ވަކިކަހަލަ ހެދުމެއް، ވަކި ގޮތަކަށް އަޅަން އިސްލާމްދީނުގައި އަންގަވާފައެއް ނެތްކަމަށް، ފޮރިން މިނިސްޓްރީގެ އެޑިޝަނަލް ސެކްރެޓަރީގެ މަގާމަށް މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހު އައްޔަން ކުރެއްވި ޝެއިހް ހުސައިން ރަޝީދު އަހުމަދު ވިދާޅުވި ނަމަވެސް އޭގެ ކުރިން ހެދުން އެޅުމާއި ގުޅޭ ގޮތުން އޭނާ ވާހަކަފުޅު ދައްކަވާފައި ވަނީ އެގޮތައް ނޫންކަމަށް ވާތީ އިތުރު ފާޑުކިޔުންތަކެއް އަމާޒުވެއްޖެއެވެ.

ބުރުގާ އެޅުމަކީ އެހެން ގޮތެއް ކަމަށާއި އެގޮތައް އަމަލު ކޮށްގެން ނުވާނެ ކަމަށް ވިދާޅުވެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކަފުޅާއި ގުޅިގެން ނަޝީދަށް ކުރިމަތިވި ފާޑުކިޔުން ދިފާޢު ކުރަން ނިކުތް ހަމައެކަނި އިލްމުވެރިޔަކީ ހުސައިން ރަޝީދެވެ.

ހުސައިން ރަޝީދު އާދީއްތަ ދުވަހު ކުރި ޓްވީޓެއްގައި ވިދާޅުވީ "ވަކިކަހަލަ ހެދުމެއް އަދި ވަކި ގޮތަކަށް ހެދުންއަޅަން އިސްލާމްދީނުގައި އަންގަވާފައެއް ނެތް. ކޮންމެ ބަޔަކުވެސްއަޅަނީ އެބައެއްގެ ސަގާފީ ހެދުމެއް." ކަމަށެވެ.

ނަމަވެސް މިއަދު ޝައިހް ޒައިދު ޓްވިޓާގައި އާއްމު ކުރެއްވި ވީޑިއޯއެއްގައި ހުސައިން ރަޝީދު ވިދާޅުވެފައިވަނީ، "ދީނީ އިލްމުވެރިންގެ ތެރެއިން ގިނަ އިލްމުވެރިން ވިދާޅުވަނީ މޫނު ބުރުގާ އެޅުމަކީ ވާޖިބެކޭ، އަނެއްބައި އިލްމުވެރިން ވިދާޅުވަނީ ވާޖިބެއް ނޫނޭ ސުންނަތެކޭ" ކަމަށެވެ.

ހުސައިން ރަޝީދަކީ ފަހަކަށް އައިސް އެމްޑީޕީ އާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު ދައްކަވާ ދީނީ ވާހަކަފުޅާއި އެއްގޮތައް "ރައުޔު ނެރުއްވާ" ބޭފުޅެއްކަން ފާހަގަ ކުރެވެއެވެ.

ހުސައިން ރަޝީދު ހެދުން އެޅުމާއި ގުޅޭ ގޮތުން ކުރިން ދެއްކެވި ވާހަކަފުޅާއި މިހާރު ދައްކަވާ ވާހަކަފުޅު ދިމާނުވުމުން ގިނަ ބަޔަކު އަންނަނީ މީސް މީޑިއާގައި އޭނާ އަށް ފާޑުކިޔަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

34 ކޮމެންޓް

  1. ހުހް

    ޝެއިހް ހުސައިން ރަޝީދަށް ނޭނގެނީތަ މުނާފިގުން ނަރަކައިގެ އެންމެ އަނޑިއަށްދާކަން؟ މިބައިގަނޑުފެނުނީމާ ހަގީގަތް ގަބޫލުކުރަން ބޭނުންނުވަނީބާއޭ ހިތަށްއަރާ

    99
    1
    • މާޒިނާ

      ހުސެންރަޝީދަކީ ޝެއިޚުންގެ ލެވެލް އަށް ކިޔަވާފަހުރި މީހެއް ނޫން. ޕާކިސްތާނުން ނުކިޔަވައެކޭ ނޫން. އެކަމު މާބޮޑު އިލްމެއް ހުރި މީހެއްނޫން. އަމިއްލަޔަށް ޝެއިޚް ހެދިގެން އުޅެނީ. މީނާގެ ފެންވަރު ހާމަވަމުން މިހިރަދަނީ.

