ގާނޫނާ ޚިލާފަށް ސަރުކާރު ވައްޓާލުމަށް ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންނަށް ރިޝްވަތު ދިން ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ނަޖުމާ އިބްރާހިމްގެ ގެއިން ފެނުނު ކަޅު ފޮށިން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އާއި ދެކޮޅަށް ހެކި ލިބިފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
ފުލުހުން މިއަދު ހަވީރު ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ފުލުހުންގެ ތަރުޖަމާނު ސުޕުރިންޓެންޑް އޮފް ޕޮލިސް އަހުމަދު ޝިފާން ވިދާޅުވީ، ނަޖުމާ އިބްރާހިމްގެ ގެއިން ފެނުނު ކަޅުފޮށިން މި މައްސަލައާ ގުޅޭ ވަރަށް ބައިވެރި އެކި ކަހަލަ ހެއްކާއި ގަރީނާ ލިބިފައިވާކަމަށެވެ.
މީގެ ތެރެއިން ފެނުނު ޑޮކިޔުމެންޓެއްގައި ވަރަށް ސާފްކޮށް ފާރިސް މައުމޫން، ރައީސް މައުމޫން މެދުވެރިކޮށް ސްޕްރީމް ކޯޓުގެ ދެފަނޑިޔާރުން ކަމަށްވާ އަބްދުﷲ ސައިދު އަށާއި، އަބްދުﷲ ހަމީދުއާ ބައްދަލުކޮށް، އެ ކޯޓުން ނިންމާ ނިންމުންތަކާއި، ފަނޑިޔާރުންނަށް ނުފޫޒު ފޯރުވުމަށް މަސައްކަތް ކުރިކަން ފާހަގަކުރެވިފައިވާކަމަށެވެ.
ކުރީގެ ރައީސް މައުމޫނުގެ މައްޗަށް ކުރެވެވޭ ތުހުމަތުތަކަށް ބަލާއިރު، މަޖިލީހުގެ މެންބަރުންނަށް ރިޝްވަތުދީ ގާނޫނާއި ވެރިކަން ވައްޓާލުމަށް މަސައްކަތް ކުރުމާއި، ފަނޑިޔާރުންގެ މަސައްކަތަށް ނުފޫޒު ފޯރުވައި ވަކިގޮތަކަށް ހުކުމްތައް ނެރުމަށް ފަނޑިޔާރުންނަށް ރިޝްވަތުގެ ފައިސާ ދިނުން، ސަލާމަތީ ބާރުތަކުގެ ތެރޭގައި ބައިބައިވުން އުފައްދާ ހާއްސަކޮށް ސަރުކާރި ދެކޮޅަށް ސަލާމަތީ ބާރުތަކުން ނިކުތުމަށް ހިތްވަރުދީ އެކަންކަން ރޭވުން ހިމެނެއެވެ.
ޤާނޫނީ ގޮތުން އުފެއްދިފައިވާ ދިވެހި ސަރުކާރު ޤާނޫނޫގެ ބޭރުން ވައްޓާލަން އުޅުމުގެ ތުހުމަތުގައި 13 ފަރާތެއް ވަނީ ހައްޔަރުކޮށްފައެވެ. އަދި އެ މީހުންނާއި ގުޅޭ ގިނަ ހެއްކި ލިބެމުން އަންނަކަމަށް ފުލުހުން ވިދާޅުވިއެވެ.
ލޮލް. ހަމަ ހިނިއަންނަނީ. ފުލުހުންދައްކާ ވާހަކައަކަށް މިހާރަކު އިތުބާރެއް ނުކުރެވެޔޭ
ފުލުހުންގެ އަމަލުތަކުގައި ހަމަހަމަ ކަމެއް ނުހުރެމެޔޭ. ފުލުހުންގެ ޔުނިފޯމުކުލަ ޕިންކަށްބަދަލުކުރަން ފެނެޔޭ!
ޙުސްދޮގު ފަތުރަނީ ފުލުސް
ނާ ހަމަތެދެއް؟؟؟؟ ސުބުހާނަﷲ،،، ހާދަމީހުނެއް ތިކަން ގަބޫލު ކުރާނެދޯ؟؟؟ އެޕެންޑްރައިވް، އެ ފިސްތޯލަ!! އެ ކަޅުފޮށި!!! މިހިރީ ހައްތާވެސް ހިޓް ފިލަމުތަށް!!! ބައްލަވާލައްވަާ
ސާބަހޭ ދިވެހި ފުލުހުން ތިޔަ ކުރައްވާ ޤައުމީ މަސައްކަތަށް. ތިޔައީ ޤައުމީ ބަޠަލުން. އަޅުގަނޑުމެން ތިޔަ ބޭފުޅުންނަށް ސެލިއުޓު ކުރަން.
ސާބަހޭ ދިވެހި ފުލުހުން ތިޔަ ކުރައްވާ ޤައުމީ މަސައްކަތަށް. ތިޔައީ ޤައުމީ ބަޠަލުން. އަޅުގަނޑުމެން ތިޔަ ބޭފުޅުންނަށް ސެލިއުޓު ކުރަން.
ވެރިކަން ހޯދަން ކުރާހާ ކަންތަށް..
