ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހު ގެންދަވަނީ، މަޝްހޫރު ދީނީ އިލްމުވެރިޔާ އަފްރާޝީމް އަލީ އަވަހާރަކޮށްލިކަމުގެ ކުށް ސާބިތުވެ މަރަން ހުކުމްކޮށްފައިވާ ހ.ލޮބީ، ހުސައިން ހުމާމްގެ އިންސާނީ ހައްޤުތަކަށް އަރައިގަންނަމުން ކަމަށް ކުރީގެ ފޮރިން މިނިސްޓަރ އަދި އދ. ގެ ސްޕެޝަލް ރެޕެޓުއާ އޮން ފްރީޑޮމް އޮފް ރިލިޖަން އޮފް ބިލީފް (ދީނީ މިނިވަންކަން) ކަމުގެ މަޤާމުގައި ހުރި ޑރ. އަހްމަދު ޝަހީދު ބުނެފިއެވެ.

ޑރ. ޝަހީދު މިގޮތަށް ބުނެފައި ވަނީ، ހުމާމް ދޫކޮށްލުމަށް ރަސްމީ ސިފައެއްގައި އެންގުމެއް އަންގާފައި ނުވާކަމަށް ރައީސް ސޯލިހު ވިދާޅުވުމާއި ގުޅިގެން އެ ވާހަކަފުޅަށް އިޝާރާތްކޮށް ކުރި ޓްވީޓެއްގައެވެ.

ޝަހީދު ބުނީ، އދ.ގެ އިންސާނީ ހައްގުތަކާއި ބެހޭ ކޮމެޓީން ލަފާ ދީފައިވާ ގޮތާއި މެދު ސުވާލު އުފައްދަންޖެހޭ އެއްވެސް ސަބަބެއް ސަރުކާރަށް އޮވެގެން ނުވާނެ ކަމަށެވެ. އެހެންކަމުން ހުމާމް ދޫކޮށްލުމަށް އަންގާފައި ނުވާކަމަށް ރައީސް ވިދާޅުވާނަމަ އެމަނިކުފާނު ދަނީ އެނގިވަޑައިގެން ހުންނަވާ މަރުގެ ހުކުމް އިއްވާފައިވާ ފަރާތެއްގެ އިންސާނީ ހައްގުތަކަށް އަރައިގަންނަމުން ކަމަށް ޑރ. ޝަހީދު ބުންޏެވެ.

ޝަހީދު އަކީ ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގައި ރާއްޖޭގެ ފޮރިން މިނިސްޓަރ ކަން ކޮށްފައިވާ މީހެކެވެ. އޭރުގެ ސަރުކާރުގައި އޭނާ ވަނީ ދީނީ މިނިވަން ކަން ކަމަށް ބުނެ އިސްލާމް ދީނުގެ ބައެއް އަސްލުތަކާއި އުސޫލުތަކަށް ފާޅުގައި ގޮން ޖަހާ ފާޑު ކިޔާފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ޖަނާޒާބޭ

    ޖަނާޒާ ކުޑޭ ކޮބާ ހާލުކިހިނެއްތޯ؟ ކުޑޭއަށްވެސް ނުކެރެދޯ މި ކަޝްމީރުގަ އަނިޔާ ލިބެމުންދާ އިންސާނުންގެ ހައްގުގަ އެއްޗެއް ބުނެލަން؟ ކުޑޭ މުސާރަދެނީ އިސްލާމުންނާ ދެކޮޅަށް މަސައްކަތްކުރަން ޝަރުތުކޮށްފަތަ؟ ޖ. ކުޑޭ ދެންވަރަށް ސަލާމެ. ވަކިވެކީމިދެން.

    10
  2. ކެޔޮޅު

    މަރުގެހުކުމް އިއްވާ ހުރިކާ ކޯޓުތަކަކުން ތާއީދުކުރީމާ ދެން އެމީހަކައް އޮތް ގައްގަކީ މަރުންނޫން ކޮންހައްގެއްތަ މިހިރަ ބުރާންޗާ؟

    12
    1
  3. ލޯބިވާ ވަޠަން

    މިހިރަ ލާދީނީ ބުރާންޗާ. މި ރާއްޖޭގެ ކޯޓުތަކުން އެއޮތީ އޭނަ މަރަން ހުކުމްކޮށްފަ. ދެން ހުމާމު ދޫކޮށްލާށޭ ފަޅޮލޭ ތިކިޔަނީ ކޮންކަމެއް ހާސިލްކުރަން.

  4. ބަރަވެލިފޮށްބަރަވެލި

    ހޭބަލި ވެފަހުރި މީހަކު ނޫނީ މި ބުރާންޗަކަށް ތާއީދެއް ނުކުރަާނެ އޭ ޑިިިިީ ކޭ އަށް ސިކުޑީގެ މަށްސަލައެއް ހުރިތޯ އެސޮރު ފޮނުވަންވީ ހެހޭ ގޭ ބޯއީ

  5. އަހުމަދު

    އެމެރިކާގެ ޖަލުތަކުގައި ތިބި އެންމެން ދޫކޮށްލަން ކީއްވެބާ ނާންގަނީ ... ގައުމެއްގެ ކޯޓަކުން ހުކުމްކޮށް ހުކުމް ތަންފީޒު ކުރަމުން ދާ މީހަކު ދޫކޮށްލަން ގޮވޭނީ ކިހިނަކުން ރާއްޖެގައި އަދަބު ދިނުމާއި މައަާފު ކުރުމުގެ ގާނުނު އޮތްވާ ކިހިނެއް ތިޔަ ކަން ކުރާނީ ބޯހަމަ ޖެހޭ ވާހަކަ ދައްކަ ބަލަ ހުމާމަކާއި އަޅައިގަނެގެން މިއުޅޭނީ ޔޫރަޕް މީހުންގެ ރޭވުމުން އަފްރާޝީމް މަރާލާފައިވާތީ ... ބަަލަ އެފް ބީ އައި ގެ މީހުންވެސް ބަލާ ތަހުގީގު ކޮށް ސީދާ ހުމާމުކަން ވަނީ ކަށަވަރު ކޮށްފައި އޭނާގެ ނިޔަފަތީގަިއ ހުރި ލޭ ޖީންސްގައި ހުރި ލޭ ޑީއެންއޭ ވެސް ހެދި ކިހާ ދެރަކަމެއް މީ ކިތައް މަރު މިހަފްތާގައި ވެސް ހިނގައިފި ވެއްޓިގެން ނުވަތަ ކުއްލިއަކަށް ބަލަ ކުޅުދުއްފުށީން ގެއްލުނު މީހަ ކޮބައިތަ؟

  6. ހަމަރަނގަޅައްތަ

    އަސްލުވެސް މީ އޭގެއެއްޗެއްތަ ކުޑޭދެންދޯ ހިޔެއްނުކުރަން މީދޯމިހާވަރަކައްމީއްޗަކު މިޙައްޤުތައްނުލިބިގެން އުޅޭކަމަކީ