އެމްއެމްޕީއާރުސީގެ މައްސަލައާއި ގުޅިގެން މިހާތަނަށް ހޯދުނު ހޯދުންތަކުން އެނގުނު ގޮތުގައި، އެއްވެސް އެއްބަސްވުމަކާއި ނުލާ އެކި އެކި ފަރާތްތަކަށް ދޫކޮށްފައިހުރި ރަށްރަށާއި، ކާކަށްކަން ދިނީ ނޭނގޭ ރަށްރަށް އެބަހުރިކަމަށް ރައީސް އިބްރާޙިމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ، މީޑިޔާ ތަކަށް މަޢުލޫމާތު ދެއްވުމަށް، ރައީސް އޮފީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރެއްވި ސުވާލުގެ ޖަވާބުދެއްވަމުންނެވެ.

"އެމްއެމްޕީއާރުސީ މައްސަލައިގައި އެ ކޮމެޓީން އެ ކުރަނީ ވަރަށް ވަރަށް ބުރަ މަސައްކަތެއް. ވަރަށް އުނދަގޫ މަސައްކަތެއް. ބައެއް ހޯދުންތަކުން ފެންނަ ގޮތުގަ ބައެއް ރަށްރަށް އެބަހުރި އެގްރީމެންޓެއް ނެތި. ފައިސާ ނުނަގާ ދީފަ ހުރި ރަށްރަށް އެބަހުރި. އަދި ކާކަށްކަން ދިނީ ނޭނގޭ އެބައުޅޭ ނުވައެއް ނޫނީ ދިހަވަރަކަށް ރަށް. އެއްރަށް ދެމީހުންނަށް ދިނުމާ، ދެ މީހުންނަށް އެއްރަށް ދިނުމާ، މިގެންގޮސް ހުރި މައްސަލަތަކެއްގެ ތެރެއަށްވަދެ އެ މަސައްކަތް އެ ކުރައްވަނީ." ރައީސް ވިދާޅުވިއެވެ.

އިތުރަށް ރައީސް ވިދާޅުވީ، އެ މައްސަލައާއި ގުޅިގެން ހަމައެކަނި ޝަރީޢަށް ކުރެވެންވާނީ، ރައީސް ޔާމީން އާއި ދެކޮޅަށް އެކަނި ނޫން ކަމަށާއި، އެ މައްސަލައިގަ ހިމެނޭ ހުރިހާ ފަރާތްތަކުގެ މައްޗަށްވެސް ޝަރީޢަތް ހިންގެންވާނެކަމަށް ޤަބޫލުކުރައްވާ ކަމަށެވެ.

"އަޅުގަނޑަށް ޤަބޫލުކުރެވެނީ އެ މައްސައްކަތްތައް ކުރިއަށްދާކަމަށް. ދެން މިކަމުގައި ރައީސް ޔާމީންގެ މައްޗަށް ޝަރީޢަތް އަދި ކުރެވެނީ. އެކަމަކު އަޅުގަނޑަށް އިއްޔެ މަޢުލޫމާތު ލިބުނީ މި މަހުގެ ފަހު ހަފްތާގެ ތެރޭގަ އިތުރު މީހުންގެ މައްޗަށް ދަޢުވާ ކުރުމަށް ޕްރޮސެކިއުޓާރ ޖެނެރަލްގެ އޮފީހަށް ފޮނުވާނެކަން. އަދި އެ ފައިސާ ލިބުނު މީހުންގެ ލިސްޓް ބަލާ، އޭގެ ތަފްސީލަށް ގޮސް އެކަމުގެ ހަޤީޤަތް ހޯދުމުގެ މަސައްކަތް ކުރައްވާނެ ކަމަށް." ރައީސް ވިދާޅުވިއެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާގެ ޢަދަދު 1.3 ބިލިއަން ޑޮލަރަށް އަރައެވެ. މި މައްސަލަ އަދިވެސް ދަނީ ތަހުޤީޤު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. އަސީ

    ފެރީނިޒާމް ހިންގުމުގެނަމުގަ ސަރުތާރައް އެއްވެސް އެއްޗެއް ދޭންނުޖެހޭގޮަތައް 50 އަހަރައްވެސް ދީފައެބަހުރިނޫންތޯ ފެރީހުއްޓާލިޔަސް ފިޔަފަޅުނޭޅޭގޮތައް

    18
  2. ކަންބުލޮ

    ފެރީނިޒާމް ހިންގުމުގެނަމުގަ ސަރުތާރައް އެއްވެސް އެއްޗެއް ދޭންނުޖެހޭގޮަތައް 50 އަހަރައްވެސް ދީފައެބަހުރިނޫންތޯ ފެރީހުއްޓާލިޔަސް ފިޔަފަޅުނޭޅޭގޮތައް

    12
  3. Anonymous

    އެއްރަށް ދެމީހުންނަށް ދިނުމާ، ދެ މީހުންނަށް އެއްރަށް ދިނުމާ، މިގެންގޮސް ހުރި މައްސަލަތަކެއްގެ ތެރެއަށްވަދެ އެ މަސައްކަތް އެ ކުރައްވަނީ." ރައީސް ވިދާޅުވިއެވެ. ހަހަހާ... ރައީސްމީހާތަ މިހެން މިބުނަނީ ނުވަތަ ޓައިޕްކުރި ކުއްޖާތަ؟

    19
    1
  4. ޢަފީ

    ހިިއްވަރުގަދަ ރައީސްއެއް އަދިކިރިޔާ މިފެންނަނީ.

    3
    22
  5. ޥިސްނާ

    ބަލަ ރައީސް އެވެ މޮޔަނުގޮވާށެވެ ރަށެއް ދީފަ އޮތްކަން އެންގެންޔާ އެދީފަ އޮތް މީހަކުވެސް އެނގޭނުން

    6
    1
  6. ޣީހުޓާވރ

    އަސްލު ޔާމީނަށް އެނގިވަޑައިގަތުމަކާ ނުލައިވެސް ވަރަށް ގިނަ ޖަރީމާތައް ހިންގާފައި ހުންނާނެ ނަންވާނީ ހައިވަކަރު އޮޑި

    7
    1