ބަންގްލަދޭޝްގެ މަސައްކަތު މީހުން އެއް އަހަރު ދުވަހަށް ރާއްޖެ ގެނައުން އިކޮނޮމިކް މިނިސްޓްރީން މަނާކޮށްފިއެެވެ.
އިކޮނޮމިކް މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރ ފައްޔާޒް އިސްމާއިލް ވިދާޅުވީ މި ނިންމުމުގެ ސަބަބުން ކުރިޔަށް އޮތް އަހަރު ދުވަހުގެ ތެރޭގައި ބަންގްލަދޭޝްއިން އެއްވެސް ކަހަލަ "އަންސްކިލްޑް" (ތަމްރީން ލިބިފައި ނުވާ) އެއްވެސް މަސައްކަތު މީހެއް އެތެރެ ކުރުމަށް މިނިސްޓްރީން ހުއްދައެއް ދޫ ނުކުރާނެ ކަމަށެވެ.
އެހެންނަމަވެސް އެހެން މަސައްކަތްތަކަށް ބަންގަލަދޭޝް ރައްޔިތުން ގެނެވޭނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ފައްޔާޒު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ރާއްޖޭގައި ވަޒީފާ އަދާކުރަމުން އަންނަ ބިދޭސީންގެ ކަންކަން ހައްލުކޮށް، ޤާނޫނާއި ހިލާފަތް އުޅޭ ބިދޭސީންގެ މައްސަލަ ހަރުދަނާ ކުރުމަށް ހާއްސަ ޓާސްކްފޯހެއް އެކުލަވާލާފައިވާ ކަމަށެވެ.
މި ޓާސްކް ފޯސް އެކުލަވާލާފައިވަނީ ޗެއާ ޕާސަނަކަށް އިކޮނޮމިކް މިނިސްޓަރ، ޑިފެންސް މިނިސްޓަރ، ހޯމް މިނިސްޓަރ، ފޮރިން މިނިސްޓަރ، އެޓާނީ ޖެނެރަލް، ޕޮލިސް ކޮމިޝަރ، އިމިގްރޭޝަން ކޮންޓްރޯލަރ، ލޭބަރ ރިލޭޝަން އޮތޯރިޓީ، މޯލްޑިވްސް ޓުއަރިޒަމް އެސޯސިއޭޝަނެވެ.
ޤާނޫނާއި ހިލާފަތް އުޅޭ ބިދޭސީންގެ މައްސަލަ ހައްލު ހޯދުމަށް ގިނަ މަސައްކަތްތަކެއް ކުރަން ނިންމާފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ، އެއްވެސް މަޝްރޫއަކަށް ބިދޭސީން ގެންނަން ކޯޓާއަށް އެދޭނަމަ އެ ބަޔަކަށް ކޯޓާ ދޫކުރާނީ އެ މަޝްރޫއެއް ކޯޓްގައި ރަޖިސްޓްރީކޮށް އެ ލިޔެކިޔުންތައް ހުށައެޅުމުން ކަމަށެވެ.
މިނިސްޓަރ ވިދާޅުވީ، މިކަމަށް އެހާ ގިނަ ދުވަހެއް ނަގާފައިވަނީ ކުރިއަށް އޮތްތަނުގައިވެސް ވަރަށް ވިސްނައިގެން ކަންކަން ކުރިއަށް ގެންދިއުމަށް ބޭނުންވާތީ ކަމަށާއި މިކަމުގެ ސަބަބުން އިގްތިސޯދަށް އަސަރެއް ނުކޮށް ކަން ކުރިއަށް ގެންދިއުމަށްޓަކައި ކަމަށެވެ.
“ވަގުތު އަޅުގަނޑު މެންނަށް މި ނެގީވެސް ކުރިއަށް އޮތްތާންގައިވެސް އަޅުގަނޑުމެން ހަމަ ވަރަށް ވިސްނުންތެރިކަމާއި އެކީ މިކަން ކުރިއަށް ގެންދަން ބޭނުންވަނީ. އަޅުގަނޑުމެންގެ އިގްތިސޯދަށް ނޭދެވޭ އަސަރެއް ނުކޮށް، އަޅުގަނޑުމެންނަށް މިކަންކަން މިއޮތް މިހާދުވަސްވެފައިވާ މިހާ ބޮޑު މައްސަލައެއް ހައްލުކުރުމަށް ވިސްނުންތެރިކަމާއެކު ކަންކަން ކުރިއަށް ގެންދިއުމައްޓާ."
