މި ސަރުކާރު މިއޮތީ ޕެރެލައިޒްވެ ހަދާނެގޮތެއް ނޭންގިފައި ކަމަށް އިދިކޮޅު ޕީއެންސީގެެ ނައިބު ރައީސް އިބްރާހިމް ޝުޖާއު (ޝުޖާ) ވިދާޅުވެއްޖެއެވެ.

މިއަދު ޕީޕީއެމްގެ އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަމުން އޭނާ ވިދާޅުވީ ސަރުކާރުން އާ ނަންނަމުގައި އެކި ކަންކަން ކޮށްގެން ގިނަ އަދަދެއްގެ މުވައްޒަފުން ވަޒީފާއިން ވަކިކުރަމުން ދާކަމުގެ ޝަކުވާތައް ލިބެމުން ދާކަމަށެވެ. އަދި އެކަން އިދިކޮޅު އިއްތިހާދުން ކުއްވެރިކުރާކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

"ރޭގަ އަޅުގަނޑުމެންނަށް ލިބިއްޖެ މައުލޫމާތެއް، ގްރޭޓާ މާލެ އިންޑަސްޓްރިއަލް ޒޯން ގެ ފަރާތުން އެ ކުންފުނީގެ އޮނިގަނޑަށް ބަދަލެއް ގެނައީއޭ ކިޔާފަ އެ ކުންފުނީގައި މަސައްކަތް ކުރަމުންދިޔަ ވަރަށް ގިނަ އަދަދެއްގެ ޒުވާނުންނަށް، 7 އަހަރު ވަންދެއް މަސައްކަތް ކޮށްފަ ތިބި ޒުވާނުންނަށްވެސް އޮނިގަނޑަށް ބަދަލުއައި ކަމުގެ ނަމުގަ މިހާރު މިވަނީ ޕްރޮބޭޝަން ފަށައިފަ"

ޝުޖާ ވިދާޅުވީ އޮނިގަނޑަށް ބަދަލު އައެއްކަމަކު ކުންފުންޏެއްގެ 7 އަހަރު ދުވަހު މަސައްކަތް ކޮށްފައި ހުރި މީހަކު އަލުން ޕްރޮބޭޝަނަށް ބަދަލު ކުރުމަކީ އޭނާ ދަންނަ ހަމައެއް ނޫންކަމަށެވެ. އެހެން ނަމަވެސް މި ސަރުކާރުން ކޮންމެފަދަ ކަމެއްވެސް ކޮށްފާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އެހެން ކަމުން މި ސަރުކާރު މިއޮތީ ގިތް ހުސްވެ ހަދާނެ ގޮތެއް ނޭންގިފައި ކަމަށް ޝުޖާ ވަނީ ތުހުމަތުކޮށްފައެވެ. އަދި ޒުވާނުންނާމެދު މިފަދައި ނުހެއްދެވުމަށް އޭނާ ވަނީ އިލްތިމާސްކޮށްފައެވެ.

ޝުޖާާ ވިދާޅުވީ ގޮތް ހުސްވެ ހައްދަވާނެ ގޮތެއް ނޭންގިފައި ތިބިކަން ހާމަވާ އެންމެ ބޮޑު އެއް ކަމަކީ ރަހުމަތްތެރި ގައުމުތަކޭ ކިޔައިގެން ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުން ދައްކަމުންދާ ހަގީގަތާ ހިލާފު ވާހަކަތަކުން ކަމަށެވެ.

މީގެ އިތުރުން އޭނާ ވިދާޅުވީ ދަރުަމަވަންތަ ހޮސްޕިޓަލުގެ ނަން، އައި.ޖީ.އެމް.އެޗް ގެ ނިއު ކޮމްޕްލެކްސް ގެ ނަމަށް ބަދަލުކުރުމަށް މަޝްވަރާކުރެވެމުން ދާކަމުގެ މައުލޫމާތު ލިބިފައިވާކަމަށާއި، އަދި އެކަން ހަރުކަށި އިބާރާތުން ކުށްވެރި ކުރާކަމަށް އޭނާ ވިދާޅުވިއެވެ. އަދި މިފަދަ ކަންކަން ނުކުރެއްވުމަށް އޭނާ ވަނީ ގޮވައިލައްވައިފައެވެ. ކުރީގެ ސަރުކާރުންވެސް ކޮށްފައިވާ ކަމަަކަށް އިތުރު ބަދަލެއް އަދި ހާއްސަކޮށް ރައީސް ޔާމީންގެ ދައުރުގައި އިމާރާތްކޮށް ނިންމައިފައި ހުރި ތަނަކަށް މި ސަރުކާރުން ބޭނުންވާ ނަމެއް ކިއުމަކީ ގަބޫލްކުރެވޭ ކަމެއް ނޫންކަމަށް ޝުޖާ ވދާޅުވިއެވެ.

 

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ދަރުމަވަންތަ

    ކޮންމޮޔައެއްވާކައް ތީ އައިޖީއެމްއެޗްއާއި ގުޅުންވެސްހުރިޢިމާރާތެއްނޫން ތިތަންހަދާފަހުރިގޮތުން އެއްޢިމާރާތުން އަނެއްޢިމާރާތައްދެވުނެއްކަމަކު ތީވަކިޢިމާރާތެއް ކިޔަންޖެހޭނީ ވަކިނަމެއް ތިތަނައްކިޔަންވީނަންއޮތީކުރިންހަމަޖެހިފަ ކިޔަންވާނީ އެނަން

  2. ގޫބެ

    މިސަރުކާރު އޮތީ ހަމަރަނގަޅަށްވެސް ޕެރަލައިޒުވެފަ ދެންކުރާނެ ފަރުވާއެއްނެތް ސަލާމަތްވާން ބޭނުންނަމަ ހަމަ މިހާރު ޗައިނާޔަށްގޮސް ރެވިތެޔޮލައިގެން އޮވޭ.

    5
    1