ޓެރަރިޒަމްގެ ގާނޫނުގެ ދަށުން ޓެރަރިޒަމަށް ހިތްވަރު ދޭ ޖަމިއްޔާތަކުގެ މައުލޫމާތު އާއްމުކޮށްފިއެވެ.

މިލިސްޓް އާއްމު ކުރެއްވުމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހްވަނީ އެކަން ނޫސްވެރިންނަށް ވިދާޅުވެދެއްވާފައެވެ. ރައީސް ވިދާޅުވީ ޓެރަރިޒަމް ޤާނޫނުގެ ދަށުން އެކުލަވާލާފައިވާ މި ލިސްޓް އެކުލަވާލާފައިވަނީ ޤައުމީ ސަލާމަތާއި ބެހޭ ކޮމެޓީގެ ލަފާގެ މަތިންކަމަށެވެ.

ޓެރަރިސްޓް ޖަމާޢަތްތައް ކަމަށް ބެލެވޭ ޖަމާޢަތްތަކުގެ ލިސްޓު

  • އިސްލާމިކް ސްޓޭޓް (އައިސިލް/އައި.އެސް.އައި.އެސް/އައިސިސް)
  • އަލް ޤައިދާ
  • ޖަބްޙަތުއް ނުޞްރާ (ޖަބްޙަތުއް ފަތަޙް އަލް ޝާމް ނުވަތަ ނުސްރާ ފްރޮންޓް)
  • ލަޝްކަރޭ ޠައިބާ
  • އަލް ޤައިދާ އިން ދި އަރަބިއަން ޕެނިންސިއުލަރ
  • އަލް ޤައިދާ އިން ދި އިސްލާމިކް މަޣްރިބް
  • އަބޫ ސައްޔާފް ގްރޫޕް
  • ބޮކޮ ހަރަމް / ބޯކޯ ހަރަމް
  • އަލް ޝަބާބް
  • އަލް ޤައިދާ އިން ދި އިންޑިއަން ސަބްކޮންޓިނެންޓް
  • ތެހްރިކޭ ޠާލިބާން ޕާކިސްތާން (ޓީ.ޓީ.ޕީ)
  • ޙަރަކާތުލް ޖިހާދު އަލް އިސްލާމީ
  • ޖައިޝޭ މުޙައްމަދު
  • އިސްލާމިކް ސްޓޭޓް އިން ޢިރާޤް އެންޑް ލާވަންޓް – ޚުރާސަން ޕްރޮވިންސް (ވިލާޔާ ޚުރާސަން)
  • ނޭޝަނަލް ތައުޙީދް ޖަމާޢަތް
  • ޖަމާޢަތު މިއްލަތޭ އިބްރާހީމް
  • ވިލާޔަތް އަލް ސޭލާނީ

މިއީ ގާނޫނު ނަންބަރު 2015/32 (ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނު) 18ވަނަ މާއްދާގެ (ށ) ގެ ދަށުން ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅާ ޓެރަރިސްޓް ޖަމާޢަތްތައް ކަމަށް ބެލެވޭ ޖަމާޢަތްތަކުގެ ލިސްޓެވެ. މި ލިސްޓު ގައުމީ ސަލާމަތާބެހޭ މަޖިލީހުގެ އިރުޝާދާއެކު ސިފައިން ބަލަހައްޓަންވާނެކަމަށް ރައީސް ކަނޑައަޅައިފައިވެއެވެ.

ރައީސް ވިދާޅުވީ މިލިސްޓް އާއްމުކުރުުމުން ރާއްޖޭގެ އެކި ފަރާތްތަކުން ބޭރުގެ އެކި ފަރާތްތަކާއި ގުޅިގެން ހިންގާ ޓެރަރިސްޓު ޢަމަލުތައް ހުއްޓުވުމަށް ބާރަކަށް ވެގެން ދާނެކަމަށެވެ

"ޓެރަރިޒަމްގެ މައްސަލަތައް ހައްލުކުރުމަށް ގާނޫނަށް ގެންނަންޖެހޭ ބަދަލުތައް ގެންނާނަން. ދީނުގެ ނަމުގައި ހައްދުފަހަނައަޅާ ދިއުން ހުއްޓުވުމަށް މަސައްކަތް ކުރާނަން". ރައީސް ސޯލިހު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

29 ކޮމެންޓް

  1. ސިސޫ

    އިޖްރޭލް..އެމެރިކާ ކޮންމެހެން ވެސް ހިމާނަތި.
    ޢެއީ އެންމެ ބޮޑު ދެ ޓެރެރިސްޓް ގައުމު.
    ޓެރެރިސްޓުން އުފެދޭނީ އެދެގައުމުގެ ސަބަބުން އެ ދެ ގައުމުން އެތަށް ބަޔަކަށް ވާނި އަނީޔާ ދީ ޔަތީމުކޮށް ޝާހިދް ކޮއްލާފަ.ދުނިޔޭ ގެ ތާރިހާށް ބެލިޔަސް އެންމެ ގިނަ އިންސާނުން ނަށް ހަމަލާ ދީ މޭރިވޭސް ތިޔަ ބުނާ ޔާހުދީ ޒައިނެސްޓް ދައުލަށް ތަކުން..ބޭރުމީހުން ދޮންމީހުން ރުހޭ ގޮތަށް ނެރޭ ލިސްޓަކަށް ނަހަދަވައްޗޭ.

