ނޫސްވެރިޔާ އަހުމަދު ރިޟްވާން އަބްުދުﷲގެ މައްސަލަ އަންނަ ހަފްތާ ތެރޭގައި ޕީޖީ އޮފީހަށް ފޮނުވާނެ ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުަހައްމަަދު ސާލިހު ވިދާޅުވެއްޖެެއެވެ.

މިއަދު ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ސާލިހު ވިދާޅުވީ، ރިޟްވާންގެ މައްސަލައިގެ ރިޕޯޓް އެ ކޮމިޝަނުން މިހާރު ނިންމާފައިވާ ކަމަށެވެ. އަދި އެ މައްސަލައިގަ ދައުވާ ކުރަންޖެހޭ ފަރާތްތަކަށް ދައުވާ ކުރުމަށް އަންނަ ހަފްތާގައި ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އަށް ފޮނުވާނެ ކަމަށް ކޮމިޝަނުން ބުނެފައިވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، މަރާލާފައިވާ މީހުންގެ ތެރެއިން ޔާމީން ރަޝީދުގެ މަރުގެ ރިޕޯޓްވެސް ނިމިފައިވާކަމަށާއި، ނަމަވެސް ޝަރީއަތުގައި މައްސަލަ ކުރިއަށްދާތީ ރިޕޯޓް ޢާންމުކުރުން މަޑު ޖައްސާލާފައިވާކަމަށެވެ.

ރައީސް ވިދާޅުވީ، ޔާމީން ރަޝީދުގެ ޝަރީއަތް އަންނަމަހުގެ ކުރީކޮޅު ނިމޭވަރުވާނެ ކަމަށެވެ.

ރައީސް ވަނީ، އަނަސްގެ މަރުގެ މައްސަލައިގެ ރިޕޯޓްވެސް ނިމިފައިވާކަމާއި، ބަންގްލަދޭޝްގައި މަރުވެފައިވާ ރައުދާ އާތިފްގެ މަރުގެ މައްސަލަވެސް މިހާރު ބަލައިނިމި ރިޕޯޓް ޢާންމުކުރުމާ ހަމައަށް ދެވިފައިވާކަމަށް ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ހުދުހުދު

    އަދިވެސް ކަރުބުރިކަމަށްބުނާ 6 މީހުންގެ ތެރެއިން މިހާރު ދުނިޔޭގައި ތިބި 3 މީހުން މިނިވަން ކަންމަތީ. ސުވާލު ނުކުރެވި ބަޔަކު އެބަތިބި.

  2. ދެބޯ ގެރި

    ޑރ.އަފްރާސީމް ގެ މައްސަލަ ނުބަލަނީތަ.. ނޫނީ އޭނާ އެއީ މަރާލާފައިވާ މީހަކަސް ނުވަނީތަ..

  3. Anonymous

    ޢެއްވެސް ހެއްކެއް ނެތް ކަމަކައް މި ލާދީނީ މުރުތައްދުން މިއުޅެނީ