ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމްގެ ވެރިކަމުގައި މާފުށީ ޖަލުގައި އީވާން ނަސީމް މަރާލި ހާދިސާ އާއި އަދި ޖެހިގެން އައި ދުވަހު ސިފައިން ބަޑި ޖަހާ ތިން މީހަކު މަރާލާ، އިތުރު ބަޔަކު ޒަހަމް ކޮށްލި ހާދިސާގެ ހަނދާންތައް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު އާއްކުރައްވައިފިއެވެ.

ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިއަދަކީ އެންއެސްއެސްގެ ފުލުހުންގެ ޑިވިޝަނުން އީވާން ނަސީމަށް ޖަލުގައި އަނިޔާކޮށް މަރާލިތާ 15 އަހަރު ފުރުނު ދުވަސް ކަމަށެވެ. އަދި އީވާން ނަސީމް މަރާލުމުން އެކަމާއި އިހްތިޖާޖް ކުރި ގައިދީންގެ ގަޔަށް ބަޑިޖަހާ ގައިދީންތަކެއް މަރާލި ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.

އެހާދިސާ އާއި ގުޅިގެން މާލޭ މަގުތަކަށް މީހުން އެއްވި ކަމަށާއި ޑިމޮކްރަސީ ގެނައުމުގެ ހަރަކާތްތައް ފެށުނީ އެހިސާބުން ކަމަށް ނަޝީދު ވިދާޅުވިއެވެ. ނަމަވެސް އަދިވެސް ފުލުހުން ރިފޯމް ކުރުމުގެ މަސައްކަތް އެކަށީގެންވާ އަވަސް މިނެއްގައި ކުރިއަށް ނުދާތީ ކަންބޮޑުވާ ކަމަށް ނަޝީދު ވިދާޅުވިއެވެ.

ފުލުހުންގެ މުއައްސަސާ ރިފޯމް ކުރުމުގެ މަސައްކަތް އެކަށީގެންވާ އަވަސް މިނެއްގައި ކުރިއަށް ނުދާކަމަށް ވިދާޅުވެ، ނަޝީދު މިއަދު ކަންބޮޑުވުން ފާޅުކުރެއްވިއިރު މިދުވަސްވަރު ނަޝީދު ގެންދަވަނީ ފުލުހުންނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، ބައެއް ތުހުމަތުތައް ވެސް ފުލުހުންގެ ބޮލުގައި އަޅުވަމުންނެވެ.

ފުލުހުން ނަޝީދަށް ފާރަލަމުންދާ ކަމަށް ވެސް އެމަނިކުފާނު ވަނީ ދާދިފަހުން ވިދާޅުވެފައެވެ. ނަމަވެސް ފުލުހުން އެކަން ދޮގު ކުރެއެވެ.

ނަޝީދު ގެންދަވަނީ 2012 ވަނަ އަހަރު ފުލުހުންގެ ބަޔަކު އެމަނިކުފާނުގެ ވެރިކަމާއި ދެކޮޅަށް ނިކުތް ފަހުން އެކިގޮތްގޮތައް، ފުލުހުންނަށް ފާޑުވިދާޅުވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

20 ކޮމެންޓް

  1. ސަޓޯ

    މޮޔަ ގަންޖާބޯ އަންި

    25
  2. ސިދާތާ ބެޑްސީޓް

    މި އަޅެ ކިހިނެއް ވެގެން އުޅޭ މީހެއްތަ ތިހެން އުޅޭތީއޭ ކަމުނުދަނީ ކުރިން ވެރިކަން ލިބުނީމާވެސް އުޅުނީ ތިފާޑަށް ތިވަރުމީހުން ކިހިނެއް ވެރިކަން ކުރާނީ ނުބެހޭ ކަމެއް ނޯވޭ މިކަލޭގެޔާ ހެދީ މިހާރު ވެރިކަމުގައި ހުރި މީހާވެސް ހަމަޖެހިލައިގެން ހުރިިޔަ ނުދޭނެ

    22
  3. ބެއްޔާ

    މަނިކުފާނު ހުދުމުހުތާރުކަމާއި އަނިޔާވެރިކަން އިންތިހާއަށް ބޮޑުވުމުން ރައްޔިތުންނުކުމެ ވެރިކަމުން ދުރުކުރީވެސް.

