ޟިއްހީ ދާއިރާއަށް ބޮޑު އިންގިލާބެއް ގެނައުމުގެ ގޮތުން، އައިޖީއެމްއެޗް ހޮސްޕިޓަލްގެ އައު އިމާރާތް (ދަރުމަވަންތަ ހޮސްޕިޓަލް) ގެ މަސައްކަތް ކޮށްފައިވަނީ ނުހަނު ބޮޑު އަގު ހޭދަކޮށްގެން ކަމަށާއި، އަދި ނަސަންދުރާ އަށް ބިން އިތުރުކޮށްފައިވަނީ ވެސް ޤަވާއިދާ ޚިލާފަށްކަމަށްވާތީ، އެ ދެ އިމާރާތުގެ މައްސަލަވެސް ބައްލަވާނެ ކަމަށް، ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެ އެވެ.
ރައީސް މިހެން ވިދާޅުވީ، މީޑިޔާ ތަކަށް މަޢުލޫމާތު ދެއްވުމަށް، ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
"އަޅުގަނޑު މިހާރުވެސް ޤަބޫލުކުރަނީ އައިޖީއެމްއެޗް ގެ އިމާރާތުގައި މައްސަލަ އެބަ އުޅޭކަމަށް. އެތަނަށް ޚަރަދުކޮށްފަ އެހުރީ ކުރަންވީ ވަރަކަށް ނޫން. އެއީ ކަނޑައެޅިގެން އެނގޭ ކަމެއް. އެ މައްސަލަ ބަލަމުން މިހާރު އެ ގެންދަނީ އޭސީސީން." ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ، ނަސަންދުރާ މައްސަލަ ނުބަލާ ދޫކޮށް ނުލައްވާނެ ކަމަށާއި، އެފަދައިން ކޮށްފައިވާ ހުރިހާ މަސައްކަތްތަކެއްވެސް މި ސަރުކާރުން ބަލާނެ ކަމަށެވެ.
"ނަސަންދުރާ މައްސަލަވެސް ބަލާނަން. އެއީ ނުބަލާ ދޫކޮށްލާނެ މައްސަލަ އެއް ނޫން. ހަމަ ގައިމުވެސް އެތަނަށް އިތުރުކޮށްފަ ހުރި ބިން އިތުރުކޮށްފަ އެ އޮތީ އެއްވެސް ކަހަލަ، ހަމައަކުން އުސޫލަކުން ނޫން. އެހެންވީމަ އެއީ ބަލަންޖެހޭ ކަމެއް." ރައީސް ވިދާޅުވިއެވެ.
މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވަނީ، ކުރިއަށް އޮތް ތަނުގައި ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ފެށިގެންދާނެ ކަމަށް ވިދާޅުވެފައެވެ.
ކޮންކަމެއް ތަރައްގީގެ މަސްރޫއުތަކުގެ ތެރެއިން ފެށުނީ ކުޅުދުއްފުށި އެއާޕޯތު ޓަވަރު ޖަހާލާ ލައިތު ހަރުނުކުރެވުނު 9 މަސްވީއިރު ކިތައްވެހިކަލްތޯ ދައުލަތައް ފައިސާދައްކަނީ ކޮބާ އެންމެ މަގެއްގަ ތާރުކޮޅެއް އެޅުންތަ ކޮބާ ހޮސްޕިޓާ ރިސޯތުގަނޑެއް ނުހެދުންތަ އެއްކަމެއްވާ ބައެއްނޫން
ރާއްޖޭގައި ހުރި ހުރިހާ ބޭރުގެ ބެންކުތަކާއި، ބީއެމް އެލް އިން ގެދޮރުއަޅަންދެނީ، 12% ގެ އިންޓްރެސްޓްގަ. އިއްޔެ ސިންގަޕޫރުގެ ކުންފުންޏަކަށް 650 ހަލައްކަ ފަންސާސް ހާސް ޑޮލަރ އަށް މާލޭ އޭރިޔާގެ ޕުލޭން ހަދަން ހަވާލްކުރީ އެންމެ 1 ލައްކަ ޑޮލަރ ނުގޮސް އެކަން ކުރެވޭވަރުގެ ދިވެހިން ތިބި އިރު، ދިނީދޯ.... ކިތައްމެ ވަރަކަށް މަށްސަލަ ބެލިޔަސް ހޮސްޕިޓަލް ހުރީ ނިމިފަ. ބަލަ މޮޔަ ކަތުންނޭ ޓްރީޓޮޕް 6 ހައެއްކަ ބުރިއަށް އެޅުނީ 110 މިލިއަންޑޮލަރަށް..
