ހއ.އިހަވަންދޫގައި އުމުރުން 20 އަހަރުގެ އަންހެނަކު ރޭ ވިހޭ ކުއްޖާ މިއަދު ހެނދުނު ނިޔާވެއްޖެއެވެ.

"ވަގުތު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ކުއްޖާ ނިޔާވީ ދިއްދޫ އަތޮޅު ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށް މިއަދު ހެނދުނުގެ ވަގުތެއްގައެވެ.

އިހަވަންދޫ އިން "ވަގުތު" އަށް މައުލޫމާތު ދިން މީހަކު ބުނީ ކުއްޖާ ނިޔާވީ ސަރުކާރުގެ އިދާރާތަކުން ކުއްޖާ އަށް އެކަށީގެންވާ ސިއްހީ ފަރުވާ ފޯރުކޮށް ނުދިނުމުގެ ސަބަބުން ކަމަށެވެ.

"ދުވަސް ނުފުރާ އުފަންވި ކުއްޖަކަށް ފަރުވާ ދެވޭނެ ވަސީލަތެއް ދިއްދޫގައި ނެތް. ނަމަވެސް ކުޅުދުއްފުއްޓަށް ގެންދިއުމުގެ ބަދަލުގައި ގެންދިޔައީ ދިއްދޫ އަށް. ދިއްދޫ ހޮސްޕިޓަލުން ބުނީ ކުއްޖާ މާލެ ގެންދަން. ރޭ މެންދަމު ތިނެއް ޖަހާ ކަންހާއިރު އާސަންދަ ހަމަޖެހިގެން ފަތިހު ފަހެއް ޖެހިއިރު ޓިކެޓް ލިބުނީ. އޭރު ހޮސްޕިޓަލުން ބުނެފި މިހާރު ކުއްޖާ އޮތީ ތަނަކަށް ގެންދެވޭ ވަރަށް ވުރެ ހާލު ދެރަކޮށޭ. މަރުވަންދެން ބާއްވާށޭ." މައުލޫމާތު އެނގޭ ފަރާތަކުން ބުންޏެވެ.

ދުވަސް ނުފުރާ އަންހެން މީހާ ވިހެއީ އަންހެން ކުއްޖެކެވެ. އެކުއްޖާގެ ބަރުދަނުގައި ހުރީ 1.5 ކިލޯ ކަމަށް މައުލޫމާތު ލިބެއެވެ.

އޭނާ ބަނޑުބޮޑުކަން އާއިލާ މެންބަރުންނަށް އެނގުނީ ވެސް ރޭ ވިހެއުމުން ކަމަށް އާއިލާ މެންބަރުން ބުނެއެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

 1. Anonymous

  ފުރާނަމިލްކުވެގެނއވާ ފަރާތުން ވަގުތު ޖެހުމުންގެންދަވާނެ ކޮންމެ ސަރުކާރެއްއޮތަސް

  23
  1
 2. ޔަހުޔާ

  إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُونَ‎ ތުއްތު ކުޑަ ދަރިފުލަށް ސުވަރުގޭގެ ދާއިމީ ނިއުމަތް ދެއްވާށިއެވެ. ނިޔާވި ކުއްޖާގެ މަންމަ އަވަހަށް ތައުބާވާށިއެވެ. އިހުމާލްވި ދައުލަތުގެ އެއްމެހާ ފަރާތްތަކަށް ހައްގު އަދަބުދީ ހާދިސާ ތަހްގީގްކޮއް އަލަންޖެހޭ އެއްމެހާ ފިޔަވަލުތައް އެލުމަށް ގޮވާލަން. (ހެލްތް މިނިސްޓަރ/ ޖެންޑާ ފެއިލް)

  26
  2
 3. އެމް.ޑީ.ޕީ

  ރައިީސް ޔާމިން ސަރުކާރުގަ އާސަންދަ އަށް ރިކުއެސްޓް ކޮއްލާ އިރަށް އިންނަނީ ލިބިފައެއްނުން

  11
  15
 4. ގަޑަގަޑަޖިންނި

  ކޮބާ މަބުނީމެއްނު ވަރަށްރަނގަޅަށް ބަލަހައްޓަންވާނޭ.

