މަހަށް ގޮސް އުޅުނު މީހަކުގެ މެއަށް ތަދެއް އަރައިގެން ހުޅުމާލޭ ހޮސްޕިޓަލަށް ގެނެސް ފަރުވާ ދެމުން ދަނިކޮށް ރޭ ނިޔާ ވެއްޖެއެވެ.

ހުޅުމާލެ ހޮސްޕިޓަލްގެ މީޑީއާ އޮފިޝަލް ވިދާޅުވީ އުމުރުން 49 އަހަރުގެ މީހެއް ނޭވާ ނުލެވި މެޔަށް ތަދެއް އަރައިގެން ރޭ 22:55 ހާއިރު އެ ހޮސްޕިޓަލަށް ގެނައި ކަމަށެވެ. އޭނާ ނިޔާވީ ރޭ 23:55 ހާއިރު ކަމަށް ހުޅުމާލޭ ހޮސްޕިޓަލުން ވިދާޅުވެއެވެ.

ހޮސްޕިޓަލުން މައުލޫމާތު ދެއްވާ ގޮތުގައި އޭނާ ނިޔާވީ ހާޓްއެޓޭކެއް ޖެހިގެންނެވެ.

ކުއްލިގޮތަކަށް ނިޔާވެފައި ވަނީ ލ.މާމެންދޫ މީހެކެވެ. އޭނާގެ ނަމަކީ ޔޫސުފް ހުސެއިން އެވެ. އޭނާގެ މެޔަށް ތަދެއް އަރާފައި ވަނީ މަހަށް ގޮސް ހުއްޓައެވެ.

އޭނާގެ ކަށު ނަމާދު އޮތީ މިއަދު މެންދުރު ނަމާދަށް ފަހު މާލޭގެ އާސަހަރާ މިސްކިތުގަ އެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ކިޔުންތެރިޔާ

    ކޮންމެ ސަރުކާރަކުންވެސް މަސްވެރިންނޭ ދަނޑުވެރިންނޭ ފަޅޮލޭ ކިޔާ އުޑުން ތަރިތައް ބާލަދޭނަމޭ ކިޔާ ހޮޅި ވައުދުތައްވާއިރު، މަހަކު އެއްފަހަރުނަމަވެސް މަސްވެރި ދާއިރާތަކުގަ އެންމެ ކުޑަމިނުން މެޑިކަލް ޗެކްއަޕެއް ހެއްދޭނެހާ ފެންވަރެއްވެސް ގާއިމުކޮށްދީފަ ނެތުމަކީ ވ ދެރަ ކަމެއް. މަސްވެރިންނަކީ އޭގެ ޒާތުގަ ވަރަށް ލާނެތްބަޔެއް. ނަމަވެސް ސަރުކާރުން އިސްނަގައިގެން އަހަރަކު 1 ފަހަރު ނަމަވެސް ސިއްޚީ ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ނަމަވެސް ކުރިޔަށް ގެންދިޔުމަކީ މަސްވެރިން އިތުރަށް ޕްރޮފެޝަނަލްވެ މިފަދަ ހިތާމަވެރި ހާދިސާތައް މަދުވެދާނެ ކަމެއް. މަރުހޫމަށް ﷲ ސުވަރުގޭގެ މަތިވެރި ނިއުމަތް މިންވަރުކުރައްވައި އާއިލާއަށް ކެތްތެރިކަން ދެއްވާށި! އާމީން

  2. ޓްރޭސް

    މަހަށް ގޮސް ހުއްޓަސް، ފަރަށް ގޮސް ހުއްޓަސް ވަގުތު ޖެހުނީމަ އެކަން ވާނެ! އެހެންވީމަ ހުރިހާ ކުދިންވެސް އުޅެންވީ ދުނިޔެއަށް ވުރެ އާޚިރަތަށް އިސްކަން ދީގެން! އެއްވެސް ކުއްޖަކު އަނެއް ކުއްޖަކަށް އެއްޗެހި ނުކިޔާ، ވެވުނު ވަރަކުން ހެޔޮކަންތައް ކޮށްގެން އުޅެންވާނީ!

  3. ސައްދާމް

    انا لله وانا اليه راجعون، އިއްޔެވެސް މަހައްގޮސް އުޅުނު މީހަކު ހާލުދެރަވެގެން ގެނެވުނު، މަސްވެރިންގެ މެޑިކަލް ޓެސްޓު ހަދަން ފެނޭ.

    2
    2