ހއ.އިހަވަންދޫގައި އާއިލާ އަށް ވެސް އަދި އިތުރު އެހެން މީހަކަށް ވެސް ބަނޑުބޮޑުކަން ނޭނގި ދިވެހި ނަހަލާލަށް ރޭ ކުއްޖަކު ވިހޭ އަންހެން މީހާ އާއި އޭނާގެ ތުއްތު ދަރިފުޅަށް އިތުރު ފަރުވާ ދިނުމަށް އެއަތޮޅު ދިއްދު އަށް ގެންގޮސްފިއެވެ.

އުމުރުން 20 އަހަރުގެ އަންހެން މީހާ ރޭ ވިހާފައި ވަނީ އޭނާގެ ދިރިއުޅޭ ކޮޓަރީގައެވެ. "ވަގުތު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ދެމައިން ރޭ ދިއްދު އަށް ގެންދިޔަ އިރު ވެސް ހާލު ރަނގަޅެވެ.

ދުވަސް ނުފުރާ އަންހެން މީހާ ވިހެއީ އަންހެން ކުއްޖެކެވެ. އެކުއްޖާގެ ބަރުދަނުގައި ހުރީ 1.5 ކިލޯ ކަމަށް މައުލޫމާތު ލިބެއެވެ.

އޭނާ ބަނޑުބޮޑުކަން އާއިލާ މެންބަރުންނަށް އެނގުނީ ވެސް މިރޭ ވިހެއުމުން ކަމަށް އާއިލާ މެންބަރުން ބުނެއެވެ.

އަންހެން މީހާ އާއި އޭނާގެ ދަރިފުޅަށް ފުރަތަމަ ފަރުވާދިނީ އެރަށު ސިއްހީ މަރުކަޒުންނެވެ.

އެރަށުން ވާހަކަދެއްކި މީހަކު ބުނީ އަންހެން މީހާ މަސައްކަތް ކުރާ ފިހާރައިގެ ވަޒީފާ އަށް ހޯމަ ދުވަހު ވެސް އޭނާ ދިޔަ ކަމަށާއި ބަނޑުބޮޑުކަން ބަލާބެލުމުން ފާހަގަ ނުވާ ކަމަށެވެ.

މިކަމާއި ގުޅިގެން ރަސްމީ އިދާރާއެއްގެ ބަހެއް އަދި ނުލިބެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ދަންސޫރަ

    ނުޖެހެ ރަސްމީއިދާރާގެ ބަހެއްލިބޭކަށް އެކުއްޖާޔަށް އެއވެސް އަދަބެއްދީގެން ނުވާނެ

    18
    29
  2. އީދު

    މައިންބަަފައިންނަށް ތިމާގެ ދަރި ބަނޑުބޮޑުނޫންކަން ނޭނގުމަކީ މަށްސަލައެއް. އާންމުކޮން މަޔެއްގެ ބަނޑަށް 8/9 މަސްވާނެ. ތި އަންހެންކުއްޖާ ދުވަސްނުފުރާ ވިހިކަމުގައިވީނަމަވެސް ގޭ،ތިމާމެ މީހުން ނުވަތަ ރައްޓެހިންނަށް އެނގޭނެ! ހެޔޮ ގޮތްމިންވަރުކޮއް، ކުޑަ ތުއްތު ދަރިފުލުއަދި މަންމަގެ ހާލަށް ރަނގަޅުގޮތް މިންވަރުކުރަށްވާށިއެވެ. (އާމީން)

    39
    1
  3. ާައަސްލަމް

    މައިން ބަފައިންނަކަށް ދަރިންކުރާ ޒިނޭތަކެއް ނުފެންނާނެ ކުރާނުބައި ކަންތަކެއްވެސް ނުފެންނާނެ. ސަބަބަކީ ދަރިން ޒިނޭއްކުރަނީ މައިން ބަފައިންގެ ލޯމަތީގައެއްނޫން

    27
    4
  4. ދަންސޫރަ އަށް

    ތިކަހަލަ މީހުންނަކީ މިގައުމުގެ ހަލާކު

    15
    5
  5. ީްއިހަވަންދޫ

    ބޭބީ
    ނިޔާވެއްޖެ

    2
    1
  6. ޕައްލަންބޭ

    ކޮބާތަ ބެޑްޝީޓް؟

    5
    1