      42
  2. އަބްދުއްލާ

    ހެދުން އެޅުމާއި ބެހޭ ގޮތުން ހުސައިން ރަޝީދުގެ ރައުޔު ބަދަލުވީ ސިޔާސީ މަގާމު ލިބުނު ފަހުން!

    11 މިނެޓް ކުރިން ( ސެޕްޓެމްބަރު 18, 2019 )

    އެއުޅެނީ ފުރުސަތު ލިބުނީމަ ގެންގުޅޭދައި ވެސް ފޫގަޅިޖަހައި ގެން ނެރެ ބީޗްގަ އައިލަވްޔޫ

    ދައްކާކަންނު.

    51
    1
  3. މުސްލިމެއް

    ޢަހްޒާބް ސޫރަތް 59 ވަނަ އާޔަތް ބަައްލަވާ، އަންހެން ކަބަލުން ހެނދުން އަޅަންވީގޮތް ވްހީކުރައްވާފަ ވަނީ،،

    74
  4. Anonymous

    މީނާ އަކީ ދައްޔޫސެއް

    61
    1
    • އަލިބެއްޔާ

      ދައްޔޫސުންނަކީ އަނބިމީހާ ހިލޭ ފިރިހެނުންނާއި އެކު ޖިންސީ ގުޅުން ހިންގާކަން އެނގި ހުރެ އެކަމާއި މާބޮޑު އަޅާލުމެއް ނެތި ނޭނގޭ ކަމަށް ހެދި، ވަރިހަމަ ކޮށްގެން ހުންނަ މީހާ..

      15
      1
  5. މަޖީދު

    އެވެސް ހުސެން ރަޝީދު، މިވެސް ހުސެން ރަޝީދު. ޕޮލިހުން ބަލައިދެންވީ މީހަމަ އެކަކުތޯ. މަށަށް ހަމަ ވަރަށް ވައްތަރު. އެކަމަކު އެހާ ތަފާތުކޮށް އެކަކު ވާހަކަ ދައްކަފާނެކަމަށް ހަމަ ގަބޫލު ނުކުރެވެނީ.

    65
    • އަހްމަދުބިންސައީދު

      އޭރު ޝޭޚު ހުސެން ރަޝީދު، މިހާރު ސޭކު ހުސެން ރަޝީދު.

      10
  6. ބޮޑުމީހާ

    ތިޔަބުނާ ޙުސައިން ރަޝީދަކީ މުނާފިގެއްގެ ސިފައިގަ އަހަންނަށް ސިފަކުރެވޭމީހެއް އޭނާއަކީ ދެފަހަރު ދެގޮތްތަށް ވާހަކަދައްކާ މީހެއް
    އޭނާ ދައްކާ ވާހަކަ ޤަބޫލުކުރަން ހެޔޮނުވާނެ

    60
    2
  7. ސިޔާސީ ސޭކު

    އޭރުވެސް ރައުޔު ނެރުނީ ސީދާ މައުމޫނައް ޖެއްސުމާ ފުރައްސާރަކުރުމަށް، މިހާރުގެ ރައުޔުއަކީ އޭނާގެ މަގާމުގެ ދަހިވެތިކަމުދެ ބޭނުމުގެ ރައުޔެއް. އިންސާފުން ހަމަހަމަ ވިސްނުމެއްގައި އެއްވެސްކަމެއް މިސޭކުކުރާހެނެއް ހިޔެއްނުވޭ.

