ބޭރު ގައުމެއްގެ ސިފައިން ރާއްޖެ އަތުވެދާނެ ކަމުގެ ބިރުވެރި ކަމެއް ނެތް ކަމަށް ޑިފެންސް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ޑިފެންސް މިނިސްޓްރީން މިހެން ވިދާޅުވެފައިވާއިރު ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ރާއްޖޭގައި އުފެދިފައިވާ ސިޔާސީ ހަމަނުޖެހުންތައް ހައްލު ކުރުމަށް އިންޑިއާ ސިފައިން ރާއްޖެ އަށް ފޮނުވައިދިނުމަށް އިންޑިޔާ އަށް ގޮވާލާފައެވެ.

ޑިފެންސް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ވިދާޅުވީ އެހެން ގައުމެއްގެ ސިފައިން ރާއްޖެ އަށް އެރުމަށް ގޮވާލާ ގޮވާލުންތައް ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށާއި މިއީ އިންޑިޔާ އާއި ރާއްޖެ އާއި ދެމެދު އޮތް ޒަމާންވީ ގުޅުމަށް ބުރޫ އެރުވުމުގެ ގޮތުން ކުރާ ކަންތައްތަކެއްގެ ގޮތުގައި ސަރުކާރުން ދެކޭ ކަމަށެވެ.

އަދި މިފަދަ ވާހަކަތަކުން ހުރިހާ ފަރާތްތަކުން ވެސް ދުރުވެ ތިބުމަށް ޑިފެންސް މިނިސްޓްރީން ވަނީ ގޮވާލާފައެވެ.

ބަޔަކު މީހުން ގޮވާލި ނަމަވެސް އިންޑިޔާ އިން އެފަދަ ކަމަކަށް އިޖާބަ ނުދެއްވާނެ ކަމަށް ސަރުކާރުން ގަބޫލުކުރާ ކަމަށާއި ބޭރު ގައުމެއްގެ ސިފައިން ރާއްޖެ އަތުވެދާނެ ކަމުގެ ބިރެއް ކަމެއް ނެތް ކަމަށްވެސް ޑިފެންސް މިނިސްޓްރީން ވިދާޅުވިއެވެ.

މީގެއިތުރުން މި ބަޔާނުގައި ވަނީ ރާއްޖެ އަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެހެން ގައުމެއްގެ ސިފައިން ރާއްޖެ އަށް ފޮނުވައިދިނުމަށް ދިވެހި ސަރުކާރުން އެދިފައިވާ ކަމަށް ބުނެ ފަތުރަމުންދާ ވާހަކަތައް ވެސް ދޮގުކޮށްފައެވެ. އަދި ރާއްޖޭގެ މިނިވަން ކަމަށް ބުރޫއަރާނެ ފަދަ ކަމެއް ކުރަން އެއްވެސް ފަރާތަކަށް ސަރުކާރުން ޖާގަ ނުދެއްވާނެ ކަމަށްވެސް މި ބަޔާނުގައި ވިދާޅުވެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ދަތްދޫނި

    ދުނިޔޭގެ 3 ވަނަ ބޮޑު ހަނގުރާމަ ފެށޭނީ އޭސިޔާގެ ބައްރުގެ ތެރެއިން ކަމަށް ހަނގުރާމަ ދިރާސާ ކުރާ ފަރާތް ތަކުން ބުނޭ

  2. ނީލަމް

    ކޮބާ މީ މަނުބުނެގެންތަ. ހަމަ ދެގައުމުގައި އޮތް ގާތްގުޅުމަށް ބުރޫ އަރުވަން ދައްކާހާ ވާހކއއ.އިންޑިޔާ އާއި ގުޅުން ކަނޑާލާއިގެން ކިހިނެއް އަހަރުމެންނަށް އުޅެވޭނީ. ބަލިވިޔަސް އިތުރު ފަރުވާ ހޯދަން ހަމަ ދާން އޮތީ އެތަނައް ވިއްޔަ. ނަރުހުން ،ޓީޗަރުން އަދި ޑޮކްޓަރެއް ވެއްޖެއްޔާވެސް ރާއްޖޭގަ އުޅޭނީ އިންޑިޔާ މީހުން. ޗައިނާ މީހުންގެ ބޭނުމެއް ނުހިފޭނެ އެހެން ޤައުމުތަކަށް ????