    32
  4. ވާހަކަނުދައްކާތި

    މުޅިރާއްޖޭގަ ހުޅުޖަހާ ރަށްޔަތުންގެއެތައް މިލިޔަން ރުފިޔާ އަންދާލި ދުވަސްވެސް ހަދާން ކުރަން އެބަޖެހޭދޯ

    34
  5. ދެބޯގެރި

    މިކަލޭގެ ޖެހޭނެ އަބަދުވެސް ކޮންމެސް މީހަކާ ޖައްސާލަން، އެހެންނޫނީ ލޮލަށްނިދިވެސް ނާންނާނެ. މިޖާހިލު ކަލޭގެ މިގައުމުން ބޭރުކުރުން ނޫނީ ޖަލަށް ލައިފިނަމަ މިގައުމު ހީވެސްނުކުރާހާ ބާރުމިނުގަ ކުރިއަށް ދާނެއެވެ. މިހާރު އިބޫއާވެސް ޖައްސާލާގެން އުޅެނީ، އިބޫއެއީ މިކަލޭގެ އެންމެހާލުގަ ޖެހުނުދުހުވެސް ކާރީގަ ގުޑާނުލާ ހުރިމީހަކީ، މިކަލޭގެގެ އީގޯ މައިތިރިނުވަންޔާ އަހަރެމެންނަކަށް ސަލާމަތެއްނޯންނާނެ. ބޭރުކުރަންޖެހޭ މިކަލޭގެ މިގައުމުން. ހެޔޮނުވާނެ. ދަރިންނާ ދަރިންގެ ދަރިންވެސް ހަލާކު ކޮށްލާނެ.

    24
  6. ހުސެން

    ކަލޭބުނީ ވެރިކަމަށް އަރާފަ މައުމޫނު ޖަލަށް ލާނަމޭ،ކޮން ޑްރާމާ އެއް ތިޔަ ކުޅެނީ؟ފިލްމު ކުޅެނީ ދޯ

    22
  7. ޜީނދޫ

    8 ފެބްރުއަރީގެޓެރަރިސްޓުބާގީ

    26
  8. ޖާޒީރާ ބޯއީ

    މުޅިޔަކުން ރަގަޅެއްނޫން، އީވާން ނަސީމުގެ މަރާގުޅިގެން ޖަލުގައި ހަޅުތާލުހަދައި ޖަލު ފަޅާލާ ނުކުތް މީހުން ތިބީކީ ސަލާންޖަހާ ނާށިގަނޑު ހިފައިގެނެއްނޫން ޖަލުގެ މެސްރޫމު ފަޅާލާ އެތަނުގައި ހުރިވެއްޖެޔާ ހުރި ހަތިޔާރެއް ވަޅިޔާއި ކަތިވަޅި ހިފައިގެން ދުވަމުން އައީ. އޭގެ ސަބަބަކަށްވީ ބަޑިޖަހަން ޖެހުނުހާލަތް. އެކަމުގައިވެސް ތަހްގީގް އޭގެ އެންމެ ފުރިހަމައަށް ނުކޮށް ބަޔަކަށް ބޮޑެތި އަދަބުތަކެއްދެވިގެން ދިޔައީ.

    27
  9. ސައްދާމް

    ފުލުހުންނަށް ނުކިޔަމަންތެރިކަން ދެއްކުމަކީ މީގެ ކުރީން ދިވެހީން ދަންނަކަމެއްނޫން ނަމަވެސް ކުރީގެ ރައީސް ނަޝީދު ޑިމޮކްރަސީ އޭމިކިއުނު ހާސަރު ހިފައިގެން ރާއްޖެ އައިސް ފެތުރި ވަބާއެއް މިހާރު މުޅިރާއްޖޭގައި ޖެހިފައި މިއޮތީ. ޒިންމާ ނަގަން ކެރޭނެބާ.

    31
  10. އުމަރު

    އެންއެސްއެސް ގެ ފުލުހުންގެ ޑިވިސަނުންނޯ އީވާން މަރާލީ، މީ ކޮންވާހަކައެއް.

    21
    1
  11. އިބްރާހީމް

    ތީ މޮޔަވެގެން އުޅޭ މީހެއް އޭނަގެ ބޭނުމަކީ، އޭނަގެ ކޮންމެވެސް ވާހަކައެއް މީޑިއާގަ ދައުރުވުން އޭރަށް ރައްޔިތުންގެ ދުލުކުރީގެ ތިޔަ މުނާފިގުގެ ނަން އަބަދު ކިޔާނީ ދޯ؟ ޕްލީޒް މި ކޮމެންޓް ޖަހާލަދީ

    24
  12. ހުދުހުދު

    އޭރުގެ ރައީސް މައުމޫނު ބުނެގެން ބަޑިޖެހީ. މިހާރުވެސް އެމައްސަލަތަށް ބެލެންވާނެދޯ؟ ފުލުހުންގެ އޭރުގެ ކެޕްޓަން އިބްރާހިމް ލަތީފް އޯރޑާރ ޕާސްކުރީ އޭރުގެ ކަމިޝަނަރ އާދަމް ޒާހިރަށް އަދި އޭނާ ރައީސް މައުމޫނަށް. ވަރަށް ސާފު އިބާރާތުން މިބުނަނީ. ބެލެންޖެހޭނެ އަދިވެސް ހައްގަށް ނަސްރުނުލިބިވާ މައްސަލައެއް މީ.

    7
    14
    • ފަލަޑޭ

      ތިޔަ އީވާން ޖަލަށްލީ ގުރުއާން ކިޔަވަން ހުއްޓާތޯ.

  13. ދެބޯ ގެރި

    ޚަބަރުތަކުގެ ސުރުޚީއައް އަރާންވެގެން ކޮންމެ ދުވަހަކުވެސް ކޮންމެވެސް ކަހަލަ ރޮކެޓެއް ޖަހާނެ..

    23
  14. ބަރުގޮނު

    ނަޝީދު ދެކޭގޮތުގައި ހުރިހާ މުއައްސަސާއެއްވެސް އޮންނަންވީ މަޖުލީހުގެ ރައީސްގެ ދަށުގައި. އަދި އެތަންތަނުން ކަންތައް ކުރަންވީވެސް މަޖުލީހުގެ ރައީސް ބުނާގޮތަކަށް. އެހެން ނުވެއްޖެނަމަ އެތަނަކާ އެ އަޅައިގަން،ނަނީ. ބަލަ އެންމެންނަކީ ސުއޫދެއްނޫނެއްނު.

    18
  15. ޖަހާންގިރި

    ދެން މިކަލޭގެ މީހަކު ރަހީނުކޮށް މައިބަދަ ބިނދިގެން ފިލައިގެން ރާއްޖެދޫކޮށް ދިޔަ މައްސަލައިގެ ހަނދާން އާކޮށްނުލެވިގެން މިތެޅެނީ ކީއްވެބާ.

    28
  16. ލުއްޗާ

    މީނާ މިއުޅެނީ އިބުރާހީމު މުހައްމަދު ސޯލިޙް ވެރިކަންކުރާތީ ދަތްބާރުވެގެ ދޯ!

    25
  17. ކާފަބޭ2019

    މުސްކުޅިންބުނާހަރުބަހެއްގައޮވޭ ފެތުނުއޮޑީ ރިޔާދަށުވިޔަސް ސަލާމަތްވާނެގޮތެއްނުބަލާ ކަނަކުއަތްދަށުނުވާށޭ އުސްތާޒުމައުމޫނުއެހުންނެވީ މިތަނުންކޮންބަޔަކަށް ފެތިވަޑައިގެންބާ!!!!!!!

    19
  18. ބުރޯ

    ފެބްރުއަރީ 8 ވަނަ ދުވަހު ޕެޕަރ ސްޕްރޭ ނުޖަހާ ބަޑިޖެހިނަމަ މިގައުމު އަމާން ތަނަކަށްވެ ގައުމުގެ މަސްލަހަތު ހިފެހެއްޓި އިސްލާމްދީނާ ދެކޮޅަށް ހިންގޭ ހުރިހާ ހަރަކާތެއް ހުއްތީގެންދިޔައީސް އަދި ދީނަށް ފުރައްސާރަކުރުންވެސް ނެތި ދިޔައީސް . މާއިދާ ސޫރަތުގެ 33 ވަނަ އާޔަތަށް ބައްލަވާލައްވާ.

  19. ޙުސައިން މ. މުލި

    ކެނެޑާގަ އިސްލާމް ދީނާ ދެކޮޅަށް ދެއްކިވާހަކަ ހަނދާން އާކޮށްބަލަ