ނިއުޔޯކް ކޮންވެންޝަންގައި ދިވެހިރާއްޖެއިން ސޮއިކޮށްފިއެވެ.

ކޮންވެންޝަން އޮން ރިކޮގްނިޝަން އެންޑް އެންފޯސްމަންޓް އޮފް ފޮރިން އާބިޓްރަލް އެވާޑްސް (ނިއުޔޯކް ކޮންވެންޝަން)ގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ މިހާރު އެމެރިކާ އަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ބަންޑާރަ ނައިބް އިބްރާހިމް ރިއްފަތެވެ.

ނިއުޔޯކް ކޮންވެންޝަންގައި ދިވެހިރާއްޖެއިން ބައިވެރިވުމަށް ވަޒީރުންގެ މަޖިލީހުން 2010 ވަނަ އަހަރު ވެސް ނިންމިއެވެ. ރައްޔިތުންގެ މަޖިލީހުންވެސް ވަނީ ރުހުންދީފައެވެ.

މިމުޢާހަދާގައި ރާއްޖެއިން ބައިވެރިވުމުގެ ބޭނުމަކީ، ބޭރު ދައުލަތްތަކުގެ ތަޙްކީމުގެ ނިންމުންތައް ބަލައިގަނެ ތަންފީޒު ކުރެވޭނެ ނިޒާމެއް ރާއްޖޭގައި ޤާއިމުކުރުން ކަމަށާއި އަދި އޭގެ ސަބަބުން ބޭރުގެ އިންވެސްޓަރުންނަށް ރާއްޖޭގައި އިންވެސްޓް ކުރުމަށް ރަނގަޅު މާޙައުލެއް ޤާއިމު ކުރެވި، ރާއްޖެއަށް ބޭރުގެ ގިނަ އިންވެސްޓްމަންޓްތަކެއް ވަނުމުގެ ދޮރު ހުޅުވިގެންދިއުންކަމަށް ރައީސް އޮފީހުން ކުރިން ވިދާޅުވެފައި ވެއެވެ.

މި ކޮންވެންޝަނުގެ ސަބަބުން ބައިނަލްއަޤުވާމީ އާބިޓެރަރީ ކޯޓު ތަކުގައި ނިންމާ ނިންމުންތަކަށް އަމަލުކުރުމަށް ދިވެހިރާއްޖޭގެ ކޯޓުތަކަށް ވެސް ލާޒިމު ވާނެއެވެ.

ނިއުޔޯކް ކޮންވެންޝަންއަކީ 1965 ވަނަ އަހަރުން ފެށިގެން އާބިޓްރޭޝަން މައްސަލަތަކަށް ހައްލު ހޯދައި ދިނުމުގެ މަސައްކަތް ކުރަމުންދާ ކޮންވެންޝަނެކެވެ.

ރާއްޖެއަކީ މި ކޮންވެންޝަންގައި ސޮއިކުރި، 161 ވަނަ ގައުމެވެ.

ރާއްޖެއިން ވަނީ މިދިޔަ މަހުގެ ކުރީކޮޅު ސިންގަޕޯ ކޮންވެންޝަން އޮން މީޑިއޭޝަން މުއާހަދާގައި ވެސް ސޮއިކޮށްފަ އެވެ. އެއީ މީޑިއޭޝަން މެދުވެރިކޮށް ނިންމާ ވިޔަފާރީގެ މައްސަލަތަކުން އުފެދޭ ބައިނަލްއަގްވާމީ ސެޓްލްމަންޓް އެގްރީމަންޓުތައް، މުއާހަދާގައި ބައިވެރިވާ ގައުމުތަކުން ބަލައިގަނެ، އެ ގައުމުތަކުގައި އެ އެއްބަސްވުންތައް ތަންފީޒުކުރުމުގައި ގައުމުތަކުގެ މެދުގައި އެއް އުސޫލުތަކަކާއި އިންތިޒާމްތަކެއް ގާއިމުކުރުމަށް އެކުލަވާލެވިފައިވާ ބައިނަލްއަގްވާމީ ގާނޫނީ އޮނިގަނޑެކެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ރަތްޔިތުންނޭވެ

    އަނެއްކާ މިކަލޭގެއައް އެބައެގޭތަ މީނައައް މިކުރެވެނީ ކިހާވަރެެއްގެ ކަމެއްކަން. މިހެން މިބުނީ ނާގާބިލް މީހެއްވީމަ.

    9
    2
  2. ރެނޑޭލި

    ރަނޑު ގޮތެއް ހުންނަ ސޮރެއް. އެމެރިކާ މީހުންނާ ވަރަށް ގުޅޭ ސޮރެއް އުތަ؟