    64
  8. ކައިޒީން

    ކުރިން ބުނީ ދީނީ އިލްމުވެރިންގެވާހަކަ މިހާރު އެބުނީ އޭނަގެ އަމިއްލަ ބަސް. ލާދީނީ ސޭކު

    64
    1
  9. ާާާޢަލީ

    ތީހާދަމޮޅުގޮތެކޭދޯ ވަގުތާ ހާލަތާ ބޭނުންވީމަ ދީނުގެ ކަންތައް ތައް ބަދަލުކޮއްލަން ....ތިވަރުން ދީނީވާހަކ ަަަަަަަަަަަަަަަަަަަަަ ނުދައްކާ ތިބެބަލަ..

    49
    • Anonymous

      ތިޔަމީހުން ތިހެން ގުޅެނީ
      ޔަހޫދީންއެއަށް ބަދަލުގެނެސް ގެންއެގެން ގުޅޭފޮތްކަމަށްވާނީ

  10. ލޮލް

    ތިތިބީ ދުނިޔެއާހެދި މޮޔަވެފަ!
    އިލްމުވެރިން ގޮއްފުޅަގިބައިގަޑެއްހެންވެފަ!
    އެކަމު ހަތަރެތިން އެކަތިވެސް ބޯހަމަނުޖެހޭ!
    ހެއިޖެހޭތޯ ނިއްކުރީ އިނގިލި ޖައްސާށޭ ބުނޭ!
    ކުޑަކުދިންވެސް އެވަރުކުރާނެ ޔަގީން!
    ނުކިޔަވާތިބި މީހުން ދަންނަބޭކަލުންނަށް ކިޔަވަދޭންޖެހިފަ މިއޮތީ!
    ރޯނު އެދުރައްވެފަ ތިއޮތީ!
    ނޭނގޭ އެއްޗެއްވެސް ނެތް އިނގޭ އެއްޗެއްވެސް ނެތް!
    ކުރިންބުނީ ލޯއެކަނި ފެންނަވަރަށްް ބައިންދާށޭ!
    މިހާރު ކިޔަނީ މަގުމައްޗައްދާއިރު ހެދު

    47
  11. ކާފަދ

    ނައިބުން ފެންވަރަށްވުރެ ހައިސިއްޔަތު ދަށް މަޤާމެއް މީ. ކަމެއް ހުރި މީހަކަށް ނުވަނީތާ

    12
  12. موسى

    اޙައްގު އެނގިހުރެމެ، ދުނިޔޭގެ ދަހިވެތިކަމުގައި لله سبحانه وتعالىގެ އާޔަތްތައް ކުޑަ އަގެއްގައި ވިއްކާލާފި މީހާ ދުނިޔޭގައި ވެސް އާޚިރަތުގައި ވެސް ފަޟީޙަތްވެ ނިކަމެތި ވަމުން ދާ މަންޒަރު ފެނި، މިކަމުން ވެސް އިބުރަތް ހާސިލްކުރެވޭނީ ހެޔޮވިސްނޭ ބަޔަކަށް!

    26
  13. އަޙްމަދް

    ތިޔައީ ހިތްއެދޭ ވެރިކަމަށް عقيدة ބަދަލުވާ ޝޭޙުން
    ތިޔައީ ސިޔާސީ މާގާމުގެ އަޅުން
    ތިޔައީ ސީޔާސީ މީހުންގެ އަޅުން
    ތިޔައީ ޙަގީ ދެމޫނުގެ އަހުލު ވެރިން
    ތިޔަބައި މީހުން ނުބައި ނުލާފާވެގެން ނުދައްކާކަށް ވާހަކައެއް ނުކުރާކަށް ކަމެއް ނޯއްނާނެ.
    ތިޔަކަހަލަ ޢަގީދާގެ މީހުންނަކީ އުއްމަތައް ޖެހިފައިވާ
    ބޮޑުބަލާވެރިކަމެއްކަހަލަ ބައެކެވެ..