ކޮންމެ ގައުމަކުންވެސް ރާއްޖެއަށް ގެނެވޭނީ 150،000 އަންސްކިލްޑް ލޭބަރުންނެވެ. ރާއްޖޭގައި މިހާރު ގަވާއިދާއި ހިލާފަތް އުޅޭ ބަންގްލަދޭޝް މީހުންނާއި އެކު އެ އަދަދު ހަމަވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
"މިހާރު ކަން ވެފައި އޮތް ގޮތުން ވެއްޖިއްޔާ ބަންގްލަދޭޝްއިން އިތުރަކަށެއް މީހުން ވެއްދޭކަށް ނެތް މިވަގުތަށް. އެ ކޯޓާ އޮތީ ހަމަވެފައި،" ފައްޔާޒު ވިދާޅުވިއެވެ.
އެއްވެސް ކަހަލަ ހުނަރެއް ތަމްރީނެއް ނެތް ބަންގްލަދޭޝްގެ މަސައްކަތްތެރިން ގެނައުން ހުއްޓާލިއަސް އަދާއި ހަމައަށް ވޯކް ޕާމިޓަށް އެޕްލައި ކޮށްފައި ތިބި ފަރާތްތައް މިކަމުގެ ތެރޭގައި ހިމެނިގެން ނުދާނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
ބަޔަކު މީހުން މުއްސަނދިވާނެ އިތުރު މަގެއް ހުޅުވާލީ.
ރަނގަޅު ނިންމުމެއް. އެކަމަަަކު... ތަންފީޒު ކުރެވޭނެބާ.
މިނިސްޓަރު ގެ ނިންމެވުމަކީ ގިނަބައެއްގެ މަޝްވަރާތަކަކަށްފަހު ގެނައި ހެޔޮބަދަލެއްކަން ގަބޫލު ކުރަން.
މިމީހުނަށް ހީވާކަހަލަ ދެން ނުގަވައިދުން އުޅޭ ބޮންދުން ހޯދަން ކުންފުނިތަކުން ދުއްވައިގަންނާނެއޭ. އެމީހުންނަށް ވަޒީފާދީ އެމީހުން ގަވައިދައް ފެތުނިއްޔޭ އޭރުން. ހިތުން މޮޅުއެއްޗެއް މިޖެއްސީ. ވާނުވާ ނޭންގިގެން ދިވެހިންނެއް ނޫޅޭ.
ކަލެޔައް ކަންނޭންގެ މިއުލެނީ ވާނުވާ ނޭންގިގެން
މީ އަލަކަށް ކުރާ ކަމެއް ނޫން. ކީއްވެތަ އެވާހަކަ ނުޖެހީ. ކުރިން ވެސް މިގޮތަށް މަނާކޮށް ރެގުލަރައިޒް ކުރަން ހުޅުވާ. ނަމަވެސް ޤަވައިދާ ޚިލާފް މީހުން އަމިއްލަ މަސައްކަތުން ލިބޭ ލާރި ގިނަވީމަ ބަދަލުވެފަވެސް ފިލަނީ.
އަހަމްދު ލިއްލަހި
ދެން ކަލޭމެނަށް ހީވަނީތަ މަގުތަކުގަ ވޯރކަޕާމިޓްނެތި ނުގަވައިދުން އުޅޭ ބޮންދުން ކުންފުނިތަކުން ނަގާ އެމީހުނަށް ގަވައިދަށް އުޅެން މަޖުބޫރުވީއޭ؟؟؟ ގަމާރު ސަރުކާރު މިހިނގަނީ ގަމާރު އަންނީގެ ގަޅި ސިކުނޑިން.
ޜާއްޖެތެރޭގެ ރަށްރަށުގަ ޚާއްޞަކޮށް ދަނޑުވެރި ކަން ކުރާ ރަށްރަށުގަ ވަގަށް އުޅޭމީ ހުންތައް ބައިވަރު އެމީ ހުންތައް ހިފާ ހަހއްޔަރުކޮށް ޑީޕޯރޓް ކޮށްބަލަ ތިބިތާ ތިބެ ގޮނޑި ހޫނު ކޮށްގެން ކުރެވޭނެ ކަމެއް ނޯން ނާނެ
ތިހެން މަނާ ކުރާނެ އެކަމު ހަމަ ބޯކޮށް އެތެރެވޭ ވާގޮތެއް އެނގޭ މީހަކު ހަރާމް.. ކުރިޔަށްވުރެއް ގިނަ ކަންނޭނގެ ދެންވާނި..
އިންޑިއާއިން ގެރި އެތެރެކުރެވޭނެ އެކަމަކު.
ވަގުތު ދިނުމަށްފަހު ހުއްޓާލުން ބުއްދިވެރި
ކުއްލިއަކަށް ހުއްޓާލުމުން މިހާރު ގެންދާ ޕްރޮޖެކްޓްތަކަށް ގޮންޖެހުމެއް އަންނާނެ.