    142
    7
    • ބ

      ވަރަށް ބޮޑު ތެދެއް

      67
      2
    • ނޯއިންޓަރެސްޓް

      މީ ހާދަ ގަދަ މީހެކޭދަޯ. ދުނިޔޭގައި ޓެރަރިސްޓުންނަކީ ކޮބައިިތޯ ބަލައި ކަނޑައަޅާ އެމހުން ހުއްޓުވަން ގާނޫނުވެސް ހަދަނީ! އޯ ގަދަ ކަލޭ. ހެހެހެ

      26
      4
  2. އިބޫ ހުޅުމާލެ

    ދުނިޔޭގައި އޮތް އެންމެ ބޮޑު ޓެރަރިސްޓް ދައުލަތް އިޒްރޭލް ހިމަނަންޖެހޭނެ، ސީރިޔާގެ ލަޝްކަރު ހިމަނަންޖެހޭނެ، އެމެރިކާ، މި ހުރިހައި ދީމާލަކީވެސް ޓެރަރިސްޓުން

    86
    2
    • ޙަސަނާ

      ރަނގަޅު އިޒްރާޢީލް ހިމަނަންޖެހޭ، އެމެރިކާވެސް، ހައްދުފަހަނާ އަޅައިފައިވާ ހިންދޫންގެ ވެރިކަންކުރާ އިންޑިއާ ސަރުކާރުގެ ވެސް ޙާއްސަކޮށް ކަޝްމީރުގައި އިންޑިއާއިން މުސްލިމުންނާއި އިންސާނިއްޔަތާ ދެކޮޅަށް ހިންގާ ޖަރީމާތަކާއި ގަތުލުއާއްމުތަށް ވެސް ހިމަނަންޖެހޭ.. އެކަމު ސީރިއާ ގެ ސަރުކާރު ހިމަނަންޖެހޭ ސަބަބެއް ބުނެބަލަ.. ސީރިއާގެ އަމިއްލަބިން ހިމާޔަތްކޮށް ޓެރެރިސްޓް ޖަމާއަތްތަކާ ދެކޮޅަށް ހަނގުރާމަ ކުރާތީތަ؟؟؟

      17
      1
      • މާ ދީނަކުމް

        ޙަސަނާ މަގޭ އަޚާ... ބައްޝާރަށް ތަބާވާ ސީރިޔާ ސިފައިންގެ ލަޝްކަރު އެގަޢުމުގެ މުސްލިމު ރައްޔިތުންނާއި ދެކޮޅަށް ހިންގި އަދި ހިންގަމުންދާ ލާއިންސާނީ ކަންކަމަކީ ސީރިޔާ ހަމަނުޖެހުމުގެ ފެށުން.. ﷲއަކްބަރު ދުލުކުރީގައި ވެއްޖެ މީހަކުނަމަ އެމީހުންނަށް އިންތިހާ ޖިސްމާނީ އަނިޔާދީ ބައްޝާރު އަކުބަރޭ ކިޔަންދެން ޖިންސީ އަނިޔާކުރާތީ ދެކުނީމު.. ހަޤީޤަތް ބަޔަކު ފޮރުވިޔަސް ހޯދަން ތިބި ބަޔަކަށް ނުފޮރުވޭނެ..ޔާﷲ!އަޅަމެންގެ ފާފަ ފުއްސަވާ ޙިދާޔަތް ދެއްވާންދޭވެ.

  3. ކަމާލު

    ލިސްޓު ގޯހެއްނޫން އެކަމު އިސްރޭލް އެއީ އެންމެ ބޮޑު ޓެރަރިސްޓު ޖަމާޢަތް

    82
    5
  4. ފަސީހު

    ހަމައެކަނި އަރަބި ނަންކިޔާ ޖަމާއަތްތައް އެކަނިތަ ކަލޭމެންނަށް އިނގެނީ، ކޮބާތަ އެހެން ދީންތަކުގެ މީހުން ހިންގާ ޖަމާޢަތްތައް، އެމެރިކާ އާއި އިޒްރޭއިލްގެ ލިސްޓްގެ ކޮޕީއެއްދޯ ތިހާމަކޮށްލީ.