އައްނި ގައުމަށް ދިން ގެއްލުން ރައީސް ޔާމީން ނުބެލީ މައްސަލަބަލަން ނޭނގޭތީއެއްނޫން. އިބޫ ހީކޮށްގެން ނުވާނެ ތިމާތީއެންމެ މޮޅުމީހާކަމަށް. ޙުރިހާކަމެއް ހަމަޔަކަށް އެޅުވޭނެކަމަށް. އުމުރުގެ ބާކީއޮތްބައި ތިމާޖަލުގަ އޮންނަންޖެހުމަކީ ވެރިކަން ވެއްޓުނީމާ ވެދާނެކަމެއްކަން ހަނދާންކުރާތި.
ރައީސްކަމައް ވަޑައިގެންނެވުނީ ސައްހަ ވޯޓުންތޯ ބަލާލުން މާމުހިއްމު!!
ނުޖެހޭނެ ބަލާކަށް. ވޯޓުން ވައްކަން ކުރިކަން ވަރަށް ސާފު. ދެން ކޮން ބެލުމެއް ބަލަންވީ؟
ބަލާ ބަލާ. އަހަރުމެނަށް ބޯހިޔާވަހިކަން ދޭން އަހަރުމެންގެ ރައީސް އެޅުއްވި ފްލެޓްތަކުގެ މައްސަލަ ބެލީމަވެސް ވީވަރު ހަމަ ވާނީ. ޔާމީން ކަންތައް ކޮށްދީފަ ހުރީމަ ކަލޭ އަސަރު ކުރަނީނު. ކަލެއަކަށް ނުކުރެވޭނެ ވިއްޔަ. ދެން ކަރުނައެއް ވައްޓާލާފަ ހިން ދިރުވާލާ. ލަނގޮޑިއަށް ކިތަންމެހާވެސް ތަދުވާނެ.
ކަލޯކަމެއްކޮއްބަލަ ތިމައްސަލަތައްނިމޭއިރު މިގައުމްގަ ދިރޭފުރާނައެއްހުންނާނެހެންހިއެއްނުވޭ މިހާރުކުންފުނިތަކުންމީހުންމަދުކުރަނީ މަސެއްކަތެއްނެތިގެން އޮތީމައްސަލަބެލުމެއްނޫން ކޮބާވައުދުތައް އާމުކޮއް މަގޭކަރަންޓުބިލް 1800 ކުޑަކުރިފަހުން3800 ހޮޔޮނުވާނެ ކުޑަކުރާކަމެއްނެއް ކުރިންހުރިވަރުބަހައްޓާ ވޯޓްލެވުނީތީމަޔަވަން
ނަސަންދުރާ އާއި ދަރުމަވަންތަ ހޮސްޕިޓަލްގެ މައްސަލަ ބަލާނަން - ރައީސް
7 ގަޑިއިރު ކުރިން ( ސެޕްޓެމްބަރު 19, 2019 )
އަނެއްކާ އަނެއް ކޮމެޓީ
އާނ ކަލޯބަލާ ފިސާރަނގަޅަށް ބަލާތި.
ކަލެއަކަށް ކާލޭގެ ދަރިޔަކަށްވިޔަސް ތިވަރުގެ ކަމެއް ނުކުރެވޭނެ ކަން ފިސާރި ރަނގަޅަށް
އެނގި ތަލާގަ އަތްއުނގުޅާލުންފިޔަވާ އެހެން ކަމެއް ނުކުރެވޭނެ.