުފާ

    ކައުންސިލްގެ އެއްވެސް މެމްބަރަކު އެހަފްލާ އަށް ދިޔައިންތޯ؟ ފޮޓޯތައް ދައުރުވާއިރުވެސް މިބުނަނީ އެއީދޮގޭ. ނޫސްބަޔާން ނެރެންވާނީ ޔަގީންކޮށްފާ.

  10. ސޮނިފުހޭ

    ކުރީގެ ބައެއް މުޖުތަމައު ތަކުގައިވެސްޝިރުކު ފެޝިފައިވަނިީ ކަމެކޭ ހިީނުކުރެވޭހަާ އަަާދައިގެ ކުދިކުދި ކަންކަމުގެ ގޮތުގައެވެ ޝައިތަާނާ އެކަންތައްޒިީނަތްތެރިކޮށް މިިީސްތަކުންގެ ލޯތަކަށް ދައްކައެވެ މިގޮތުން ހެޔޮ ލަފާ ސަާލިހު މިީހުންގެހަދަަަާނުގައި ބުދު ހަދައި ތަންތަނުގައި ބަހަށްޓައެވެ އެމީހުންދެކެވާ ލޯބި ހަާމަކުރުމަށެވެ ޒަމަާން ދިގުވިވަރަކަށް ކަންތައްތައް ކުރަާގޮތައްބަދަލުއައިސް އެބުދު ތަކަށްވެސް ކަލާންގެ އެއްގެ ދަރަޖަ ލިބުނެވެ ޕްރެކްޓިކަލް އާޓް ގެ ތެރެއިން އެމީހުންގެ ދަނޑުވެރި ކަލާންގެ ސިމްބަލް ދިވެހިކުދިންލައްވާ ކުރަހާ އެއަށް ލޯބިޖައްސަން މަސައްކަތް ކޮށްފިނަމަ ވާނެގޮތާމެދު ވިސްނާލިންހެއްޔެވެ ޕަާޓީވިއަސް ﷲގެ ދީން ވިއްކާލަން މަސައްކަތް ނުކުރާށެވެ

  11. ކިނބޫ

    އާމު ރައްޔުތުން ނެއް ނޫނެ އޫރުމަހާ ރާ ވިއްކަން ރުހޭނީ..ބަޔަކު މީހުން ދުނިޔެޔާ ހެދީ މޮޔަވެހެން ފަގީރުވެދާނެ ކަމަށް ކުރާ ކަމެއް.މަށެއް ހަމަ ގައިމު އެ ވިއްކަން ގޮވާ މެންބަރަކަށް ވޯޓެއް ނުލަން.އެ ބަޔަކު ވިއްކިޔެ ކިޔާފާ ދެން ވަގަޝޭ ކިޔާފަ އެހެން ކަންކަން ކުރުމޭ ތަ ރަނގަޅީ ބޮޑަސް ލުޑަޔަސް ނުބާއިވާނި ނުބަޔަށް..

  12. އަސަރޭ

    ހޭގަމާރުންނޭ ބަގުރަލާ އުރުމަސް ގައިރު މުސްލިމުނައް ވިއްކީމަ ހަލާލު ވާނެތޯ؟ ހާޜަމްކަމެއް ހަލާލުކަކައް ދައްކުވަން އުޅޭ އުމީހުންނައްވުރެ ވަކި ނުރައްކާ ބަޔެއް ކޮބައިތޯ؟ ޓޮމާޓޯ ބުނީ ރަނގަޅައް އެވާރު ބޮޑު ހަރާމްކަމެއް ލޯމަތީކުރީމަ ކަކައް ނުވެފަ ބަޔަކު ދީނީހަފުލާޔެއް ބޭއްވިހެން ހީވެގެން ތެޅިއަރުވަނީ ކީއްވެހޭ؟ މީހުން ކުއާއެއްޗެއް ސައް ރައްދުދީ ހެދިވަރަކައް ހުންނަމުނާފިގުކަން ފާޅުވާނީ

  13. ޓޮމާޓޯ

    މިގައުމުގެ ގާނޫ ހިލާފުވެގެން ކަންބޮޑުވަނީ ބަޔަކު ހިމޭނުންތިބެ އެންމީހަކައް ނުރައްކަލެއް ނޫވާކަމެއް ކުރީމަތޯ! މި ކުދިރައްތަކުގަ އެއްޗެތިދުއްވާ ކިތައް މީހުން ލައިސަންގައިގެން ދުއްވަނީ؟ މާލޭގަވެސް އެތައް ބައިވަރެއް އަދި ރާއްޖެތެރޭ ގިނަބަޔަކީ ލައިސަންނެތި ދުއްވާމީހުން އެކަމުން އެންމީހުނައް ވަރައް ގިނައިގެލުންވޭ! ބުރޯ ދީނާގާނޫ ލޮލުގެ ހިމަކޮޅުން ބެލީމަ ދެއްކޭނީ ތިބާވަތުގެ ތާކުން ތާކުންތާކު ނުޖެހޭ ވާހަކަ

  14. ހުސޭނުބޭ

    މިނިސްޓަރީން ތި މައްސަލަ ބަލަނީ ލޮލުންތަ؟