މި އަހަރު ތެރޭގައި މިނިމަމް ވޭޖް ކަނޑައަޅާ ބިލް ރައްޔިތުންގެ މަޖިލީހަށް ފޮނުވާ، ފާސް ކުރައްވާނެ ކަަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ، މީޑިޔާ ތަކަށް މަޢުލޫމާތު ދެއްވުމަށް، ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

"އިންކަން ޓެކްސް ތިން ބްރެކެޓެއް މިހާރު އަޅުގަނޑުމެން ނިންމާފަ ވާނީ. އެކަމަކު އަޅުގަނޑު އޭގެ ތަފްޟީލުތައް ހާމަކުރާނަން ސްޓޭކް ހޯލްޓަރުންނާއި އެކީގަ ބައްދަލުކޮށްލުމަށް ފަހު. އެއީ މީގަ ބޮޑަށް އަމާޒުކޮށްފަ މި އޮތީ ގިނައިން އާމްދަނީ ލިބޭ ފަރާތްތަކަށް. އެހެންވީމަ، އެ ފަރާތްތަކާއި އެކީގަ އަޅުގަނޑުމެން އަދި އެއް ބައްދަލުވުން ބާއްވާނަން. މިނިމަމް ވޭޖްވެސް މިހާރު އޮތީ އެ މަރުހަލާގަ. އިދާރަކުރެއްވިޔާ އެ މަޢުލޫމާތު ތައް ވަރަށް އަވަހަށް އަޅުގަނޑުމެން ހާމަކުރާނަން." ރައީސް ވިދާޅުވިއެވެ.

މިނިމަމް ވޭޖް ނުވަތަ މުސާރައިގެ ގޮތުގައި ދެވޭނެ އެންމެ މަދު މިންވަރު ކަނޑައެޅުމަށް ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުން ގޮވާލަމުން ގެންދާތާ އެތައް އަހަރެއް ވެއްޖެއެވެ. މިނިމަމް ވޭޖް ނުވަތަ މުސާރައިގެ ގޮތުގައި ދެވޭނެ އެންމެ މަދު މިންވަރު ކަނޑައެޅުމަކީ މިސަރުކާރުގެ ރިޔާސީ ވައުދެއް ވެސް މެއެވެ.

ނަމަވެސް ފަތުރުވެރިކަމުގެ ދުވަހުގެ ޙަރަކާތްތައް އިފްތިތާޙް ކުރުމަށް ބޭއްވި ޖަލްސާގައި ޓްއަރިޒަމް މިނިސްޓަރ އަލީ ވަހީދު، ކުރީ ސަރުކާރުގެ ފަތުރުވެރިކަމުގެ ސިޔާސަތައް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، އަދި މިސަރުކާރުގެ ވައުދުތައް ތަކުރާރުކުރައްވާ ގިނަ ވާހަކަަފުޅުތަކެއް ދެއްކެވިއިރު މިނިމަމް ވޭޖް ނުވަތަ މުސާރައިގެ ގޮތުގައި ދެވޭނެ އެންމެ މަދު މިންވަރު ކަނޑައެޅުމާއި ގުޅޭ ގޮތުން އެއްވެސް ވާހަކަފުޅެއް ވިދާޅުވެފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ގާސިމު

    ސާބަހޭ ރައީސް ސޯލިހު

    11
    24
  2. ސައްދާމް

    މިނިމަމް ވޭޖު ކަންޑައަޅާ އަޅާ މިހާރު ހުސްވެއްޖެ. މިސަރުކާރު ފެއިލްވެ ފައިމިވަނީ ބޮޑުތަނުން.

    36
    9
  3. ޙުސަަަަަަަައިނު

    މިއީ ހަމަ ކައުންސިލް އިންތިހާބަށް ޖެހި އުކުޅެ. ރިސޯޓް މުވައްޒަފުން ހޭލާ ތިބުން ވަރަށް މުހިއްމު.

    18
    2
  4. އަހުން

    ކަލޯގަޔާ މިކަލޭގެ ބޯބޮޑުކަމުން އަހަރުން ހަމަ ހައިރާންކުރުވައިފި ކައުންސިލް އިންތިހާބު ލޫޓުވާލަންވެސް މިކަލޭގެ ވަރެއްހަމަ ނެތްދޯ ތިޔަެީ ހަމަ ނަމުން ސޯލިހު ކަމުން ދެއްކުން.....