ރާއްޖޭގައި މިހާރު ދިމާވެފައިވާ އެންމެ ބޮޑެތި މައްސަލަތަކުގެ ތެރޭގައި ހިމެނޭ ބިދޭސީ މީހުން ގިނަވުމުގެ މައްސަލަ ހައްލު ނުކުރެވިއްޖެނަމަ އިކޮނޮމިކް މިނިސްޓަރުގެ މަގާމުން އިސްތިއުފާދެއްވާނެ ކަމަށް ފައްޔާޒު ވިދާޅުވެއްޖެއެވެ.

މިގޮތަށް ފައްޔާޒު ވިދާޅުވީ، މިއަދު ސިވިލް ސަރވިސް ކޮމިޝަން އިމާރާތުގައި ހުންނަ އިކޮނޮމިކް މިނިސްޓްރީގެ ލޭބާ ޑިޕާޓްމަންޓްގައި ރެގިއުލަރައިޒޭޝަން ޕްރޮގްރާމް އާއި ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުންނެވެ.

ފައްޔާޒު ވިދާޅުވީ، މި ސަރުކާރުން ބިދޭސީންގެ މައްސަލައަށް ދޭ އަހައްމިއްޔަތުކަން ފެނިގެންދާނެ ކަމަށާއި، އެގޮތުން ފުރަތަމަ ކަމަކަށް ރެގިއުލަރައިޒޭޝަން ހިމެނޭ ކަމަށެވެ.

ސަރުކާރާއި ގުޅިގެން ބިދޭސީންގެ މައްސަލަ ހައްލުކުރަމުންދާއިރު އެކި ފަރާތްތަކުން މިނިސްޓަރ އާއި ގުޅުވައިގެންވެސް އެކި ކަހަލަ ވާހަކަ ދައްކަމުންދާކަން އޭނާއާ ފާހަގަ ކޮށްފައިވެއެވެ. އެ ވާހަކަތަކާއި ގުޅިގެން މިނިސްޓަރ ވިދާޅުވީ އެއީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް ކަމުގައެވެ.

ފައްޔާޒު ވިދާޅުވީ، އޭނާއާ ގުޅޭގޮތުން ދައްކަމުން އަންނަ ވާހަކަތައް ނުބަލައި ބިދޭސީންގެ މައްސަލަތަކަށް ހައްލު ގެންނަވާނެ ކަމަށާއި ހައްލު ނުވެއްޖެނަމަ އިސްތިއުފާ ދެއްވާނެ ކަމުގައެވެ.

"މިކަން ހައްލު ކުރާނަން. ހައްލު ނުކުރެވިއްޖެނަމަ އަޅުގަނޑު މި މަގާމުގަ ނުހުންނާނަން" ފައްޔާޒު ވިދާޅުވިއެވެ.

ބަންގްލަދޭޝް އިން ތަމްރީނު ދާއިރާއިން މީހުން ނުގެންނަން ނިންމި ނިންމުމަކީ ކޯޓާ ވިއްކުމަށް ވަގުތުން ވަގުތަށް އޮތް ހައްލެ ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

އަދި ގާނޫނާ ހިލާފަށް އުޅޭ ބިދޭސީންގެ އަދަދު މަދުވެގެން 50،000 އަށް ވުރެ މައްޗަށް އަރާނެ ކަމަށްވެސް ފައްޔާޒު ވިދާޅުވިއެވެ.

ބިދޭސީންގެ މައްސަލަ ހައްލުކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދުކެވެ. އަދި އެކަން ހައްލު ކުރުމަށް ހާއްސަ ޓާސްކް ފޯސްއެއް ވަނީ ހަދާފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ހުވަދޫ ޑޮކް

    ބިދޭސީންގެ މައްސަލަ ހައްލުވީކަމަށް މިނިސްޓަރ ގަބޫލް ފުޅުކުރައްވާނީ 2 ތިން ބިދޭސީން ޑީޕޯރޓް ކޮށްލި ވާކަހަ ނޫސްތަކުގެ ހެޑްލައިނަށް އެރުމުންތޯ ؟ ނޫންނަަމަ މަނިކުފާނުގެ ނަޒަރުގައި ބިދޭސީންގެ މައްސަލަ ހައްލުވި ކަމަށް ބައްލަވާނީ ކޮންމިންގަނޑެއްގަތޯ؟ މި ކަންމި ޤަޢުމުގެ ރައްޔިތުންނަށް ސާފްކޮށްދެއްވާ، އަމިއްލަފުޅަށް ތިޔަގޮތަށް މީޑިއާ ސްޓަންޓެއް ޖެއްސެވުމުގެ ބަދަލުގައި ! މިނިސްޓަރަށ

  2. 1111

    ހައްލު ކުރެވޭނީ ބިދޭސީން ވީހާވެސް މަދުކޮށްގެން. އެކަންކޮށްދީ!

  3. ާަޕޮގުބާު

    އިސްތިއުފާ ދޭންވީ މިހާރުވެސް ނުވާނެ ތިކަމެއް

  4. ޖަހާންގިރި

    ތިބޭފުޅާ އިސްތިއުފާދޭނީވެސް ކުންފުނިތަކުގެ ލޭބަރުން ރާއްޖެ އެތެރެކޮށް ލާރިގަނޑެއް ދަވާލާފަ .