މޮޔަގޮވަނީތޯ ޔަާމީން އަދުރޭ އަދި ނިހާން ގެ މުދާގަޑެއްތޯ މީ އަޅެ މި މީހުން ﷲ ދެކެވެސް ބިރުނުގަނޭބާ
ސާބަހޭ ފުލުހުން. ހެކި ހޯދަމުން މަޝްހޫރު "ކަޅުފޮށީ"ގައި އޮތީ ކަޅު ބުރުގާއަކާ، އުވިފައި އޮތް 5 ރުފިޔާގެ ނޫޓަކާއި 5 ޑޮލަރ ކަމަށް ކުރިން ލިޔުން ދީފައި މިހާރު އެފޮށި އިތުރު ކިތާބީ ހެކިތައް ވިހަން ފެށީދޯ؟ ދެދުވަހު އެކައްޗެއް ނުކިޔާތި.
އަހްމަދު އަރީފް ވަރަށް ރަނގަޅަށް ފުލުހުންގެ އިސް އޮފިސަރުންގެ މެދުގައި ބައިބައިވުން އުފެއްދި!!! މިހެން ބުނަން ޖެހުނީ އޭނާއާއި ގުޅިގެން އޭސީޕީއަކު ވަރަށް އެމސައްކަތްކުރި ކުރި!! މުޅި އެތި އޮތީ އަނބުރާލާފަ!!! ކޯޓް އަމުރު ނިކުންނަންވާއިރަށް ހުރިހާ ދިމާއަކަށް އޭނާގެ ބަސްގަބޫލުކުރާކަހަލަ މީހުން ތިބީ ލާފަ!!! މިހެން ބުނަންޖެހުނީ ވރަށް ގިނަ ކަންތައްތަކަށްވިސްނާފަ!!! މިއީ ކުރެވޭ ތުހުތުމަތުތަކެއް!!!
ހަހަހާ.... ނާޒިމްގެ ޕެންޑްރައިވް އެކޭ ތި ކަޅުފޮއްޓެކޭ ތަފާތެއް ނެތް. ރައްޔިތުން ލޮލުގަ އަނދުން އަޅުވަން ކުޅޭ ޑްރާމާ ހުސް. އަހަރުމެނަށް ވަރަށް ސާފު. މި ކޮމެންޓުވެސް ވަގުތަށް ހަޖަމެއް ނުވާނެ.
.މައުމޫނު އަތުގައި ގައުމުގެ ކަޅުފޮށިކަމަށް ބުނާ ފޮށި ހުޅުވީ މައުމޫނުގެ ހާޒިރުގަތަ؟؟؟؟؟؟
.ގާޒީން އަތުގަ ހުރި ލިޔުންތަކުންނާއި ކޯޓުތަކުގެ ވަތްގަނޑުތާކުގައިވެސް ތިހެކިތައް ހުރެދާނެ ހޯދާ ބަލާ
ބުލެކް ބޮކްސް، މައުމޫން 30 އަހަރައް ޖަލައް،
މިމީހުން ނަރަކަވަންނަން މިހާ ޝައުޤުވެރިވަނީ ކީއްވެގެން؟
ފުލުހުންދައްކާ ވާހަކައަކަށް މިހާރަކު އިތުބާރެއް ނުކުރެވެ!
ނަޝީދު އިސްތިއުފާދިންދުވަހު މުލިއާގެއިން ނެރުނު ރާފުޅި އަޅާފަހުރި ކަޅުފޮށީގެ ހަގީގަތްވެސް ދިވެހި ރައްޔިތުންނަށް އިލްހާމް ވެެއްޖެ.
މައުމޫނު މިހިސާބަށް ވެއްޓިދާނެކަމަށް ހިޔެއްނުކުރަން! ނަޝީދުއަށް ނުކުރެވުނު ކަންތައްތައް ޔާމީނު ކޮށްދިނީ
ގާނޫނީ އިމުގެ ތެރެވިން ވެރިކަން ވައްޓާލުމުގެ ސަގާފަތެއް ރާއްޖޭގާ އުފެދިފަ އެބައޮތް. މިސަގާފަތް އުފެއްދި މޭސްތިރި އެސަގާފަތް ދިރުވަން މަސައްކަތް ކުރާނެ ދޯ.
ދެން ކޯޗެއްބާ އޭގެން ފެންނާނީ.
.މި އަންނަ ވޯޓަށްފަހު މި ހެރަ އެންމެން ލާނެ ޖަލުތައް ތައްޔާރު ކުރަންފެނޭ.
ފުލުހުން ވެސް މިހާރު ކޮސް ގޮވަން ފެށީދޯ. ބުއްދި ގަބޫލު ކުރާގޮތަށް ވާހަކަ ދައްކަން ވެސް މިހާރު ނޭންގެ. ތިޔައީ އިތުބާރު ގެއްލިފަެި ތިބިބައެއް
ކަޅުފޮށީ ތެރޭން ފެނުނީ ކުރު ވާހަކަ ފޮތެއްތަ؟ ވާހަކައެއް ކިޔާދޭން އުޅޭހެން ހީވަނީ
މައުމޫނު ތީ މިޤަޢުމުގެ ހަލާކު
ޖޯކް
ރައީސް މައުމޫނަކީ ބޮއިން 707 ގެ ފްލައިޓެއް ދޯ