    18
  14. ސަންދުރަ:

    ތިޔަބުނާ ޙުސައިން ރަޝީދަކީ މުނާފިގެއްގެ ސިފައިގަ އަހަންނަށް ސިފަކުރެވޭމީހެއް އޭނާއަކީ ދެފަހަރު ދެގޮތްތަށް ވާހަކަދައްކާ މީހެއް
    އޭނާ ދައްކާ ވާހަކަ ޤަބޫލުކުރަން ހެޔޮނުވާނެ

    13
  15. ރައުޔު

    ދިވެހިންގެ ހިތްތަކުގައި މީސްމީހުންގެ މައްޗަށް ނަފުރަތާއި ރުޅިވެރިކަން އުފެއްދި އެދުރެއް. ބޭރުގެ ޖަމާޢަތްތަކުން އެހީ ހޯދައިގެން ދިވެހިރާއްޖެއަށް ދީނީ ހަރުކަށިކަން ފަތުރަން އައްޑުއަތޮޅުގައި ސްކޫލެއް ހިންގި އެދުރެއް. މިކަންކަން މި މީހާ ކުރާތީ އޭރުގެ އޮތް ސަރުކާރުން ސްކޫލް ބަންދުކުރީމާ ދީން ކިޔަވައިދިނުމަށް ސަރުކާރުން ހުރަސްއަޅަނީ ކިޔައިގެން ހުއްޓާނުލައި ގޮވަމުންދާ އަމިއްލަ އެދުމުން ފުރިފައިވާ މީހެއް.

    13
    1
  16. ަަައަސްލޭ

    މަޢުމޫން އިރުގާ މަޢުމޫން ވިދާޅުވަމުން ގެންދެވީ އެގޮތަށް ވަކި ބުރުގާއެއް މަޖުބޫރެއް ނޫނޭ ބޭނުމީ އައުރަ ނިވާކުރާށޭ އެއިރު މީނާ އުޅުނީ ބޮޑުކަން ދައްކާ މަޢުމޫން ކާފަރަކަށް ހަދަން ކަމަކާ ޖެނުނީމާ މަޢުމޫނަށް ވީވަރުވެސް ނުވާނެ،

    10
    1
  17. ޝައިޚް

    މިތިބީ ފަހުޒަމާނުގައި ފައުޅުވަނޭކަމަށް ރިވާޔަތްތައް އައިސްފައިވާ ވައްތަރުގެ ޢިލްމުވެރިންނެވެ. މި ފަދަ ޢިލްމުވެރިންގެ ސަބަބުން އިސްލާމްދީން ފަސާދަވާނޭކަމަށާ މީސްތަކުންގެމެދުގައި ދީނީ ހަމަނުޖެހުންތައް ގިނަވަނޭކަމަށާ ފިތުނަފަސާދަ އިތުރުވާނޭކަމަށާ މިކަމުގެ ސަބަބުން ޖާހިލުކަން އުއްމަތުގައި ވަކިހިތްޕާލާނޭކަން އޮތީ އަންގަވާފައެވެ.

    20
  18. ސައްދާމް

    ރައޔިތުންނޭވެ ވިސްނަވާށެވެ.

    13
  19. މިނިވަނާ

    ހުސައިން ރަޝީދު އާއި ނުވެސް ގުޅޭ މަގާމެއް.... ވެދާނެ އަނބިކަބަލުންނަކީ ބޭރު މީހެއްވީމަ....ފަސޭހައަކަށް.......

    12
  20. ހަސަންކޮއި

    ކަލޭލިޔެފައިވާވަރަށްގިނަފޮތް އަހަރެންއަތުގަ
    އެބަހުރި އެހުރިހާފޮތްތައްމިއަދުނައްތާލާނަން