    104
    2
    • ޙަސަނާ

      ރަނގަޅު އިޒްރާޢީލް ހިމަނަންޖެހޭ، އެމެރިކާވެސް، ހައްދުފަހަނާ އަޅައިފައިވާ ހިންދޫންގެ ވެރިކަންކުރާ އިންޑިއާ ސަރުކާރުގެ ވެސް ޙާއްސަކޮށް ކަޝްމީރުގައި އިންޑިއާއިން މުސްލިމުންނާއި އިންސާނިއްޔަތާ ދެކޮޅަށް ހިންގާ ޖަރީމާތަކާއި ގަތުލުއާއްމުތަށް ވެސް ހިމަނަންޖެހޭ.. އެކަމު ސީރިއާ ގެ ސަރުކާރު ހިމަނަންޖެހޭ ސަބަބެއް ބުނެބަލަ.. ސީރިއާގެ އަމިއްލަބިން ހިމާޔަތްކޮށް ޓެރެރިސްޓް ޖަމާއަތްތަކާ ދެކޮޅަށް ހަނގުރާމަ ކުރާތީތަ؟؟؟

      10
      1
  5. ޅަބޭ

    ކޮބާ ޝަލަފު ޖަމިއްޔާ؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟

    8
    15
    • ލޮލް

      ވަރަށް އުފާ ވެއްޖެ ހަމާސް މި ލިސްޓް ގަ ނެތީމަ. ޢެއީ ހަމަ ރަނގަޅު ނިޔަތެއްގަ ހަނގުރާމަ ކުރަމުންދާ ޖަމާއަތެއް.

  6. ކިނބޫ

    ކޮބާ “މޭޑް ޑޯގްސް ޕާޓީ." މިއީ މިރާއްޖޭގައި ވަކހިއްޕާފައޮތް އެންމެ ބޮޑު ޓެރަރިސްޓު ޖަމާއަތް. މިނަން ނެތުމުން ތިޔަނެރުނު ލިސްޓް އާއިމެދު ސުވާލު އެބައުފެދޭ!

    16
    2
  7. ދޮންބޭބެ

    މިލިސްޓަށް ބަލައިލީމަވެސް މީ ރޭވިގެން ހިންގާ ވަރަށް ބޮޑު ޖަރީމާއެއްކަން އެބަ އެނގޭ. ސަބަބަކީ މިލިސްޓްގައި މިހުރީ މުޅިންވެސް ސުންނީންނަށް ނިސްބަތްވާ ޖަމާޢަތްތަށް. ޝީޢީންނަކީ އަރަބި ހުރިހާ ގައުމެއްގަ ސުންނީންނާ ދެކޮޅަށް އެންމެ ގަދަޔަށް ހަނގުރާމަކުރާ ޖަމާޢަތްތަށް. ޝީޢީ އެއްވެސް ޖަމާޢަތެއް މިޔަކުނެތް. އެހެންވީމަ ކުރަންމިއުޅެނީ ކީއްކަން ވަރަށް ސާފު.

    26
  8. ހުދުހުދު

    ތީ ހަގީގީ ޓެރަރިސްޓުންނެއް ނޫން. ޓެރަރިސްޓުން ނަކީ އިޒްރޭލް. އެމެރިކާ. ސީރިޔާ. އިރާން

    27
    1
  9. ޓިނު ވަގު

    ތި ލިސްޓްގައި ކެރަފާގޭ ގުރޫޕް ހިމަނަން ވެސް ޖެހޭ.. ލިސްޓް ސަކަރާތް.. ޓަޓާސް ޓަސް..

    32
  10. ހަނީފް

    ތިތާކުން އެލްޓީތީ ޖަމާއަތެއް.. ޗެޗްނިޔާގެ މީހުންނެއް.. ޓިބެޓްގެ ފުރީޑަމް ފައިޓަރުންނެއް.. ޔަޒީދީ ނެޝަނަލް ފުރަންޓެއް.. އެހެންގޮސް އެތަކެއް ޖަމާއަތެއް ނެތް ހިމަނާފަކާއެއް. އިޒުރޭލުގެ ސިފައިންވެސް ނެތް ހިމަނާފަކާއެއް. އެމެރިކާގެ ގައުމުތައް ސުންނާފަތިކުރާ މިލިޓަރީއެއްވެސް ނެތް ހިމަނާފަކާއެއް.. ކީއްވެތޯ..؟