ވަގުތު ނުދީ ހުއްޓާލުމުން ކުދި ވިޔަފާރިތަކަށް ލިބޭ ގެއްލުން
މަދުވެގެން 20 ދުވަސް ވަރު ދީފަ ހުއްޓާލި ނަމަ ކެފޭއަށް ކޯޓާއަށް ލާފައިވަނީ. މީ ވަރަށް ބޮޑު ގެއްލުމެއް
ކަލޭވެސް މަގިމަތިން ބޮންދުންނަގާ ކެފޭ ނަމުގަ ރަޖިސްޓްރީކުރޭ މިމީހުން މިކުރަން ޖެއްސި ކަމަކީ އެއީ. ނުގަވައިދު ބޮންދުން ގަވައިދައް ފައްތަނީއޯ.
ބަންގްލަދޭޝްގެ އަންސްކިލްޑް ލޭބަރުން ގެނައުން އެއްކޮން މަނާކޮށް ގައިން ޠާހިރުވާން އިނގޭ ޤައުމެއްގެ ލޭބަރުން ގެނޭ.
ދެން އެތެެެވާނީ މުޅިންވެސް މެނޭޖަރުން!
ރިސޯޓްތަކުގައި ވެއިޓަރުންނާއި ރޫމްބޯއި، ރިސެޕްޝަނިސްޓުންނަށް ތިބެނީ “ސްކިލްޑް” މެނޭޖަރުން ސުޕަރވައިޒަރުން. ވޯކްޕާމިޓްގަ އޮންނަނީ އެގޮތަށް! ށެންތާރާ ކިޔާ ރިސޯޓެއްގަ އިންޖިނޭރުންނަށް ގެންނަމީހުން ތިބެނީ ކުނިކަހަން. !
ٱلْـحَـمْـدُ للهِ
ތިޔަ ކަުމުގެ ސަބަބުން ކޮންސްޓްރަކްޝަން އިންޑަސްޓްރީގެ އަގުތައް އުފުލި ވަރަށް ބޮޑަށް ގެދޮރު އަޅާ މީހުންނަށް ދުއްތުރާ ޖެހޭނެ... މިއީ އިންޑިޔަ އާއި އެކު ވެފައިވާ އެއްބަސް ވުމުގެ ދަށުން އިންޑިޔާގެ ލޭބަރުން އެތެރެކުރަން ޖަހާ މަޅިއެއް 50 ހާސް ލޭބަރުން އިންޑިޔާއިން އެތެރެ ކުރާނެ... މިއީ ވަރަށް ރޭވިގެން ހިންގާ ހަރަކާތެއް... އިންޑިޔާ އިން އެހީ ވީ މިކަމުގައި ލޭބަރުން ވާނީ ހަމަ ލޭބަރުންނަށް އިންޑިޔާގެ ލޭބަރުން ވެސް ގަވާއިދާ ޚިލާފަށް ރާްއްޖޭގައި އެބަ އުޅޭ... ދެން ވަގު ލިޔުން ހައްދައިގެން އަންނަނީ ރިސޯޓް ތަކަށް ވެސް ދެން އިންޑިޔާ މީހުން ގެންނާނީ މިއީ އުފާ ކުރާ ވަރުގެ ކަމެއް ނޫން އަދި ހިތާމަ ކުރާނެ
150،000މީހުން ހަމަކުރުމަކީ ކޮންމެހެން އައުލާ ކަމެއްތަ؟ހަމަ ނޭވާ ލައިގެން ބޭރުތެރޭގަ ނޫޅެވޭވަރުވެފަ މިިިއޮތީ! ދިވެހީންގެ ކަންނެތްކަން ފިލާތޯވެސް އުޅެން ވެއްޖެއެއްނު؟ ތިކަމާހުރެ އަހަރުމެންގެ ކަންނެތްކަވެސް މިވަނީ ބޮޑުވެފަ! ސްކިލްޑްލޭބަރސް އެތެރެ ކުރާއިރު ކިތައް އަންސްކިލްޑް މީހުން އެތެރެވޭތޯ/އެތެރެކުރޭތޯ އެކި ނަންނަކުމުގަ ކަންކަން އެނގޭކަމަށް ހެދިހެގެން/ހައްދައިގެން؟ކިތައް ޑރ ން ކިތައް ޓީޗަރުން އެތެރެރެވޭތޯ ވަގު ސެޓްފިކެޓާ އެކު؟
ދެން އުފެދޭ ސުވާލަކީ ބަންގާޅީން އެކަނިތޯއޭ ބިދޭސީންނަށްވަނީ؟ އެތެރެކުރުން މަނާ ކުރަންވީ 1 އަހަރު ދުވަހަކަށްނޫން! ތިމައްސަލައަށް ހައްލެއް ގެނެވެންދެން އެތެރެކުރުން މަނާ ކުރަންވީ! ތިގޮތަށް ޢަމަލުކުރުމަކީ ތިމަކަށްއޮތް ހައްލެއް ކަމަށް ނުދެކެން. ހައްލަކީ ބިދޭސީން ވީހާވެސް މަދުކުރުން. ބޭނުންވަނީ މިގޮތް.
