މިއަހަރުގެ އިންޓަނޭޝަނަލް ކޯސްޓަލް ކްލީންއަޕް ދުވަސް ފާހަގަކުރުމުގެ ގޮތުން ހުޅުމާލޭގެ އަތިރިމަތި ސާފް ކުރަން ނުކުންނަން ތައްޔާރުވެއްޖެއެވެ.

މިއަހަރުގެ ކޯސްޓާލް ކްލީންއަޕް ދުވަހަކީ 21 ސެޕްޓެމްބަރ ވާ ހޮނިހިރު ދުވަހެވެ.

މި ދުވަސް ރަސްމީކޮށް ފާހަގަކުރުމަށް ނިންމާފައިވަނީ، އަންނަ ހޮނިހިރު ދުވަހު ހުޅުމާލޭ އަތިރިމަތި ސަރަހައްދު ސާފުކުރުމުގެ ބޮޑު ހަރަކާތަކާއި އެކުގައެވެ.

އެ ހަރަކާތުގައި އެޕީއޭ، ޔޫ.އެން.ޑީ.ޕީ، އީ.ޔޫ އަދި އެޗް.ޑީ.ސީ ގުޅިގެންމި ހަރަކާތުގައި ސަރުކާރުގެ އޮފީސްތަކާއި، ކުންފުނިތަކާއި، އެން.ޖީ.އޯތަކާއި، ސްކޫލްތަކުންނާއި އަދި އާއްމުން ބައިވެެރިވާނެއެވެ.

އެންވެރޮމެންޓް މިނިސްޓްރީން ވިދާޅުވީ، މި ހަރަކާތް ނިމުމުން ނެގި ކުނިތަކުގެ އޮޑިޓެއް ހަދާ އޭގައި މައުލޫމާތު ހިއްސާކުރާނެ ކަމަށެވެ.

މި ދުވަސް ފާހަގަކުރުމައް ހުޅުމާލޭގައި ހަރަކާތްތައް ބޭއްވުމުގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ސާފްކުރުމުގެ ހަރަކާތައް ހިންގުމައް ރަށްރަށުގެ ކައުންސިލްތަކާއި އަދި އެހެނިހެން ފަރާތްތަކާ ގުޅީގެން ކުރިއައް ގެންދާގޮތައް ވަނީ ހަމަޖެހިފައެވެ.

އަދި މިކަމައް ބޮޑުތަރުހީބެއް ލިބެމުންދާކަން ފާހަގަކުރެއްވިއެވެ.

މި ދުވަސް ފާހަގަކުރުމުގެ ގޮތުން ކުރިއަށް ގެންދާ އެހެން ހަރަކާތްތަކަށް ބަލާއިރު، ހަރަކާތްތަކުގެ ތެރެއިން ކޯސްޓަލް ޕްރޮޓެކްޝަން އާއި ބެހޭ މައުލޫމާތު ދިނުމުގެ ގޮތުން ޕަބްލިކް ފޯރަމެއް ބާއްވާނެއެވެ.

މި ޕަބްލިކް ފޯރަމް އޮންނާނީ އެދުވަހުގެ ރޭ އަށެއް ޖަހާއިރު ހުޅުމާލޭގައެވެ.

މި ފަދަ ދުވަހެއް ފާހަގަ ކުރުމުގެ މައިގަނޑު ބޭނުމަކީ މޫދަށާއި ގޮނޑުދޮަށަށް ކުނިއެޅުން ހުއްޓުވާ ކަންޑުގެ މާހައުލައް ލިބޭ ގެއްލުންތަކާމެދު އާންމުން ހޭލުންތެރިކުރުވާ މިފަދަ ކަންކަން ހުއްޓުވުމެވެ.

މިދުވަސް ފާހަގަކުރުމުގެ ގޮތުން ދުނިޔޭގެ އެކި ހިސާބުތަކުގައި އެކި އެކި އިވެންޓްތައް ބާއްވާ އެތައް ބަޔަކު ބައިވެރިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ބާޝާ ބާއީ

    ޕުލާސްޓިކު ފުޅި ހޮވުމާ ފެތުމާ ދުވުން ގަސް އިންދުން ގަސް ކެނޑުން މީ މި ސަރުކާރު ގެ މި 5 އަހަރު ދުވަހު ކުރަން ރާވާފަ އަދި ކުރެވެމުންދާ ކަންކަމަކީ.. ބޯހަލާކު