  3. ދދ

    އިންޑިއާގެ އެކިއެކި އޮފިސަލުން ރާއްޖެއަށް
    ސިފައިން ފޮނުވަން ޖެހިދާނެކަމަށް ބުނުމަކީ އާދައިގެ ކަމެއްގެ ގޮތުގައި ނުނެގޭނެއެވެ އެއީ
    ވަރަށް ބުރަދަން ހުރިވާހަކައެކެވެ ދިވެހިންގެ
    ހިތްތަކުގައި ބިރުވެރިކަމާއި ނުތަތަވަސް ކަމާއި
    ނާމާންކަން އުފއްދައްދައި ނަފްސާނީ މައްސަލަ
    ތައްއުފެދޭފަދަ ނުރައްކާތެރި ވާހަކައެކެވެ.

  4. ދަބަދާ

    ރާއްޖެ އަށް އިންޑިއާ ސިފައިން ނުފޮނުވާނެ ކަމުގެ ޔަގީންކަން ވަނީ ލިބިފައި އޮތް ޚަބަރު އެންމެ ފަހުން އިންޑިއާ އަށް މަޖްބޫރުވީ އެއް ނޫންތޭ ބުނަން. އިންޑިއާ އަކީ ދެން އެމެން ކުރި އެއްވެސް ހަނގުރާމަ އަކުން މޮޅުވި ބަޔެއް ނޫން ދޯ ދެން އެމެން މާލެ އަށް އަރައިފިނަމަ އެމެންގެ ފާތިހާ ދުވަސް އެމެންގެ މައިންބަފައިންނަށް އެެގުނަސް ރަނގަޅޭ މަމެން ބުނަން ނެތީމު ދޯ. އެހެންވެ ބިރުން ރާއްޖެ އަށް އަރަން ހަމަ ޖެހިފައި އޮތް އިންޑިއާ ސިފައިން ތައް ބީރު ބޮލު ބޮޑޭ ގާތު ރޮއި އާދޭސް ކުރި އަރެ މެރެޔާރޯ އާއު ބަޗާއޯ ބަޗާއޯ އޭ ބުނުމުން ބީރު ބޮލު ބޮޑޭ ބިރުން ގިވް އަޕް ކުރީއޭ މަމެން ބުނަން ނެތީމު ދޯ. ދީސް އާރ ދަ ތިންގްސް އައި ކާންޓް އިގްނޯރ. އޯއް ޔޭއް. އިންޑިއާ ސިފައިން މަމެންނާއި ކޮންފްރަންޓް ކުރަން އައި ނަމަ އިޓްސް ގޮނާ ސަކް އިންޑިއާ މީހުންނަށް ދޯ. އައި ކުޑް ލައިކް އިޓް ޓިލް ދަ ޑޭ ދެޓް އައި ޑައި ޑައި ޑައި ޑާއި ޑާއި ޑާއި.

  5. ޖޮއްބެ

    އިންޑިއާ އަކީ ވަރަށް މުނާފިގު ބައިގަނޑެކެވެ. އަޑިއަޑިން ގުޅިފައި މި އޮންނަނީ ބާޣީ ނަޝީދުއާ އެވެ. ސިފައިން ފޮނުވައިގެން ގަދަބާރުން ވެރިކަން ފޭރިގަންނަންވެގެން އުޅެނިކޮށް ޗައިނާއިން ބަވާލާ ސައިޒް ކޮށްލިހައިރުން ޖެހިފޮޑި ބުޑަށް ވަދެ ގެރިމޯދީ މެން މިހާރުތިބީ އަނގަ އައްޕަތެއްހެން ހަދައިގެންނެވެ. ސޮނިވެއްޓޭ އޭނާގެ އަތްބައިން ރަނގަ ހުސްވެގެން ހުކުން އަޅަންވެގެން އުޅެނިކޮށް ޗައިނާއިން އެ ގަނޑު އަތުލުމުން ދެންމިހާރު ތިބީ ހަތަރުއުދަރެސް ފެނުޖެހިފައެވެ.