ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެ މަނިކުފާނާ ދޭތެރޭ އެއްވެސް މައްސަލައެއް ނެތް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

ރައީސް ސާލިހު މިގޮތަށް ވިދާޅުވީ، އެމަނިކުފާނާއި ރައީސް ނަޝީދުގެ މެދުގައި ޚިޔާލުތަފާތުވުންތަކެއް އުފެދި ދެ ބޭފުޅުންގެ ގުޅުން ގޯސްކަމަށް ދެކެވޭ ވާހަކަތަކާއި ގުޅިގެން ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

"މިއަދުވެސް އަޅުގަނޑުމެން ވާހަކަ ދެއްކިން. ހަމަ ބައެއް ކަންތައްތަކުގައި. އެހެންވީމާ އެއީ އަކީ އެއް އެއްވެސް އިޝޫއެއް ނޫން. އެއީ އަކީ މައްސަލައެއް ނޫން. އެއީ އޮޅުވާލައިގެން ބަޔަކު ހަމަ ގަސްދުގައި ދައްކާ ވާހަކަތަކެއް". ރައީސް ވިދާޅުވިއެވެ.

ރައީސް ސާލިހު ވިދާޅުވީ، ރައީސް ނަޝީދާއި އެމަނިކުފާނާ ދެ މެދު މައްސަލަ ޖެހޭނެ އެއްވެސް ކަމެއް ނޯންނާނެ ކަމަށެވެ.

ރައީސް ސާލިހު މިގޮތަށް ވިދާޅުވި ނަމަވެސް، ދެބޭފުޅުންގެ ގުޅުން ވަރަށް ބޮޑަށް ހީނަރުވެފައިވާކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ސޮނިފޮހެުގެ މަަންމެ

    މަގެއާ މަގޭ ފިރިމީހާ ދެމެދުވެސް މައްސަލައެއް ނެއް އެކަމު ކުޑަކޮން ކޯޅެން ބުޅަލެއް ގޮތަށް

    10
  2. ހުވަދޫ ޑޮކް

    ރައީސް ތިޔަވިދާޅުވި ގޮތުން ބަރަށް ބޮޑަށް ހީވާކަހަލަ ވަރަށް ބޮޑުނުތަނަވަސް ކަމެއް ރަޢީސްއާއި މަޖްލީހުގެ ރައީސާއި ދެމެދު އުޅޭކަމަށް!!! ރައީސް ގެ ދައްތާފުޅުގެ ޓްވީޓުން މި ދަންނަވާ ނުތަނަވަސް ކަންކަމުގެ ސިޔާސީ ހުޅުރޯވާން ތައްޔާރުވެފައިވާކަން ވަރަށް ސާފެވެ. !!! ދެންމިހާރު ރައްޔިތުންގެ ހިތުގައި އުފެދިއަރާނެ އަނެއްސުވާލަކީ ޤަޢުމުގެ ރައީސްގެ ނަގުލަށް ކިހާބާރަކަށް ފިތިވަޑައިގެންތޯ ތިޔަ އެއްޗެއް ތިޔަގޮތަށް ވިދާޅުވާން މަޖުބޫރުވެލެއްވީ!! ހަޤީޤަތަކީ ބޮޑުވަޒީރަކަށް އަންނަން ފޫގަޅަފައިވާ މީހަކަށް، އޭނާ އެކަންކުރުމަށް ހުރަސްވާކޮންމެ ކަމެއް ނައްތާލުމަށް ކުރެވެން އޮތް ކޮންމެފަދަކަމެއް އެމީހަކު ކުރަމުންދާނެކަން !! ޔަޢުނީ މީދަލަށް މީދާ ބޭސްނުދީ އެމީދާ 'މަރާލުން' ކަމުގައިވިއަސްވެސް!! ނުހަނު ސަލާމެވެ.

  3. ޗާލު

    މައްސަލަތައް ގިނަކަމުން ތިހެން ބުނަށް ޖެހޭނީވެސް. މިއަންނަ އަހަރުގައި ބަރުލަމާނީއަކަށް ބަދަލުުކުރާއިރު މައްސަލަނުޖެހި ނުދާނެ. އިބޫ ބޭކާރުވާނެ. އެގޮތެއް އިބޫއެއް ބޭނުމެއްނުވާނެ ހިތުންރުހުމުން. މައްސަލަތައްވަރަށްގިނަ ކަމަށް ފެންނަނީ.

  4. އަލީ

    އެގެޔޭ ތިކަން. ލާދީނީ ދެމީހުން.

  5. ދީނޭ ގައުމޭ

    އެހެންވީމާ ކަލޭމެން ދެމީހުން އެކައްޗެއްކިޔައިގެންދޯ އިސްލާމްދީނަށް ހަޖޫ ތިޖަހަނީ.