    13
  21. ދޮންސޮރު

    ޕާޓީ ވިޔަސް ދީން ވިއްކާ ނުލާށެވެ ﷲގެ އަަަަާޔަތްތަކާ ކުޅިވަރު ނުކުޅޭށެވެ އަހަންނަކީ އިލްމު ވެރިޔެއް ނޫނެވެ ހަމަޔަގިީނުންވެސް ކިިީރިތި ރަސޫލާ އަށް ކުޑައިމިސް ބަހެއް ބުނާ ކޮންމެ މީހަކީ އަހަރެންގެ ދުޝްމަނެކެވެ ކެނެރީ ޕަަާޓީގެ މީހުންނާ ކަލޭ ގުޅިގެން ތިއުޅެނީ އެމީހުންނަކީ ރަސޫލާ އަށް ފުރަށްސާރަ ކުރާބައެއްކަން އެގިހުރެގެންނެވެ

    22
  22. ހޭހަން

    ތިޔަހަރީ މާބޮޑަށް އެނގިފަ. ދެން ދޭ ފެންވަރަން.

  23. ހުވަދޫ ޑޮކް

    ޞްބްހާނަﷲ މިއީ ކިހާދެރަވަރުކަމެއްތޯ؟؟ މިއީ މިގަޢުމުގެ ދީނީ ޢިލްމުވެރިންގެ ޢަޤީދާ މިހާރު ހުރިމިންވަރު ކަމަށްވަންޏާ ކުރިމަގުގައި މިޤަޢުމުގެ " ދީނީ މިނިވަންކަން" އޮންނާނެ ހިސާބަކާއި މެދު ފިކުރުކޮށްލަމާ !! ކީރިތިވަންތަ ﷲ ބަސްފުޅުގައި އަޢުރައަކީ ކޮބައިކަމާއި އަދި ހެދުން އެޅުމުގެ މިންވަރަކީ ކޮބައިކަން ގްރުޢާންގައިވާ ހަދީސްތައް ޝޭޚްމެންނަށް ހަނދާންނެތުތީ ހިތާމަ ކުރަން!! ޔާﷲ އަޅަމެންނަށް މި ޤަޢުމުގައި އިސްލާމީ ވަންތަކަމާއި އެކު އެކަލާނގެ އެންގެވި ހެޔޮގޮތުގައި އުޅެވޭނެ މަގުތަނަވަސް ކޮށްދެއްވާންދޭވެ!!

    11
    1
  24. ހުސައިން

    ދެރަވޭ ތިޔާ ޝޭޚް ނެރެފައިވާ ޙަދީސްފޮތެއް އަޅުގަނޑުއަތުގައި އެބައޮތް. އެ ކީމީހަކުވެސް ތިޔާ ސޭކު ދެކެ ރުޅިއަންނާނެ. އަދި އެފޮތް ނެރެނީވެސް މި ގައުމުގައި ފިތުނައުފައްދަމުންދާ ކަލޭގެ ލައްވާ. މާތް ﷲ މި ޝޭޚައް ތެދުމަގު ދައްކަވާށި.

    14
  25. ހަޒީނާ

    ސޭހު ތިބުނާގޮތުން ކަރުދާސް ފޮށިގަނޑެއް ބޮލުގައަޅާލައިގެން ނުވަތަ ތޮތްޕެއް ބޮލުގަ އަޅާލިޔަސް ބުރުގާ އެޅިކަމައް ވާނީ ދޯ..

  26. ރާއްޖެ

    އަރަބި ބަހުގެ ޑިޕްލޮމާއެއް އޮތީމަ ޝޭހަކަށްވޭތަ؟

  27. އަލިބެ

    އިލްމުވެރިންނޭ ކިޔާފަ ވަޒީފާއަށްޓަކާ ދީން ވިއްކާ މީހުންތީ.

  28. ސަމާލު

    މީ ޝެޔްޚު އިބްލީސް މިކަލޭގެކަމަކީ މީހުންނައްދީންއޮޅުވާލުމާ މީހުންމަގުފުރެއްދުން މިކަލޭގެ މިހިރީ އިބިލީސްކައިރިން ދަރިވަރުވެފަ ސަމާލުވޭ

  29. ޢަފްލާ

    ޢައްޝޭޚް ހަލާކު

  30. އަނިޔާ

    ބޭނުމީފައިސާ ދޯޙުސެން