ވަރަށް ރަނގަޅު ނިއްމުމެއް...ނަމަވެސް މީ އިންޑިޔާ މީހުންގެންނަން ޖަހާމަޅިއަކައް ނުވާނެބާ...؟؟!!!!!
ބައެއް މީހުން ހައްދު ފަހަނައަޅާތީ މައްސަލަައަކީ
ލޮނުމެދު ކެއުމުގެ ތަމްރީނު ކޮންމެ ބަނގަލާ މީހެއްގެ ކިބައިގަވެސްް ހުންނާނެ... ޓަޓާސް ޓަސް...
ފުުސަތުދޭނެކަމެއްނެތް..ޑީޕޯޓު ކުރޭ މުޅިގައުމު ހަލާކުކޮއްފި މަގުމައްޗައް ކުޅުޖަހަމުން މީހުންގެމޫނަށް ކެއްސާނީ އަބަދު ތިބޭނީ ނޭފަތްކޮއްޓަކޮއްޓަ ފިހާރަތަކުގަ ތިބޭމީހުން އަބދުނޭފަތަށް އަތްބާނައިގެން..ބަލިމަޑުކަމުގެ ކޮޅެއްނެތް މިގައުމުގަމިހާރު ...މުޑުދާރުކަމުން ހައްދުފަހަނަ އަޅާފަތިބިބައެއް...ލަންކާ އިންޑިޔާއިން މީހުންގެނެޔަސް މާތާހިރުވާނެ...ފުނުވާލާ އަނެއްކާ އަނެއްބައިލައްކަމީހުން އިތުވީ..މިހާރުވެސް އުޅޭއަދަދު އެގޭނެ ހަމއެކަކުނުހުންނާނެ..ފޮވާލާ އެންމެން
މިއީ އިންޑިޔާ މީހުންނައް ޔާމީން ދައުރުގަ ވިސާ ހުއްޓުވާލުމުން ލިބުނު ގެއްކުމާއި ގެއްލުނު ބިދޭސީ ވިސާތަކުގެ ފުރުސަތު އަލުން ހޯދަދޭން ކޮއްގެން އުޅޭކަމެއް. އެހެން ވެގެން ވަކި ގައުމެއްގެ މީހުންގެ ކޯޓާ އެ ހުއްޓުވީ.
ދެން ކީއްވެ ވަކި ހަމަ އެކަނި ބަނގްލަދޭޝްމީހުން މަނާކުރީ.. ކޮބާ އިންޑިޔާ މީހުން.. ؟ ޔަގީން މީ އިންޑިޔާއިން ބުނެގެން އިންޑިޔާ ރައްޔިތުންނައް ގިނަ ވޯކް ވިސާތަކެއް ދޭން ޖައްސައިގެން އުޅޭ ޑުރާމާއެއްކަން.
މީ ކަންފަތުން އަޑުއަހާލަން ރީތި ނިންމުމެއް. އެވިދާޅުވާ ތަމްރީނެއް ލިބިފައިނުވާކަން އެގެނިީ ގެންނަތާ މާފަހުން. ދެންވެސް އަންނާނީ ހަމަ ބަންގާޅިން.
މީވަރަށްވިސްނާފާ ކުރިކަމެކޯ. ބޭރުމީހުންގެކަންތައް ބަލާދިރާސާކުރަން ޓާސްކްފޯހެއް އުފެއްދީ އިއްޔެ. މިނިންމުން ނިންމީ މިއަދު. ކިހާ ވަރަކަށް ވިސްނާފާހުންނާނެ. ނުކާ ނުބޮއި ނުނިދާ ވަރަށްދުރަށްވިސްނާފާ މިނިންމީ. އަސްލު މީރޮކެޓެއް. ބޭނުމަކީ އިންޑިޔާ މީހުން މިރާއްޖޭގައި ގިނަކުރުން. އޭރުންނު އިންޑިޔާގެ ބާރު މިތާނގާ ގަދަވާނީ.
ސަރުކާރު އިތުރަށް ބަނގޫރޫޓު ވުމުގެ ބޮޑު އަލާމާތެއް ބަނގުލާމީހުންގެ ސަބަބުން ސަރުކާރަށް ބޮޑުފައިދާއެއްވާނެ ތިވީގޮތުން އެއްފިޔަވަލު ފަހަތަށް ސަރުކާރު ވެއްޓުނީ.
ދެން ބަންގާޅުން އަންނާނީ މުޅިން "ތަމްރީނު ލިބިފައި" ތިބި މީހުން. ޙަޤީޤަތް އެގޭނީ ރާއްޖެ އަންނަތާ މާފަހުން. މިއެޅި ފިޔަވަޅަކުން ވަކި ޙައްލެއްނެތް.