ސަރުކާރުގައި ލަސްކަމެއް އުޅޭހެން ހީވާ ކަމަށް ވިދާޅުވެ، ކުރީގެ ރައީސް، އަދި މިހާރުގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝިދު ދެއްކެވި ވާހަކަފުޅު، އެމަނިކުފާނު މިއަދު ތަރުޖަމާ ކޮށްދެއްވައިފިއެވެ.

ސަރުކާރުގެ ދުވެލި ލަސްވާހެން ހީވާކަމަށް ނަޝީދު ވިދާޅުވީ އެމަނިކުފާނު ތަމްސީލް ކުރައްވާ މައްޗަންގޮޅި މެދު ދާއިރާގެ ރައްޔިތުންނާ ބައްދަލު ކުރައްވަން އަހުމަދިއްޔާ ސުކޫލުގައި ބޭއްވި ބައްދަލުވުމުގައި އާއްމު ރައްޔިތަކު ކުރިި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

އެ ބައްދަލުވުމުގައި އެމަނިކުފާނު ދެއްކެވި ވާހަކަފުޅުގެ އިތުރު މައުލޫމާތުދެއްވަމުން ނަޝީދު މިއަދު ވިދާޅުވީ، ދާއިރާގެ ރައްޔިތުންނާއި ބައްދަލުވެ، އަޅުގަނޑު ދެއްކެވި ވާހަކައިގެ ސަރުކާރުގެ މަސައްކަތްތަކާއި ގުޅޭގޮތުން ދެންނެވީ، ބައެއް އިދާރީ ހިންގުމުގައި ލަސްކަމެއް އުޅޭ ވާހަކަ ކަމަށެވެ.

"މަޝްރޫއުތައް ލަސް ކަމަކަށް ނުދެކެން". ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވިއެވެ.

އެރޭގެ ޖަލްސާގައި ނަޝީދު ވިދާޅުވީ ސަރުކާރުން ރަނގަޅު ވިސްނުންތަކެއް ގެންގުޅޭ ކަމަށެވެ. ކުރިއަށް ހުރީ ރަނގަޅު މަސައްކަތްތަކެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ނަމަވެސް ނަޝީދު ވިދާޅުވީ ސަރުކާރުގެ ތެރޭގައި ކޮންމެވެސް ވަރަކަށް ލަސް ކަމެއް އުޅޭކަމަށް އެމަނިކުފާނަށް ވެސް ހީފުޅުވާ ކަމަށާއި އުންމީދަކީ ކުރިއަށް އޮތް މަސްތަކުގައި އެކަަމަށް ހައްލެއް އައިސް ސަރުކާރުގެ ދުވެލި ރަނގަޅުވެގެން ދިއުން ކަމަށް ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވީ ހުރިހާ ވުޒާރާތަކަކުން ވެސް ގުޅިގެން ބާރަށް މަސައްކަތްތައް ކުރިއަށް ގެންދަން ޖެހޭ ކަމަށާއި އަދި ކަންކަން ނުކުރެވި ލަސްވުމުގައި ފަރުވާކުޑަވުމާއި، އިހުމާލުވުން ވެސް ހިމެނޭ ކަމަށެވެ.

"އުއްމީދު ކޮށްގެން މިހުންނަނީ ކުރިޔަށް އޮތް މަސްތަކުގައި ތަންކޮޅެއް ދެން ދުވެލި ބާރުވާނެ ކަމަށް." ނަޝީދު ވިދާޅުވިއެވެ.

ނަޝީދު މިއަދު، އޭނާ އެރޭ ދެއްކެވި ވާހަކަތައް ތަރުޖަމާކޮށްދެއްވިއިރު، މި ސަރުކާރުގެ ދުވެލި މަޑުކަމަށް އިދިކޮޅު ފަރާތްތަކުންނާއި އަދި ސަރުކާރުގެ ސަޕޯޓަރުންވެސް ބުނަމުން އަންނަތާ އެތައް ދުވަހެއްވެއްޖެއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ބާޝާ ބާއީ

    މީނަ ދައްކާ ކޮންމެ ވާހަކަ އަކީވެސް ފަހުން ތަރުޖަމާކުރަން ޖެހޭ ވާހަކަ ތަކެއް... ފައްކާ ބުރާންޗެއް

    17
    2
  2. ޖޯންސަން

    މިސޮރު ވާހަކަދައްކާނީ ދެއަގައިން ރޭގަނޑު އަގަޔެއް ދުވާލު އަގަޔެއް އެހެންވީމާ މިގޮތައް އެވަނީ

    17
    2
  3. ނަސީދު

    މިކަލޭގެކައިރީ ބުނެދީފާނަންތަ ދިވެހިބަހުން ވާހަކަނުދައްކާ އެހެން ބަހަކުން ވާހަކަ ދެއްކޭތޯ ބަލާށޭ އޭރުން ފަހުން ތަރުޖަމާކުރާނީ

    8
    1
  4. ހަމަހަމަ

    އަންނި ދައްކާ ވާހަކައަކަށް އެއްވެސް މުއައްސަސާއަކުން އަދި ރައްޔިތެއްވެސް ސަމާލުކަމެއް ނުދީ މަދުވެގެން 1 މަސް ދުވަސް މަޑުކުރުން ބުއްދިވެރި. އެއީ ދެއްކި ވާހަކައިގެ ތަރުޖަމާ އަންނަންދެން.

    9
    1
  5. ދޮންބެ

    މިކަހަލަ ސަފީހުން ދައްކާ ވާހަކަތައް މީޑިއާގައި ޖަހައިގެން މިފަދަ މީހުން ޕުރޮމޯޓުކުރުމަކީ ބުއްދިވެރިކަމެއްނޫން. މިކަހަލަ ސަފީހުންގެ ކިބައިން މީޑިއާތައް ރައްކާތެރިވާންޖެހޭ.

    9
    2
  6. ބަރުގޮނު

    އެންމެފުރަތަމަ ނަޝީދު ވާހަކަ ދެއްކެވީ ދުނިޔޭގެ އެކަކަށްވެސް ނޭގޭ ނަޝީދުގެ އަމިއްލަ ބަހަކުން. ފަހުން ތަރުޖަމާ ކުރަން މިޖެހެނީ އެހެންވެ.

  7. ހުސެން

    އަޅެފަހެ މީނާ ވާހަކަދައްކަނީ ދިވެހިންތަ؟ނޫނީ ދިވެހިންނަށް ދިވެހި ބަސް ނޭގެނީތަ؟ނޫނީ މީނައަށް ނޭގެނީތަ؟

    7
    3
  8. ޢާޒިމް

    ޥަގެއް