  9
  1
 5. މުއްތު

  ހަމަ ކަމެއްގޯވީމަ އެއީ ސަރުކާރުންކުރިކަމެއްތަ އެކަންދިމާވީ ވިޔާނުދާކޮށް އުޅުނީމަ

  19
  3
 6. އެމްޑީޕީ މައުމޫނު

  إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُونَ

  59
 7. ހޭހަން

  އެކުއްޖާ މަރާލަން ކުރެވުނުހާ ކަމެއް ކޮށްވެސް ނުވެއްޓުނީނޫންތަ؟ ނުކަސިޔާރުގޮތުގާ ކަންކުރަންވީމާ ވާނީ ތިފަދަ ގޮތެއް!

  16
 8. truth

  إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُونَ
  aslu ekamaku hurihaa mauloomaath thakeh liyun varah muhihmu… hospital kuhveri nukoh…. miy kan boduvaa kamakiy..media thakun ebba vaahaka fathuraathi… try to tell the full story guys...

  10
  2
 9. އައްޓަމަސް

  1- އިހަވަންދޫއިން "ވަގުތު"އަށް މައުލޫމާތުދިންމީހަކުބުނީ ކުއްޖާނިޔާވީ ސަރުކާރުގެއިދާރާތަކުން ކުއްޖާ އަށް އެކަށީގެންވާ ސިއްހީ ފަރުވާ ފޯރުކޮށް ނުދިނުމުގެ ސަބަބުން ކަމަށެވެ.
  2- އޭނާ ބަނޑުބޮޑުކަން އާއިލާ މެންބަރުންނަށް އެނގުނީ ވެސް ރޭ ވިހެއުމުން ކަމަށް އާއިލާ މެންބަރުން ބުނެއެވެ.
  އާއިލާމެންބަރުންނަށްވެސް ސިއްރުކޮއްގެން ހުރީޔޯ؟ ހަމަ ސަރުކަރުގެ އިހުމާލުތަ؟
  ސަރުކާރުންބުނީބާ ކައިވެނިންބޭރުން މީހުންނައި ގުޅުންހިންގަން؟

  26
  5
 10. Jazeera raaje

  eyna gaaiga hahdhu Jahan jehey ny e varu bodhethi farfa kuraakah nuvaane dho?

  15
  1
 11. ޗަކަންބޯ

  ސަރުކާރު ގޯސް ކުރަން ކޮންމެހެން ނޭނގޭ ވާހަކަ ނުދައްކާތި......???????????????????????????????????????????????????????????????????????????????????????????????????????????

  23
  24
 12. މީހަކު

  إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُونَ
  ހަރާމް ކަމެއްކަން ގަބޫލްކުރަން، އެކަމު ގަބޫލް ކުރަންޖެހޭ އެކަށޭނަ ސިއްހީ ފަރުވާ ރާއްޖެ ތެރެއިން ލިބެން ނެތްކަން.. މިކަމުގައި ކުއްޖާގެ އެއްވެސް ކުށެއްނެތް

  34
  3
 13. އަފީ

  ހަމަވި ހަ ންވީ މަޖިލިސސްރައީސް ހަވާލުވާނެ
  އަދި އަމުދުން ކައިވެނީގެބޭރުން އަދި މިސަރު
  ކާރުން ހައްދެއްވެ ސްނުޖަ ހާނެ ؟
  މާރަސްްްކަލާންގެނަ ހީ ކުރައްވާފަވާ ހުރިހ ހާކަމެއް
  މިސަރުކާރުންކޮއްދޭނެ

  1
  1
 14. Anonymous

  إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُونَ