ބ. އަތޮޅުގައި ހުންނަ އެކި ސްކޫލްތަކުގެ ޕްރިންސިޕަލުންނާއި އިސްވެރިންނަށް އަމާޒުކޮށް، "ފިކުރީ ހައްދު ފަހަނައެޅުމާއި ދެކޮޅަށް މަސައްކަތްކުރުމުގައި ސްކޫލްތަކުގެ އިސްވެރިންގެ ދައުރު" ނަމުގައި މަސައްކަތު ބައްދަލުވުމެއް މިއަދު ބާއްވައިފިއެވެ.

މި ބައްދަލުވުން ބާއްވައިފައިވަނީ އޭދަފުށީގައި ހުންނަ އެ އަތޮޅުގެ އަތޮޅު ތައުލީމީ މަރުކަޒުގައެވެ.

މި މަސައްކަތު ބައްދަލުވުން އިފްތިތާހުކޮށްދެއްވީ މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ސީނިއަރ އެގްޒެކެޓިވް ޑިރެކްޓަރ އަލްފާޟިލް ޙަސަން އަތީފެވެ. އަތީފް ވަނީ މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މި މަސައްކަތުގައި ސްކޫލްތަކުގެ އިސްވެރިންގެ ދައުރުގެ މުހިންމުކަން ފާހަގަކޮށްފައެވެ.

މި މަސައްކަތު ބައްދަލުވުމަކީ ނޭޝަނަލް ކައުންޓަރ ޓެރަރިޒަން ސެންޓަރާއި މިނިސްޓްރީ އޮފް އެޑިއުކޭޝަނާއި އެމް.އެން.ޑީ.އެފް ނޮދަން އޭރިއާ އަދި ޔު.އެން.ޑީ.ޕީ މޯލްޑިވްސް ގުޅިގެން ޖަޕާނު ސަރުކާރުގެ އެހީގައި، ހިންގާ ޕްރޮގްރާމެކެވެ. އެއްދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފާ މި ޕްރޮގްރާމްގެ ސެޝަންތައް ނަންގަވައިދެއްވަނީ އެން.ސީ.ޓީ.ސީ އާއި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ބޭފުޅުންގެ އިތުރުން ޑރ. އިބްރާހިމް ޒަކަރިއްޔާ މޫސާއެވެ.

މިފަހަރުގެ މި ޕްރޮގްރާމްގައި މާޅޮސްމަޑުލު ދެކުނުބުރީގެ 12 ސްކޫލަކުން 23 ބޭފުޅުން ބައިވެރިވެވަޑައިގަތެވެ.

ތަޢުލީމީ ދާއިރާގައި މަސައްކަތް ކުރައްވާ އިސްބޭފުޅުންނަށް އަމާޒުކޮށްްގެން ހިންގާ މިސިލްސިލާ މަސައްކަތު ބައްދަލުވުން ވޭތުވެދިޔަ ދެއަހަރު ދުވަހުގެ ތެރޭގައި "ގްރޭޓަރ މާލެ" ސަރަހައްދުގެ ސްކޫލްތަކާއި، އައްޑޫ ސިޓީގެ ސްކޫލްތަކާއި، ހުވަދުއަތޮޅުގެ ދެކުނުބުރީގެ ސްކޫލްތަކާއި އަދި ތިލަދުންމަތީ ދެކުނުބުރީގެ ސްކޫލްތަކުގެ އިތުރުން ހައްދުންމަތީގެ ސްކޫލްތަކުގައި މަސައްކަތްކުރައްވާ އިސްބޭފުޅުންނަށް ހިންގިފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އައިސް

    ކައުންސިލް އިންތިހާބު އާވައްތަރެއްގެ ގުބޯލެއް ބ އަތޮޅުގެ އިސްވެރީންނަށް ދިވެހިރާއްޖެ ސަލާމަތް ކުރުމަށްޓާ ލިބޭއެން މެފަހުފުރުސަތަކީ ކައުން ސިލް އިންތިހާ ބުކަން ހަާނދާން ކުރާތި މިދިވެހިރާއްޖެ ސަލާމަތްކުރުމާ ނުކުރު ން ވަނީ ތިދިވެހި ރަށްޔަތުންއަތްމަތީގަ އަނަން އޮތްޖީލަށްޓަކާ ތިދަރީންގެ ދަރީންނަށްޓަކާ މިގައުމާއި ދީންހިމާޔަތް ކޮށްދީ މިގައުމުދެކެ ލޯބިވާ ދިވެހިދަރީން ނޭ ދިވެހިފުލުނާއި ސިފައި ބުއްޏަސް ނުބުއްޏަސް އިންޑިޔާ ސިފައިން ދެން މިބ.ިމަކުން ދެން ނުފައިބަނެ އެމީހުން ރާއްޖެދޫކޮށް ދިއުމަށް ރައީސްޔާމީންގެ ސަރުކާރުން އެންގީމަވެ ސް އެމްޑީޕީ މީހުން އެމީހުންނަށް ހިއްވަރުދީގެންނުގޮއެތިބީ ދެން އެއްވެސް ކަރުކާރަކުން އެމީހުން ފޮނުވާލަން މަސައްކަތް ކޮށްފިނަމަ ދިވެހި ސިފައިނާ އިންޑިޔާސިފައިން ހަގުރާމަކުރާނެ އެދުވަހަކުން އެމްޑީޕީ މީހުން އިންޑިޔާ ސިފައިންނާ އެއްކޮޅަށް އަރާނެ ދިވެހިމުސްލިމް ދަރީންތަށް ދެބަޔަކަށް ބެހިގެންދާނެ އަދި އެމީހުނާދެކޮޅަށް ތިބި ނިކަމެތި ރައްޔަތުން މަރަންފަށާނެ ހަމައެފަދަ މަންޒަރެއް މިހާރުވެސް އިޑިޔާއިން މިއަދު ފެންނަމުން އެދަނީ އިންޑިޔާ ގައިއުޅޭ ހިންދޫނަށް ވުރެ މުސްލިމުން މަދުކުރަން އިންޑިޔާސަރުކާރުން ގާނޫނެއްފާސްކޮށް މުސްލިމުން މަދުކުރުމަށް އެނިކަ މެތިމުސްލިމުން ގަޔަށް ބަޑިޖަހާ މަރަމުން އެއަނިޔާވެރި ސަރުކާރު ގެ ސިފައިން ދިވެހި މުސްލިމުންނަށް ވަކި ރަނގަޅުވާނެތަ ދިވެހި ރައްޔަތުންގެ ތެރެއިން ދަރީންތަކަކަށް އެނގިގެންނަމަވެސް ނޭނގިިނަމަވެސް އަމިއްލަ އެދުމަށް ޓަކާނަމަވެސް ގޯސްހެދި ދަރީންނަށް ތިއޮތީ ވަރަށް ބޮޑު ގޯހެއް ހެދިފައޭ ގަބޫލުކުރިޔަސް ނުކުރިޔަސް ދިވެހި ރައްޔަތުން މިހާރުމިތިބީ ވަރަށް ބޮޑުބިރުވެރިކަމެއްގެ ތެރޭގައޭ ހިތާމަޔާ އެކުދަންނަވަމެވެ..

  2. ލިއުޝާ

    ތި ވިދާޅުވި އެއްޗެއް ސާފެއްނުވި.. މިތާ އިންޑިޔާ ސިފައިން އެބައުޅޭތޯ؟ ދިވެހިން މިހާބޮޑު ނުރައްކަލެއްގަތޯ މި އޮތީ؟ ސާފުކޮށްލަދިނުން އެދެން