ސައިންޓިފިކް ހެލްތު އެންޑް މެޑިސިން ޖާނަލްއެއް މިއަދު ނެރެފިއެވެ. މިއީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ނެރުނު ސައިންޓިފިކް ޖާނަލްއެެވެ.

ހެލްތު އެންޑް މެޑިސިންގެ މި ސައިންޓިފިކް ޖާނަލް ލޯންޗްކޮށްފައިވަނީ އޭޑީކޭއިން ކުރިޔަށްގެންދާ ބްރެއިން އެންޑް ސްޕައިން ކޮންފަރެންސްގެ ފެށުމުގެ ރަސްމިއްޔާތުގައެވެ.

އޭޑީކޭއިން ނެރުނު މި ޖާނަލް ލޯންޗް ކޮށްދީފައިވަނީ ހެލްތު މިނިސްޓަރ އަބްދުﷲ އަމީންއެވެ.

މި ރަސްމިއްޔާތުގުއި ރާއްޖޭގެ ނަން މަޝްހޫރު ނާރުގެ ޑޮކްޓަރ ޑރ.ނިޔާފް ވިދާޅުވީ، މި ޖާނަލްގެ އެޕްލިކޭޝަން އޮކްޓޯބަރ އެއް ވަނަ ދުވަހު ނެރޭނެ ކަމަށެވެ. މި އެޕްލިކޭޝަންގެ ބޭނުމަކީ ހުރިހާ ޑޮކްޓަރުން ގުޅުވައިދޭ ނެޓްވޯކެއް ގާއިމްކޮށް ދިނުން ކަމުގައިވެސް އޭނާ ވިދާޅުވިއެވެ.

މޑރ. ނިޔާފް ވިދާޅުވީ، މި އެޕްލިކޭޝަންގެ ޒަރިއްޔާއިން ދުނިޔޭގެ އެކި ތަންކޮޅުތަކުގެ ސިއްހީ ދާއިރާގެ މާހިރުންނާއި ގުޅުވާދޭނެ ކަމަށެވެ. އަދި ހަމައެޔާއެކު ޕޭޝަންޓްގެ ހާލަތު ޕޭޝަންޓްގެ ޑޭޓާއާއި އެކީގައި ޝެޔާ ކުރެވޭނޭ ކަމަށެވެ.

ބްރެއިން އެންޑް ސްޕައިން ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތު - ވަގުތު އިމޭޖްސް: މުހައްމަދު އަފްޒަލް

އަދި ޑޮކްޓަރުންގެ ލަފާއާއި ސުވާލުތަކަސް ވަގުތުން ވަގުތަށް ރެސްޕޮންޑް ވެވޭނޭ ކަމަށެވެ. އޭގެ ސަބަބުން ޕޭޝަންޓްގެ ހާލަތު ރަނގަޅަށް އެނގި ކުރާ ސުވާލަށް ޖަވާބު ދިނުމަށް ފަސޭހަވެގެން ދާނޭކަަމަށް ޑރ ނިޔާފް ވިދާޅުވިއެވެ.

" ރާއްޖޭގެ އެހެން ރަށެއްގައި ހުންނަ ޑޮކްޓަރަކު ހޮސްޕިޓަލްއަށް ސްޓްރޯކްއެއް ޖެހިގެން ޕޭޝެންޓެއް ގެނައުމުން ސްރޯކެއްތޯ ޔަގީން ކުރުމަށް ފުރަތަމަ މި ގުޅަނީ ނިއުރޯ ޑިޕާޓްމެންޓްއަށް. ނިއުރޯން ޑިޕާޓްމެންޓްއިން އަޅުގަނޑުމެންނަށް ގުޅުމުން އެތައް ވަގުތެއް ފަހުން އެ ޑޮކްޓަރެއްގެ ސުވާލަށް ޖަވާބު ދާރީވެވެނީ. އެއީ ހަމައެކަނި އަގަބަހުން ކިޔާދޭ އެއްޗަކަށް ބިނާކޮށް. ޕޭޝެންޓްގެ އެއްވެސްޑޭޓާއެއް ނެތި ސްރޯކެއްކަން ޔަގީން ކުރަންވެސް ވަރަށް އުނދަގޫ. ގިނަ ފަހަރަށް މިހެން ޔަގީން ކުރުމުގެ ތެރޭގައި ޕޭޝެންޓަށް ފަރުވާ ކުރަން ލިބޭ ވަގުތު ކޮޅު ބޭކާރު ވެގެންދޭ. " ނިޔާފް ވިދާޅުވިއެވެ.

މިއަދު ނެރުނު އެ ޖާނަލްއަކީ ރާއްޖޭގެ މެޑިކަލް އިންސްޓިޓިއުޝަނެއް ނުވަތަ ސިއްހީ ހިދުމަތްދޭ ތަނަކުން މިފަދަ އިލްމީ ދިރާސާއެއް ކުރުމަށް ފަހު ނެރުނު ފުރަތަމަ ޖާނަލްއެވެ.

ސައިންޓިފިކް ޖާނަލްތަކަކީ ސައިންސްގެ ބޭނުންކޮށް އެކި ދާއިރާތަކުން ދިރާސާ ކުރުމަށް ފަހު ނެރޭ އިލްމީ ފޮތެކެވެ.