    19
  11. J

    ! Very biased

  12. ފަރުލޮކިއަނގަބެ

    އިންސާނުން ދެކެ ލޯބިވަަާށާއި އިހްސަަަާންތެރި އޯގާތެރިކަމުގެ ސިފަ ފުރާވަރު ކުދިންނަށް ދަސްކޮށްދެވިއްޖެނަމަ މިގައުމުގައި ނިރުބަވެރިންނެތް ނުތިބެެޭނެއެވެ އިލްމުވެރިންނާއި ޓިީޗަރުން ފިސާރި އިހްލަާސްތެރި ބަޔަކަށްވެ ކުޑަކުދިންދެކެ އެންމެ ލޯބިވާ ރަސޫލާގެ ވާހަކަ ގިނަގިނައިން ކިޔަާ ދޭށެވެ އިންސާނުންދެކެ ލޯބިވަަާން ދަސްކޮށް ދޭށެވެ

    23
  13. ތެރޯ

    ކޮބާ ހައްދުފަހަނަ އެޅި ބުދިސްޓު ޖަމާއަތްތަކާ ލޑސ ރެސިސްޓެންސް ފަދަ ކްރިސްޓިއަން ޖަމާއަތްތަކާ ބޮސްނިޔާ ފުނޑާލި ސާރބުންނާ އިޒްރޭލުގެ ޔަހޫދީ ޖަމާއަތްތަޢް؟؟؟ ޢެކަމު ބުނާނެ މުސްލިމުންނަކަށް ނޫނޭ ޓެރަރިޒަމްގެ ނަން ރައްދުކުރަނީ؟؟

    29
  14. މޯހަން

    އެލްޓީޓީ ފަދަ ޖަމާއަތްތައް އޯކޭ ، އިސްލާމިކް ނަމެއްކިޔާފިޔާ ކަޑަ މިސާލަކައް ، އިސްލާމް ނޫނީ މުހައްމަދު އެލްޓީޓީ ނަމަ ކަޑަ

    17
  15. ސިކަންދަރު

    އެ ޖަމާއަތްތަކުން ބޭނުން ވެގެން އުޅުނު ކަންތައްވީ، ރަސްމީ ހައިސިއްޔަތު މި ލިބުނީ. ޓުއަރިޒަމް އަށް ހުރި ބިރަކަށްވެދާނެ.

    12
    2
  16. ޙުސައިން މ. މުލި

    އެމެރިކާ، އިޒްރޭލް ނުޖަހާ ތި ލިސްޓް ފުރިހަމައެއް ނުވާނަ ކޮންމެ މީހަކު ނެރުނު ލިސްޓެއް ކަމުގައިވިޔަސް
    ބިރު ގަންނަން ޖެހޭނީ ހެއްދެވި ފަރާތްދެކި

    16
  17. މުހައްމަދު

    އެހންވީމަ ޓެރަރިސްޓުން މިއުޅެނީ ހަމއެކަނި މުސްލިމުންގެ ތެރޭގައި ދޯ.

    15
    1
  18. ކޮރަކަލި

    އެމްޑީޕީ އަކީ ވެސް ތިލިސްތުގައި ޖަހަން ޖެހޭ ބައެއް

    24
    2
  19. ހުދުހުދު

    އެހެން ވީމަ ސީރިޔާގައި ހަރަކާތްތެރި ވާ ކުރުދީ ޖަމާއަތާ ގުޅެވޭނެތާ. ތި ލިސްޓް ގައި ކުރުދީންގެ ޕީކޭކޭގެ ވާހަކަ އެއް ނެތް ވިއްޔާ. ސީރިޔާއިން އަންނަ މީހަކު ބުނާނެ ތިމަންނަ އުޅުނީ ޕީކޭކޭގައޭ. އޭރުން ޓެރަރިސްޓަކަށް ނުވާނެ އެއްނު. މީ މުސްލިމުންނަށް ކޮށްފަ އޮތް މަލާމާތެއް. މުސްލިމުން ޝަހީދު ކުރަމުންދާ ޓެރަރިސްޓު ގައުމުތައް ޓެރަރިސްޓުން ނަކަށް ނުވި

  20. ބަނީ

    މަ ހަމަ ހިތަށް އެރި ކަހަލަމީހުން ވަގުތުގަ ކޮމެންޓު ކޮށްފަ މިހުރީ!

    2
    9
  21. ޭބޭލްތާ

    އަނިޔާވެރިމުސްލިމުން ބޮންގޮއްވީމަ ޓެރަރިޒމ އެހެން ދީންތަކުގެ މީހުން ބޮންގޮއްވީމަ ބޯހަމަނުޖެހޭ ނުވަތަ ހިއުމަންރައިޓުސް. ތީމިޤައުމުގެ އުފެއްދުމެއްނޫން ތީ މޭޑިން އެމެރިކާ އެއްޗެއް.

  22. ފާއިޒު

    ޙޫޘީން ވެސް ނުހިމެނުނު ދޯ

  23. އަޙްމަދު

    ކޮބާ އިސްރާއީލް