އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައިވެސް މާދަމާ ހުކުރު ނަމާދު ކުރެވޭނެ ކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި މާދަމާ ހުކުރު ނަމާދު ކުރެވޭނެ އިންތިޒާމް، އިސްލާމިކް މިނިސްޓްރީން ހަމަޖައްސަވާފައި ވަނީ، އެ މިސްކިތުގެ މަރާމާތުގެ މަސައްކަތްތަކެއް ކުރިޔަށް ދާތީ ވަކި ސަރަޙައްދެއް ބަންދުކޮށްފައި އޮތުމުންނެވެ.

މިކަން ހާމަކޮށް އިސްލާމިކް މިނިސްޓްރީން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައި ވަނީ، "ހުކުރު ނަމާދު ކުރުމުގެ އިންތިޒާމު އިސްލާމީ މަރުކަސުގެ ޖަލްސާކުރާ މާލަމުގައިވެސް ހަމަޖެހިފައި" ވާ ކަމަށެވެ.

އިސްލާމީ މަރުކަޒުގައި ނަމާދުކުރުމަށް މީހުން ތިބޭ ބައިތަކުން ބައެއް މަރާމާތަށް ބަންދުކޮށްފައިވާއިރު، މި މިސްކިތަކީ ޖާގައިގެ ދަތިކަން ބޮޑުވެފައިވާ މިސްކިތެއްކަން ފާހަގަކޮށްލެވެއެވެ.