ފިލައިގެން އިންޑިޔާއަށް ވަޑައިގެންނެވި މައްސަލާގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ތިން މަހާއި 18 ދުވަހަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފިއެެވެ.

އަދީބުގެ މައްޗަށް ކުރާ ގާނޫނު ހިންގުމަށް ހުރަސް އެޅުމުގެ ދައުވާއާ ގުޅިގެން މިދިޔަ އަންގާރަ ދުވަހު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި އަދީބު ވަނީ ކުށަށް އިއުތިރާފުވެފައެވެ.

އަދީބުގެ މައްޗަށް ހުކުމް އިއްވުމަށް މިއަދު ބޭއްވި ޝަރީއަތުގައި ހުކުމް އިއްވަމުން ގާޒީ ވިދާޅުވީ އަދީބު ޝަރީއަތުގެ ކުރިން ކުށަށް އިއުތިރާފްވެފައިވާތީ ހުކުމް މަތި ކުރަންޖެހޭ ސަބަބެއް ނެތް ކަމަށާއި ގާނޫނުގައިވާ ގޮތުން ޝަރީއަތުގެ ކުރިން ކުށަށް އިއުތިރާފްވެއްޖެނަމަ ކުށުގެ އަދަބު އެއް ދަރަޖަ ކުޑަކޮށްދޭން ޖެހޭނެ ކަމަށެވެ.

އެހެންކަމުން އަދީބުގެ އަދަބު އެއް ދަރަޖަ ކުޑަކޮށް ތިން މަހާއި 18 ދުވަހުގެ ޖަލު ހުކުމެއް އިއްވައި މައްސަލަ ވަނީ ނިންމާލައްވާފައެވެ.

އަންގާރަ ދުވަހު އޮތް ޝަރީއަތުގައި އަދީބު ވަނީ އޭނާގެ މައްޗަށް ކުރާ ދަޢުވާ ސާފުވެއްޖެ ކަމަށާއި، އަދި އެއްވެސް މީހެއްގެ މަޖުބޫރު ކުރުމެއްނެތި، އެކަމަށް އިޢުތިރާފު ވާ ކަމަށް ވިދާޅުވެފައެވެ.

"އިއްޒަތްތެރި ޤާޟީ. އަޅުގަނޑަށް ދަޢުވާ ސާފުވެއްޖެ. އެކަން އެގޮތަށް ހިނގައިގެން ދިޔައީ އަޅުގަނޑަށް އެވަގުތު ދިމާވި މަރުބޫރީ ހާލަތެއްގެ ސަބަބުން. އެހެންކަމުން، ފުލުހުންގެ ފަރާތުން ވެސް އަޅުގަނޑު ވާނީ މަޢާފަށް އެދިފަ. އިރާދަކުރެއްވިއްޔާ ދެން އެކަހަލަ ކަމެއް އަޅުގަނޑުގެ ފަރާތަކުން ނުފެންނާނެ. ނަމަވެސް ޙުކުމް ކުރައްވާއިރު، އަޅުގަނޑުގެ ޞިއްޙީ ހާލަތަށް ރިޢާޔަތްކޮށްދެއްވުމަށް އަޅުގަނޑު އެދެން." އަދީބު ވިދާޅުވިއެވެ.

އަދީބުގެ އަމިއްލަ އިޢުތިރާފާއި ގުޅިގެން، ޝަރީޢަތުން ވިދާޅުވީ، ދިވެހި ރާއްޖޭގެ ޖިނާޢީ އިޖުރާޢަތުގެ ޤާނޫނުގެ 107 ވަނަ މާއްދާގެ ދަށުން، އަޙުމަދު އަބީދަށްވެސް ގިނަ ހައްޤުތަކެއް ލިބިގެންވާ ކަމަށާއި، ނަމަވެސް، އަމިއްލަ އިޢުތިރާފާއި އެކު، އެ މާއްދާގެ 3 ވަނަ ނަމްބަރުން ފެށިގެން 9 ވަނަ ނަމްބަރާއި ދޭތެރޭ ބަޔާންކޮށްފައިވާ ހުރިހާ ހައްޤުތައް އުނިވެގެން ދާނެ ކަމަށެވެ. އަދި އަޙުމަދު އަދީބާއި ދެކޮޅަށް އުފުލާފައިވާ ދަޢުވާގައި ބަޔާންކޮށްފައިވާ ކުށަކީ، ޖުނަހުގެ 1 ވަނަ ދަރަޖައިގެ ކުށެއް ކަމަށާއި، އެހެންކަމުން، އެންމެ މަދުވެގެން 3 މަހާއި 18 ދުވަހުގެ ޖަލުހުކުމެއް އަންނާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

 1. ޖާޒީރާ ބޯއީ

  އަދީބު އެއްބަސްވި ނަމަވެސް ފިލުމަކީ ފަސޭހަކަމަކަށްނުވާނެ މައްސަލަ ރަގަޅައް ތަހްގީގްކުރުމަށް ގޮވާލަން ޔައުނީ އަޑުތައް އިވޭގޮތުން މިކަމަކީ މިސަރުކާރުން ހިންގި އަމަލެއް.

  20
 2. ފިއްލޯ

  ބޮޑެތި މުޖުރި މުންވެސް "ފިއްލަވާ"ތަ؟

  17
 3. ލައިލާ

  ތިޔަ ޑްރާމާގެ އެޕިސޯޑްތައް މިހާތަނަށް ވަރަށް ސަޅި! ކުރިޔަށް އޮތް އެޕިސޯޑްތައް އަދި މާ ސަޅިވާނޭހެން ހީވަނީ!

  14
 4. ޝާހް،ރ.ވާދޫ

  ދެން ނިކަން އަވަހަށް ދެލޯ އަނދިރިވާނެ، ސިކުނޑި ގިރޭނެ، ތަންތަނަށް ވެއްޓޭނެ. މީނަގެ ހައްގުގެއްލިގެން އާއިލާ ނުދައްކާނެ ވާހަކައެއް ނޯންނާނެ. ކުއްތަކަށް އަރައިގަންނައިރު ތިމާއަކީ ބަލިމީހެއްކަމެއް ހަނދާނެއް ނުހުރޭ. އަރަތެއްނުމީދެން.

  14
  2
 5. ކުޑަހުސޭނު

  ރައީސް ޔާމީންއާ ދެކޮޅަށް ހެކިބަސްދިނީ ދައުލަތުންބުނެގެން ބަދަލެއްގެ ގޮތުގައި އަދީބު މިނިވަންކުރަން .

  4
  1