ޗައިނާ އާއި ރާއްޖޭގެ ޒަމާންވީ ގުޅުން ހީނަރުވާފަދަ ވާހަކަތައް ނުދެއްކުމަށް ޕީޕީއެމް އަދި ޕީއެންސީ ހިމެނޭ އިދިކޮޅު ކޯލިޝަނުން، ކުރީގެ ރައީސް އަދި މިހާރުގެ ރައްޔިތުން މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދަށް ގޮވާލައިފިއެވެ.

އިދިކޮޅު އިއްތިހާދުން ޕީޕީއެމްގެ އޮފީހުގައިމިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީއެންސީގެ ނައިބު ރައީސް ހުސެން ޝަރީފް (މުންދު) ވިދާޅުވީ މި ދެގައުމުގެ ޒަމާންވީ ގުޅުމަށް ހީނަރުކަން އަންނަގޮތަސް އެއްވެސް ފަރާތަކުން ވާހަކަނުދެއްކުމަށް އިލްތިމާސްކުރާ ކަމަށެވެ.

"ޗައިނާ އަކީ ދިވެހި ރާއްޖޭގެ ތަރައްގީގެ ވަރަށް މުހިންމު ބައިވެރިއެއް، އަދި ހާރިޖީ ގޮތުން މި ގައުމާ ވަރަށް ގާތް ގުޅުމެއް ޒަމާނުއްސުރެ އޮންނަ ގައުމެއް. އެހެން ކަމުން އެ ގުޅުމަށް ބުރޫއަރާ ގޮތަށް ވާހަކަފުޅު ދެއްކެވުން ހާއްސަކޮށް މަޖިލީހުގެ ރައީސް ހުއްޓަވާލަދެއްވުމަށް އަޅުގަނޑުމެން އިލްތިމާސް ކުރަން" މުންދު ވިދާޅުވިއެވެ.

އިދިކޮޅު ކޯލިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުން - ވަގުތު އިމޭޖްސް: އަޝްހާދު އަބްދުﷲ

މީގެ އިތުރުން މުންދު ވިދާޅުވީ ޗައިނާއޭ ކިޔައިގެން ރައީސް ނަޝީދު ދައްކަވާ ވާހަކަތައް ދެއްކުމުން އެއަށް ރައްދު ދެއްވާ މަންޒަރު ފެންނަ ކަމަށާ އަދި އެއީ ޗައިނާއަށް ލިބިގެންވާ ހައްގެއް ކަމަށެވެ. ޗައިނާއިން ރައީސް ނަޝީދުގެ ވާހަކަފުޅުތަކަށް ދެއްވާ ރައްދުތަކުން އެމަނިކުފާނު ކަނޑައެޅިގެން ހައްދަވަނީ އިތުރުފުޅުކަން ސާބިތުވާކަމަށް އޭނާ ވިދާޅުވިއެވެ.

އެހެން ކަންތައް ކުރެއްވުމުގެ ސަބަބުން މުސްތަގުބަލުގައި ރާއްޖެއާ ޗައިނާއާ ދެމެދުގައި އޮންނަ ގުޅުން ހީނަރުވުމަކީ މިއަދު ސިޔާސީ މަޝްރަހުގެ ތެރެއިން ވާކަމެއް ކަމަަށް މުންދު ވިދާޅުވިއެވެ. އަދި އާހިރުގައި އެކަމުން ދެރަވާނީ ދިވެހި ރައްޔިތުންނަށާއި، ރާއްޖޭގެ ކުރިއެރުމަށް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ އެއް ގައުމަކީ ޗައިނާކަން ފާހަގަކުރައްވަމުން މުންދު ވިދާޅުވީ، ޗައިނާ އަކީ ތަރައްގީގެ މުހިންމު ބައިވެރއެއް ކަމަށެވެ. އަދި މިފަދަ ކަންކަމުގެ ސަބަބުން ޗައިނާ ފިޔަވައި އަދި އެހެން ގައުމުތަކުންވެސް ރާއްޖެއަށް ކުރާ އިތުބާރު ގެއްލުމަކީ ކައިރީގައިވާކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

މުންދު ވިދާޅުވީ ރައީސް ނަޝީދު ދައްކަވާ މި ވާހަކަފުޅުތަކަކީ އެހެން ގައުމެއްގެ ނޫސްތަކުގެ ފަލަ ސުރުހީ އިން ޖާގަ ހޯދެއްވުމަށް ކުރާ ކަމެއް ކަމަށެވެ. އަދި އެފަދަ ކަންކަމާ އިދިކޮޅު އިއްތިހާދުން ކަންބޮޑުވާކަމަށް މުންދު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ނިހާން09

    ތި ބައިގަނޑު ހެޔޮދޯ އިންޑިޔާ އާއި ރާއްޖެ ޖައްސަން ކޮންމެފަދަ ވާހަކައެއްވެސް ދައްކަން.....

    3
    29
    • ޢަބްދުއްލާ

      ތީއޮޅުމެއް ތިޔަ MDP ކުުރިންވެސް އަދި މިހާރުވެެސް ގެރިގޮރޭ މެންވަރެއް ނެތިގެން ކާބަފައިންގެ ހަރުމުލަލަށް ދަންދެން GMR ދިނީވެސް.

    • ސުޖާތާ

      ޢިންޑިއާ އިން ކޮން ކަމެއްތަ ކޮށްދީފަ އޮތީ ދިވެހިން ބެ ސް ސފަރުވާއަށް ދާތީ އެމީހުނަށް މޮޅީ ބަލާ ޓްރިވެންޑްރަމަށް އައިބަަދަލު ހަމަދިވެހިންގެ އަތުން ލިބުނުފައިސ ސާ އިން ތަރައްގީ ކޮށްފަ އެއޮތީ

  2. ޢަބްދުއްލާ

    އިދިކޮޅު ކޯލިޝަނުން ރައީސް ނަޝީދުއަށް: ޗައިނާ އާއި ރާއްޖޭގެ ގުޅުން ހީނަރުވާފަދަ ވާހަކަތައް ނުދައްކާ

    1 ގަޑިއިރު ކުރިން ( ސެޕްޓެމްބަރު 18, 2019 )

    ސާބަހޭމޮންދޫ

  3. މާރިޔާ

    ހީވޭތަކަމެއްހެން