ރައީސް ޔާމީނުގެ ސަރުކާރުގެ ފަހު ދުވަސްކޮޅު މަޢާފް ދީގެން ޖަލުން ދޫކޮށްލާފައި ހުރި ޒުވާން ކުއްޖަކު މި ސަރުކާރުން "ނުހައްގުން" އަލުން ހައްޔަރު ކޮށް ޖަލަށްލި މައްސަލައެއް ފެންމަތި ވެއްޖެއެވެ.

ސޯޝަލް މީޑިއާގެ އެކްޓިވިސްޓު 'ޝުމްބާ ގޮންގް' ބުނެފައިވާ ގޮތުގައި އަބްދުﷲ ޔާމީނު ރިޔާސީ އިންތިޚާބަށް ވޯޓުލުމުގެ 2 ދުވަސް ކުރިން ދޫކޮށްލި ޒުުވާނަކު ހައްޔަރު ކޮށްފައި ވަނީ ވެރިކަން ބަދަލު ވުމުގެ 2 ދުވަސް ކުރިން, 15 ނޮވެމްބަރު 2018 ގައި "ގަޅި ޖައްސަން" އޭނާ ޕޮލިސް ސްޓޭޝަނަށް ހާޒިރުކޮށް، ދޫކޮށްލުމަށްފަހު މީގެ 2،3 ދުވަސް ކުރިން، ހަމަ 15 ނޮވެމްބަރު 2018 ގައި ހައްޔަރު ކުރުމަށް ކަރެކްޝަންސް ގެ ފަރާތުން ލިބުނު ސިޓީ އަކަށް ކަމަށެވެ.

"ވަގުތު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ޝުމްބާގެ ޓުވީޓުގައި ފާހަގަ ކުރި ގޮތަށް މީގެ އެއް އަހަރު ކުރިން ކަރެކްޝަންސް އިން ފޮނުވި ސިޓީ އަކާއި ހަވާލާދީ ޒުވާނަކު ހައްޔަރު ކޮށްފައިވެއެވެ. އެގޮތުން މޯލްޑިވްސް ޕޮލިސް ސާވިސް އިން ހައްޔަރުކޮށް ކަރެކްޝަންސްގެ ބެލުމުގެ ދަށު އަލުން ގެނެވިފައި ވަނީ ރައީސް ޔާމީނު މަޢާފް ދީގެން ދޫކޮށްލި ފުވައްމުލައް ސިޓީގެ ޒުވާނެކެވެ. އޭރު ދޫކޮށްލި ޒުވާނުން ދޫކޮށްލީ ޝަރުތުތަކަކާއި އެކުގައެވެ.

މިކަމާ ގުޅިގެން މަޢުލޫމާތު ހިއްސާ ކުރެއްވި ފަރާތުން ވިދާޅުވީ މީގެ އެއް އަހަރު ކުރިން އެ ޒުވާނާ ހައްޔަރު ކޮށްފައި ވަނީ ވެސް އޭނާ ބައިވެރި ނުވާ މައްސަލައެއްގައި ކަމަށެވެ. އެފަހަރު އޭނާ ދޫކޮށްލީއެވެ. އަނެއްކާ، އޭގެ އެއް އަހަރު ފަހުން ގޭގައި ހުއްޓާ އައިސް އޭނާ، ޝަރުތުތަކާއި ޙިލާފުވިކަމަށް ބުނެ އެއް އަހަރު ކުރީގެ ސިޓީ އަކާއި ހަވާލާދީ ހައްޔަރު ކުރުމަކީ ކަމާބެހޭ އިދާރާތަކުން "ނުހައްގުން" އެ ޒުވާނާ ހައްޔަރުކުރުން ކަމަށް މަޢުލޫމާތު ދިން ފަރާތުން ބުންޏެވެ.

މިކަމާއި ގުޅިގެން މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އަށް ގުޅުމުން ފޯނަށް ޖަވާބު ނުދެއްވާތީ، އެބޭފުޅުންގެ ބަހެއް ލިބޭ ގޮތެއް ނުވިއެވެ.

"އިންސާފާއި ހަމަހަމަ ކަން" މިއީ މިއަދުގެ ސަރުކާރުގެ އެންމެ މުހިއްމު އެއް ޝިއާރެވެ. ދިވެހިރާއްޖޭގެ ކުދި، ބޮޑު ކޮންމެ ރައްޔިތަކަށް އިންސާފުވެރިކަމާ އެކީ ކަންތައްތައް ކުރުމަކީ ވަރަށް މުހިއްމު ކަމެކެވެ. ސަރުކާރުން ވެރިކަމަށް އައީވެސް އިންސާފު ގާއިމް ކޮށްދެއްވާނެ ކަމަށް ވައުދު ވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. Anonymous

    އިންސާފުގެ ވާހަކަ ދައްކާއިރު ފުރަތަމަ ހެއްދެވި ފަރާތައް އަދާ ކުރަން ޖެހޭ ހައްގުތައް އަދާ ނުކޮއް ދެން ކޮން އިންސާފެއްގެ ވާހަކަތަ މިބައި މީހުން މިދައްކަނީ

    11
  2. ޖާޒީރާ ބޯއީ

    މިސަރުކާރަށް ކުރެވޭނެހާވެސް ކަމަކީ ނުހައްގުން ކުރާހާ ކަންކަން.

    15
    4
  3. އަހްމަދްފުޅު

    މިލިޔުމުން ތަނެއްދޮރެއް ނޭގޭ. 2018 ނޮވެމްބަރ 15ގައި ދުކޮށްލިމީހަކަށް 2019 ސެޕްޓެމްބަރ ގައި 1އަހަރު ވާގޮތެއް ވެސް ނޭގުނު.

    7
    3
    • ދުވަސް

      މިސަރުކާރުން ދުވަސްތައް ގުނާއިރު ބައެއްފަހަރު އެއް އަހަރު ހަމަވަނީ ޗުއްޓީއާއިނުލާ. އަނެއްބައިފަހަރު ޗުއްޓީއާ ލައިގެން.

  4. ބެއްޔާ

    އިންސާފައި ހަމަހަމަކަން ލިބެންޖެހޭނީ ހަމައެކަނި ރައީސް ނަޝީދަށް. 23 އަހަރުގެ ޖަލު ހުކުމުން ސަލާމަތްވެ ހުދުކާފޫރަށްވެ މަޖްލިހުގެ ރައީސްކަން ކޮށް ވަރަށް އަވަހަށް ބޮޑުވަޒީރުކަމަށް އަންނާނެ. އެހެން މީހުންތިބެންޖެހޭނީ ޖަލުގަ.

    12
    1
  5. މޭން

    ޔާމީނުގެ ގޭންގު ބޯއީއެއް އުތަ؟

    3
    14
    • އަޙުމަދު ޙަމީދު

      ޢަންނިގެ ބޮއްވާއެއް. ޡިޔައްޓޭ ގޮތަށް ގެނގުޅުނު

  6. ހަމަ

    އަދުރެމެތިކުން ވާނެ

    1
    1
  7. އުސާމާ ބިން ޖުހާ

    ބަލަގަ ކުރީގެ ސިޓީ އަކަށް އޭގެ އެއް އަހަރު ފަހުން ހައްޔަރު ކުރެވޭން ޖެހޭ އެއްވެސް ސަބަބެއް ނޯންނާނެ