ހަތަރު ފަނޑިޔާރެއްގެ ސުލޫކީ މައްސަލައެއް ބެލުމަށް ޖުޑީޝަލް ސާރވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.

ޖޭއެސްސީން މިހާރުވެސް ދަނީ ގިނަ ފަނޑިޔާރުންތަކެއްގެ މައްސަލަ ބަލަމުންނެވެ. އަދި ބައެއް ފަނޑިޔާރުންގެ މައްސަލަ ބަލަމުން ދަނީ ސަސްޕެންޑްވެސް ކުރުމަށްފަހުއެވެ. އެގޮތުން ދާދި ފަހުން ހައިކޯޓްގެ ފަނޑިޔާރު ހަސަން އަލީގެ ސަސްޕެންޑް ކުރަން ޖޭއެސްސީ އިން ވަނީ ނިންމާފައެވެ. އެ ފަނޑިޔާރު ސަސްޕެންޑް ކުރަން ނިންމާފައި ވަނީ ނޫސްވެރިޔާ އަހުމަދު ރިޟްވާން އަބްދުﷲގެ މަރުގެ މައްސަލާގައެވެ.

ޖޭއެސްސީން މިއަދު ނިންމާފައި ވަނީ ކްރިމިނަލް ކޯޓުގެ ފަނޑިޔާރަކާއި، ސިވިލް ކޯޓްގެ ދެ ފަނޑިޔާރަކާއި، ދަނބިދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓްގެ ސުލޫކީ މައްސަލަ ބެލުމަށެވެ.

އެގޮތުން ކްރިމިނަލް ކޯޓުގެ ފަނޑިޔާރު ހަސަން ނަޖީބުގެ ސުލޫކީ މައްސަލައަކާއި، ސިވިލްކޯޓްގެ ފަނޑިޔާރު ހަސަން ފަހީމް އިބްރާހިމްގެ މައްސަލައަކާއި ފަނޑިޔާރު ހުސައިން ފާއިޒު ރަޝާދުގެ ސުލޫކީ މައްސަލައެއްގެ އިތުުރުން ލ. ދަނބިދޫ މެޖިސްޓްރޭޓް ކޯޓްގެ އިސްމެޖިސްޓްރޭޓް އަލީ ޝަރީފުގެ ސުލޫކީ ދެ މައްސަލައެއް ޖޭއެސްސީން ބަލަމުން އަންނަ ކަމަށް އެ ކޮމިޝަނުން ވިދާޅުވިއެވެ.

ޖޭއެސްސީން ވިދާޅުވީ، މިއަދުގެ ކޮމިޝަންގެ ބައްދަލުވުމަށް 31 މައްސަލައެއް ހުށައެޅުނު ކަމަށާއި އޭގެ ތެރެއިން ބަލަން ނިންމާފައިވަނީ މި ހަތަރު ބޭފުޅުންނާ ގުޅޭ ފަސް މައްސަލަ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކަމަނަ

    ތިޔަ ހުރިހާ މީހުން ވަކި ކޮށްފަ ރީދޫ އެކްޓިވި ސސްޓުން ތި ތަންތަނަށް ލީމަ އެއޮތީ ޝަރުޢީ ދާއިރާ އިސްލާޙް ވެފަ

    11
  2. ކުޑަހުސޭނު

    ތިޔަ ނަޝީދުއަށް ތިކަމެއްނުވިއެއްނު ދެންބަނދަރުމަތިން ކުދިންކޮޅެއް ހޯދައިގެން ހުޅުނބުޖަހަން ތައްޔާރުވޭ މިއޮތީވާ ސަރުކާރެއް ..

    4
    1