މާލޭގައި ދިރިއުޅޭ މީހުން ދަތުރު ދިއުމަށް ސަރުކާރުން ހަމަޖެއްސި "ޕިކްނިކް އައިލެންޑް"ގެ މަސައްކަތް ކުރުމަށް ހަތް ކުންފުންޏަކާއި ހަވާލުކޮށް އެއްބަސްވުންތަކުގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުންތަކުގައި ސޮއިކޮށްފައިވަނީ ކްރޮސްރޯޑް މޯލްޑިވްސްގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. އެ ޕިކްނިކް އައިލެންޑްގެ މަސައްކަތް ކުރުމަށް ހަވާލުކޮށްފައިވާ ހަތް ކުންފުންޏަކީ

  • - އައިމާ ކޮންސްޓްރަކްޝަން
  • - ސާސްއީ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް
  • - އެލިއާ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް
  • - އެޗްއެސްޕީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
  • - ކުރިހަރަ ކޮންގޔޯ ކޯ ލިމިޑެޓް
  • - އެސްއެލްޕީ ގްރޫޕް
  • - ލަމާ ގްރޫޕް ޕްރައިވެޓް ލިމިޓެޑް

ސިންހަ އެސްޓޭޓުން ބުނީ، ޕިކްނިކް އައިލެންޑް ތަރައްގީ ކުރުމަށްޓަކައި އެ ހަތް ކުންފުނިން ކުރާނީ ތަފާތު މަސައްކަތްތައްކަމަށެވެ. ސިންހަ އެސްޓޭޓުން ބުނީ، އެ މަޝްރުއު ކުރިއަށްގެންދަނީ، ދިވެހި ކުންފުނިތަކާއި އަދި ދިވެހިންނަށްވެސް ފައިދާ ކުރާނެގޮތަކަށްކަމަށެވެ.

މާލެ އާއި މާ ދުރުނޫން ހިސާބެއްގައި ތަރައްގީ ކުރާ މި ރަށަށް ގާތްގަނޑަކަށް ފަނަރަ ވަރަކަށް މިނެޓްގެ ތެރޭގައި ދެވޭނެއެވެ. އަދި މި ރަށުގައި ބީޗް އެކްޓިވިޓީސްތަކާއި ބާބަކިޔު ހެދޭނެ ވަސީލަތްތައް ޤާއިމުކުރާނެއެވެ. އަދި ބީޗް ސްޕޯޓްސް އާއި ވޯޓާ ސްޕޯޓްސްގެ ޚިދުމަތްވެސް ލިބެން ހުންނާނެ ކަމަށް ޕްލޭނިންގ މިނިސްޓްރީން މަޢުލޫމާތު ދެއެވެ.

މީގެ އިތުރުން، މި ރަށް ތަރައްގީވެގެންދާއިރު، ކުޑަކުދިންނަށް ހާއްސަ ކިޑްސް ކްލަބް އާއި ފެމެލީ ރޫމްސް އަދި އަންހެނުންނާއި ފިރިހެނުންނަށް ވަކިން ޗޭންޖިން ރޫމް ގެ އިތުރުން ލައިފްގާޑުން ވެސް މި ރަށުގައި ތިބޭނެ ކަމަށް އެ މިނިސްޓްރީން މަޢުލޫމާތު ދެެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޑޮކުޓަރު

    މާލޭމީހުނައް ޕާކުތައް ތަރައްގީ ކޮއްދީ ޕިކުނިކު އައިލެންޑު ހަދާއިރު އަހަރަުމެން ރަށު ގަ ފެން ލޮނުކަމުން ލޮލުން ދިލަ ނަގާހާލު މިތިބީ ނަޖިސް ފެން ހިންދަން މިޖެހެނީ ބިމައް އެފެނެނުން ފެން މިވަރަނީ ވަރައް ސަޅި ތި ހަދާގޮތް އަހަުމެން ވެސް ދައްކަނީ ޓެކުސް

  2. ބެއްޔާ

    ބަދަލުގައި ކޯންޗެއްބާ. އެދުމެއްނެތި ވެދުމެއް ނުކުރާނެ. ފޮރުވިފައިވާ އެޖެންޑާ 19 އަކީ ކޮބާ. 19 މިލިޔަންތަ. ތިރަށްތައް ހުރިގޮތަށް ބަހައްޓާފަ ބަދަލުގަ މިލިޔަނުން ދޭން ނުޖެހިއްޖެއްޔާ ނަސީބެއް. މާޒީން އިބްރަތް ހާސިލުކުރާށެވެ. ކުށްވެރިނުވާ ގޮތަކަށް ވައްކަންކުރަނީ. މިމީހުންނަށް މިތިބެނީ ކިހިނެއްވެފަބާ.