މިނިސްޓަރ އޮފް ފޮރިން އެފެއާޒް އަބްދުﷲ ޝާހިދު ޗައިނާގައި ތިބި ދިވެހި ކިޔަވާކުދިންނާ ބައްދަލުކުރައްވައިފިއެވެ.

މިބައްދަލުކުރެއްވުމުގައި ޗައިނާގެ ބެއިޖިން ސިޓީގައި ކިޔަވަމުންދާ ގިނަ އަދަދެއްގެ ކުދިން ވަނި ބައިވެރިވެފައެވެ.

އެ ސިޓީގައި ގިނަ އަދަދެއްގެ ދިވެހި ދަރިވަރުން ކިޔަވަމުން ދެއެވެ.

މީގެ އިތުރުން މިނިސްޓަރގެ މި ދަތުރުފުޅުގައި އިންޓަނޭޝަނަލް ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގުރޫޕް (ބީ.ޔޫ.ޖީ.ސީ) އަދި އޭޝިއަން އިންފްރާސްޓްރަކްޗަރ ބޭންކުގެ އިސްވެރިންނާއި ވެސް މިއަދު ވަނީ ބައްދަލުކުރައްވައިފައެވެ.

މިނިސްޓަރ ޝާހިދު ޗައިނާއަށް ރަސްމީ ދަތުރުފުޅެއްގައި ވަޑައިގެންފައި ވަނީ އިއްޔެގެ ވަގުތެއްގައެވެ. މި ދަތުރުފުޅު ނިންމަވާ ރައްޖެ ވަޑައިގަންނަވާނެ ދުވަހެއް ފޮރިން މިނިސްޓްރީއިން އަދި ހާމަކޮށްފައެއް ނުވެއެވެ.

ފޮރިން މިނިސްޓްރީން ވިދާޅުވީ މިނިސްޓަރ ޝާހިދު ޗައިނާ އަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެ ގައުމުގެ ނައިބު ރައީސް ވޭންގް ގިޝާން އަދި ސްޓޭޓް ކައުންސެލަރ އެންޑް ފޮރިން މިނިސްޓަރ ވޭންގް ޔީ އާއި ބައްދަލު ކުރެއްވުމަށް ހަމަޖެހިފައި ވާކަމަށެވެ. އަދި އެ ބައްދަލްކުރެއްވުމުގައި މި ދެގައުމުގެ ގުޅުމާއި ބެހޭގޮތުން މަޝްވަރާ ކުރެވޭނެ ކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތު ދެއްވައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ލޮލް

    މީނަ ޗައިނާޔައް ކީއްކުރަން އެރުވީ!!!

    3
    1
  2. އަހުމަދު

    ގޮތް ހުސްވީމާ އެރުވީ ޗައިނާ ސަފީރު ބުނީ ޗައިނާ އާއި ދިމާ އަށް އިނގިލި ދިއްކޮށްގެން ދިވެހިރާއްޖެއަށް ކުރާނެ ފައިދާއެއް ނޯންނާނެކަމަށް އަދިވެސް ޗައިނާ އޮތީ ދިވެހި ރާއްޖެއަށް އެހީވަން ތައްޔާރަށް ކަމަށް